ކުޅިވަރު

މީ ޗެލްސީއަށް ލިބޭ ރަނގަޅު ފުރުސަތެއް: ކޮންޓޭ

ގަދަ ހަތަރެގެ ތެރެއަށް ވަނުމަށް މީ ޗެލްސީއަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް، މިއަދު ލިވަޕޫލާ ދެކޮޅަށް ނިކުންނަ ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ރޭ ވެސްޓް ބްރޮމްވިޗް އަތުން ޓޮޓެންހަމް ހޮސްޕާ ވަނީ ބަލިވެފަ އެވެ. އެހެންވެ. މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ޗެލްސީއާ ޓޮޓެންހަމް އާ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ.

"މީ އަހަރެމެންނަށް ލިބޭ ރަނގަޅު ފުރުސަތެއް،" ލިވަޕޫލާ ދެކޮޅަށް މިރޭ ނިކުންނަ މެޗުގެ ކުރިން ކޮންޓޭ ބުންޏެވެ. "ނަމަވެސް އަހަރެން ކުރިންވެސް ވަރަށް ގިނަ ފަހަރަށް ބުނިހެން، ގަދަ ހަތަރެއްގެ އުންމީދު އަހަރެމެން ދަމަހައްޓަން ބޭނުން ނަމަ އަހަރެމެން މޮޅުވާން ޖެހޭނެ."

"އެނގޭނެ ފަދައިން ލިވަޕޫލަކީ ވަރުގަދަ ޓީމެއް، އެ ޓީމާ ދެކޮޅަށް ކުޅެން ފަސޭހައެއް ނުވާނެ، ނަމަވެސް އަހަރެމެން އުންމިދު ދަމައްހަންޓަން ބޭނުންނަމަ އަހަރެމެން ޖެހޭނީ (މިއަދު) ގެ މެޗުން މޮޅުވާން."

މިއަދުގެ މެޗުން ޕޮއިންޓެއް ހޯދައިގެންވެސް ލިވަޕޫލަށް ގަދަ ހަތަރެއްގެ ފުރުސަތު ޔަގީން ކުރެވޭނެ އެވެ.