މޯލްޑިވްސް ޕޮލިސް ސާވިސް

ހިއުމަން ޓްރެފިކްކުރި ފުލުހަކާއި ތިން މީހަކު ހައްޔަރަށް

Jan 10, 2022

ހިއުމަން ޓްރެފިކް މައްސަލައެއްގައި ފުލުހަކާއެކު އިތުރު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހިއުމަން ޓްރެފިކިން މައްސަލައެއްގައި އެ ހަތަރު މީހުން ހައްޔަރު ކޮށްފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ 28 އަހަރާއި 65 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. އޭގެތެރޭގައި ބިދޭސީއަކާއި ފުލުހަކު ހިމެނެ އެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގު ހިނގަމުން ދާތީ ފުލުސް މީހާ، މިހާރު ހުރީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

މި މައްސަލައިގައި ހިމެނޭ ދެމީހަކަށް ކޯޓުން ވަނީ 15 ދުވަހުގެ މައްދަތު ޖަހައިފަ އެވެ. އަދި އަނެއް ދެ މީހުން 10 ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.