ރޭޕް

ކުޑަ ކުއްޖާ ރޭޕް ކުރި ކަމަށް ބެލެވޭ މީހާ ހައްޔަރުކޮށްފި

ރާއްޖޭގެ އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ތުހުމަތުގައި މިއަދު ހައްޔަރުކުރީ ނ. މިލަދޫ / މީޒާން، އަހްމަދު ވިއާމް (27އ) އެވެ.

ވިއާމް ހައްޔަރުކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދުމާ އެކު އޭނާ ވަނީ ފިލާފަ އެވެ. އޭގެފަހުން ފުލުހުން ވަނީ އޭނާ ހޯދުމަށް ވަނަވަރު އާންމުކޮށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

ވިއާމް ހޯދަން ވަނަވަރު އާންމުކުރީ ސީދާ ކޮން ތުހުމަތެއްގައި ކަމަކަށް ފުލުހުން ބުނެފައެއް ނުވެ އެވެ.

ފުލުހުން އެ ތުހުމަތުގެ ވާހަކަ ހާމަނުކުރި ނަމަވެސް އަވަސްއަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ އިދާރާ އިން ވިއާމް ހޯދަނީ މިދިޔަ އާދިއްތަ ދުވަހު ކުޑަކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައެވެ.

ވިއާމްއަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ މެންބަރަކާ އާއިލީ ގޮތުން ގުޅުމެއް އޮންނަ މީހެއްކަންވެސް އަވަސް ނޫހަށް ކަށަވަރު ކުރެވިފައިވެ އެވެ. އެ އިންތިހާބީ މެންބަރަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރެކެވެ.