ހަބަރު

މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ވައިޓް އެލާޓް

May 5, 2018

ރާއްޖެއަށް މޫސުން ގޯސްވެ ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ފޯކާސްޓް ކޮށްފި އެވެ. އެއާއެކު މޫސުމާބެހޭ ގައުމީ އިދާރާއިން މިހާރު ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. މޫސުން ގޯސްވެފައިވާއިރު މިހާރު މިއީ ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް، ބުރުނެވެ. މާދަމާ ފަށާނީ ކެތި ނަކަތެވެ.

ވެދާ ފޯކާސްޓްތަކަށް ބަލައި ގުގުރުމާއެކު ރާއްޖެއަށް ބޯކޮށް ވާރޭވެހޭނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ އުތުރުގެ ހއ. އިން ފެށިގެން މެދު އަތޮޅުތަކުގެ މ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެއީ މިއަދުގެ މެންދުރު 12:00 އިން ފެށިގެން މިއަދު އިރު އޮއްސުމާ ހަމައަށެވެ.

މިހާރު ކުރާ ވިއްސާރައިގައި ހުޅަނގުދެކުނާއި ހުޅަނގުން ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 3 މޭލާ 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ އެވެ.