ފްރާންސް

ރާއްޖެއަށް ކަނޑައަޅާފައިވާ ފްރާންސް ސަފީރު އަވަހާރަވެއްޖެ

ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ފްރާންސްގެ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތު އަވަހާރަވެއްޖެ އެވެ.

ލަންކާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕަކްތެތު އަވަހާރަވެފައި އޮތީ އޭނާ ދިރިއުޅުއްވާ ކޮޓަރިކޮޅުގައެވެ.

އުމުރުން 53 އަހަރުގެ ސަފީރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މައްސަލަ ތަހުގީގުކުރުމަށް ލަންކާ ފުލުހުން ވަނީ ނިންމާފަ އެވެ.

ފްރާންސް ސަފީރު އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ވަނީ ސަފީރުގެ އާއިލާ އަށާއި ފްރާންސް އެމަބްސީގެ މުވައްޒަފުންނަށް ތައުޒިޔާ ފޮނުއްވާފަ އެވެ. އަދި ޕަކްތެތު ބޭއްވެވި ގާތްގުޅުން އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.