ސިއްހަތު

ގަބޫލު ކުރެވޭ ވަރަށް ތަލަ ބޮލުން އިސްތަށި ފަޅައިފި!

ތަލަ ބޮލަކުން އިސްތަށި ފަޅާ ވާހަކަ ބުނުމުން ގިނަ މީހުނަށް އެކަން ގަބޫލެއް ނުކުރެވެ އެވެ. އެކަމަކު މިހާރު އެއީ ތެދަކަށް ވެއްޖެ އެވެ. ހަމަ ތަލަ ބޮލުން އިސްތަށި އެބަފަޅަ އެވެ. އިސްތަށި ފަޅުވަން ބޭނުންކުރަނީ "އަދިވޮރްޝީ" ކިޔާ ތެލެކެވެ. މި ތެޔޮ ރާއްޖެއަށް ތައާރަފުކޮށްދިނީ މަޝްހޫރު ދިވެހި ވާހަކަ ލިޔުންތެރިޔާ މޫސާ ސައީދު އެވެ.

ބޮލުގައި މި ތެޔޮ ލައިގެން އިސްތަށި ފަޅާ ވާހަކަ މީގެ ކުރިން ދެއްކީ ހަމައެކަނި އޭނާ އެވެ. އެކަމަކު މިހާރު މި ތެޔޮ ބޭނުންކުރާ ގިނަ ބަޔަކު އަންނަނީ މި ތެޔޮގެ ރަނގަޅުކަމާއި ބޮލަށް މީގެން ކުރާ ފައިދާތަކުގެ ވާހަކަތައް ދައްކަމުންނެވެ. ބޯ ތަލަވުމުން އިސްތަށި ފަޅާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތިފައި ތިބި މީހުންގެ މޫނުމަތިން މިހާރު ފެންނަނީ އުފާވެރިކަމެވެ. އެމީހުންގެ އުއްމީދުގައި ކުލަޖެހިއްޖެ އެވެ.

"މިއީ ހަމައެކަނި ބޮލުން އިސްތަށި ފެޅުވުމަށް ބޭނުންކުރާ އެއްޗެއް ނޫން ކަންނޭނގެ. ބޮލުގައި ހަންފޮޅުންފަދަ ކަންކަންވެސް މީގެން އެބަ ރަނގަޅު ކޮށްދޭ." މިދިޔަ އަހަރު ޖުލައިގައި މި ތެޔޮ ބޭނުންކުރަން ފެށި ގަނީ ބުންޏެވެ. "އަހަރެން ފުރަތަމަ މި ގަތީ ތަލަ ފޮރުވާކަން ނޫން. މީގެ ބޮލުގައި ހަން ފޮޅުމާއި ހިރުވުން ކަހަލަ ކަންކަން ރަނގަޅުކޮށްދޭ ވާހަކަ ބުނީމަ ގަތީ. މިހާރު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ."

ގަނީ ބުނީ، "މިހާރު އެބަ އިސްތަށިފަޅާ. ދުރުގައި ހުންނައިރު ހީނުވެދާނެ. އެކަމަކު ކައިރިއަށް އައީމަ އިނގޭނެ ފުރަތަމަ އަލަށް އިސްތަށިފަޅާއިރު ހުންނަ ގޮތަށް ލޮނދި އިސްތަށި އެބަހުރި." އެވެ. މީގެ ކުރިން އޭނާގެ ބޯ އެއްކޮށް ހުރީ ތަލަކޮށެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ މޫސަގެ ބޮލަށް މި ތެޔޮ ބޭނުންކުރަން ފެށީމާ އައި ބަދަލުތައް. މޫސަގެ އެ ތަޖުރިބާއާއި އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއާއެކުވެސް މި ތެލަކީ ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެއްކަން އެބަ އިނގޭ."

މީގެ ކުރިން ބޯ ތަލަކޮށްހުރި އިބްރާހިމް ނަސީރުވެސް ބުނީ، އެ ތެޔޮ ބޭނުންކުރަން ފެށިތާ ތިން މަސް ދުވަހުގެ ތެރޭގައި އޭނާގެ ބޮލުން އިސްތަށި ފަޅަން ފެށި ކަމަށެވެ.

"މިހާރު ހަތަރު ވަނަ މަސް މިއީ. އަދި އެއްކޮށް ތަލަ ނުފޮރުވުނު ނަމަވެސް ވަރަށް ގިނައިން މިހާރު އިސްތަށި ފަޅައިފި. މޫސަގެ އިރުޝާދުގެ މަތިން އަދިވެސް ހަމަ ބޭނުންކުރަމުން މި އަންނަނީ." ނަސީރު ބުންޏެވެ. "މޫސާ އަޅުގަނޑުމެއް ބޯ ތަލަކޮށް ތިބޭ މީހުނަށް ތައާރަފުކޮށްދިން ވަރަށް ރަނގަޅު ތެލެއް މިއީ. ތަލަ ފޮރުވަން ބޭނުންވާ އެންމެނަށްވެސް މި ހަމަ ބޭނުންކުރަން ބަރާބާރު ތެލެއް."

މި ތެޔޮ ބޮލުގައި ލައިގެން މޫސަގެ ބޮލުން އިސްތަށި ފެޅި ވާހަކަ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި އެވެ. ގަބޫލުކުރަން ދަތިވި ނަމަވެސް މި ބޭނުންކުރަމުން އަންނަ މީހުނަށް މިއީ ތެދު ވާހަކައެއްކަން އިނގިއްޖެ އެވެ. ޝޯޝަލް މީޑިއާގައި މި ތެޔޮ އިޝްތިހާރުކޮށް މޫސަ މިހާރު އަންނީ މި ތެޔޮ ވިއްކަމުންނެވެ. ތެޔޮ ގަންނަ ބޭނުންވާ މީހުންގެ އަދަދުވެސް އިިތުރުވަމުން އަންނަކަމަށް މޫސަ ބުންޏެވެ.