ވިޔަފާރި

ދިރާގު ހައިސްޕީޑް އިންޓަނެޓާއި ޓީވީ ކުޑަހުވަދޫ އަށް

ދިރާގު ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ހައިސްޕީޑް ފައިބާ އިންޓަނެޓުގެ ގެ ހިދުމަތް ދ. ކުޑަހުވަދޫގައި އިފްތިތާހުކޮށްފި އެވެ.

މި ދެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން މި ރަށުގައި ވެސް ދިރާގުން ވަނީ ކުލަ ގަދަ ހަފްލާއެއް ވަނީ ބާއްވާފައި އެވެ. އެގޮތުން މި ހަފުލާ ތަކަށް ވަޑައިގެންނެވި ކަސްޓަމަރުންގެ މެދުގައި ވަނީ ލަކީ ޑްރޯއެއް ބާއްވާ, ގުރުއަތުން ހޮވުނު އެއް ފަރާތަކަށް 55 އިންޗްގެ ޓީވީ އަކާއި އަދި 3 މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ވަނީ ދީފައި އެވެ. މީގެ އިތުރުން ގުރުއަތުން ހޮވުނު އިތުރު ހަތަރު ފަރާތަކަށް ވެސް ތިން މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑް ކަނެކްޝަން ވަނީ ދީފައި އެވެ.

މި ހަފުލާގައި މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ގަދަ 6 އަކަށް ހޮވުނު ޝަހުދާންގެ ލަވަ ހުށައެޅުން ވެސް އޮތެވެ.

ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑް އިންޓަނެޓް ގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މި އަހަރުގެ މިހާތަނަށް 17 ރަށަކަށް ވަނީ މި ހިދުމަތްތައް ތައާރަފްކޮށްފަ އެވެ.

މާލެ އާއި އަތޮޅުތެރޭގައި ފޯރުކޮށްދޭ ހިދުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަރަދުކުޑަކޮށް ދިރާގު ޓީވީގެ އިންޓްރޯޑަކްޓަރީ ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެ އެވެ. މިގޮތުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޑިޒްނީ ގެ ޗެނެލްތަކުން ފެށިގެން ގޮސް ހަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރޭސި ފިލްމާ މިއުޒިކް ޗެނެލްތައް ހިމެނެ އެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ ޕެކެޖްގެ އަގަކީ 300 ރުފިޔާ އެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ އެއް ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެވެ.