ވިޔަފާރި

ލަނޑާގިރާވަރުން ޑީޕްފްލައިޓް ސަބްމެރިންގެ ހިދުމަތް ފަށައިފި

May 5, 2018
1
ފޯސީޒަން ލަނޑާ ގިރާވަރުގެ ސަބްމެރިން ހިދުމަތް ބޭނުންކުރަނީ- ވީޑިއޯ: ފޯސީޒަން

ފޯސީޒަން، ލަނޑާގިރާވަރުން ޑީޕް ފްލައިޓް ސަބްމެރިން ހިދުމަތް ފަށައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވާ ގޮތުން އޯޝަން ގްރޫޕް ކުންފުނީގެ ޑީޕް ފްލައިޓް ސުޕަ ތްރީއެސް ނަން ދީފައިވާ، ތިން މީހުންނާއެކު ދަތުރުކުރާ މި ސަބްމެރިން ހިދުމަތް ބ. އަތޮޅުގައި ހިންގާ ލަނޑާ ގިރާވަރުގައި ތައާރަފު ކުރީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.

އެ ރިސޯޓުން ބުނެފައިވާ ގޮތުގައި ޕްރޮފެޝަލް ޕައިލޮޓަކާއެކު ފެށި މި ހިދުމަތުގެ ސަބަބުން ޓޫރިސްޓުންނަށް ނުތެމި ރާއްޖޭގެ ކަނޑުގެ ރީތި މަންޒަރުތައް ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ޑީޕްފްލައިޓް ސަބްމެރިން ކަނޑުގެ 120 މީޓަރުގެ އަޑި އަށް ދެވޭނެ ކަމަށް އެ ރިސޯޓުން ބުނެފައިވެ އެވެ.

ކުދި ސަބްމެރިން އުފައްދަން މަޝްހޫރު އޯޝަން ގްރޫޕުން ބުނި ގޮތުގައި ޑީޕްފްލައިޓް ސުޕަ ތްރީއެސް ފަރުމާކޮށްފައިވަނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށެވެ. ބެޓެރި އަކުން އޮޕަރޭޓް ކުރާ މި ސަބްމެރިންގައި އިންނައިރު ކަނޑުގެ މަންޒަރުތައް 360 ޑިގްރީ އިން ފެންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.