މޯލްޑިވްސް ޕޮލިސް ސާވިސް

ގެސްޓްހައުސްއެއްގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށްފި

މާލޭގޭ މާފަންނު ގެސްޓްހައުސްއެއްގައި ރަހީނު ކޮށްފައި ހުރި މީހަކު ސަލާމަތްކޮށް ދެ މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނޭޕާލް ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުމުގެ ކުށުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ދެ ފިރިހެނެއް ކަމަށެވެ.

ނޭޕާލް މީހާ ރަހީނުކޮށްފައި ހުރީ މާފަންނަ ވީބީ މާޓާ އިންވެގެން އޮންނަ ގޯޅީގައި ހިންގާ "ސްކައި ލޭންޑް" ގައެވެ.

އަވަސްއަށް މައުލޫމާތު ދިން އެ ސަރަހައްދުގެ ބައެއް މީހުން ބުނި ގޮތުގައި އެ މީހާ އެ ތަނުގައި ގެންގުޅޭތާ ހަފްތާއެއް ވަރުވެއްޖެ އެވެ.

ނޭޕާލް މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު އޭނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.