ކުޅިވަރު

އަސައްކޮ ކުޅެން ތައްޔާރުވެއްޖެ

މިދިޔަ އަހަރު އޯގަސްޓް މަހު ލިބުނު އަނިޔާއާ ގުޅިގެން ކުޅުމާއި ދުރުގައި ހުރި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ، އަށް މަސް ދުވަސް ފަހުން ކުޅެން ތައްޔާރު ވެއްޖެ އެވެ.

މާލޭ ލީގްގެ ދަ ވަނަ ބުރުގެ ކުޅުން މާދަމާ ފަށާނެ އެވެ. ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާ ނިކުންނާނީ ވެލެންސިއާ އާ ދެކޮޅަށެވެ. މާޒިޔާގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝުޒެއިރު ބުނީ މާދަމާ ރޭ ގެ މެޗުގައި އަސައްކޮ ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އޭނާ ބުނީ އަސަދުﷲ ޓީމާއެކު ގަވައިދުން ޕްރެކްޓިސް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި މިހާރު ހުރީ ކުޅެން ނިކުމެވޭ ވަރަށް ފިޓް ވެފައި ކަމަށެވެ.

"އަސަދުﷲ ކުޅެން ނިކުތުމަކީ މާޒިޔާގެ ދެން ތިބި ކުޅުންތެރިންނަށް ލިބޭނެ ބޮޑު ހިތްވަރެއް، އެއީ އަސަދުﷲ ދަނޑުމަތީގައި ހުރުމުން ކުޅުންތެރިންނަށް ބޮޑު އިތުބާރަކަށް ވާނެ." ޝުޒެއިރު ބުންޏެވެ.

ކަނާތު ފައިގެ ކަކުލުގެ މަތީ ކަށިގަނޑާއި ތިރީ ކަށިގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން، ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ސްކޮޑުންވެސް އަސަދުﷲ ބާކީވީރު، ބެލެވޭ ގޮތުގައި ސާފް ޗެމްޕިއަންޝިޕަށް އަސަދުﷲ އަށް ޓީމުން ފުރުސަތު ދޭނެ އެވެ.