މޯލްޑިވްސް ޕޮލިސް ސާވިސް

އިންސާނީ ވަގުފާރި ކުރުމުގެ ތުހުމަތުގައި އިންޑިއާ މީހެއް ހައްޔަރުކޮށްފި

ކުރީގެ އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް -- ފޮޓޯ: ޕޮލިސް
0%
0%
0%

އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓްރެފިކް ކުރުމުގެ ތުހުމަތުގައި އިންޑިއާ ރައްޔިތަކު ހައްޔަރުކޮށްފި އެވެ.

އިންސާނީ ވަގުފާރިއާއި ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ރައްޔިތެއްކަމަށްވާ ވެންކަޓަރަމަނާ ޕައްލާ، 20، ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން މި މީހާ ހައްޔަރު ކޮށްފައި ވަނީ ހެންވޭރުގައި ހުންނަ ގެސްޓްހައުސްއަކުންނެވެ. އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ގިނަ ބަޔަކު ބައިވެރިވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި އިންތިޒާމުވެގެން ހިންގަމުން ދާ އިންސާނީ ވަގުފާރީގެ އޮޕަރޭޝަނަކާއި ގުޅިގެން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުންވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ހައްޔަރު ކުރި މީހާ އަކީ އޭނާ ރާއްޖެ ގެނައި ފަރާތަށް ފިލައިގެން ރާއްޖޭގައި ހަރަކާތްތެރިވާ މީހެއްކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން ފުލުހުން އަދި އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910