ވިޔަފާރި

އިންޝުއަރެންސާ އެކު އުރީދޫ އިން ތަފާތު ޕްލޭންތަކެއް!

May 7, 2018

އުރީދޫ އިން އަލަށް ތައާރަފްކޮށްފައިވާ ޕޯސްޓްޕެއިޑް ޕްލޭންތައް އިންޝުއަރެންސާއި ބޭރުގެ އެއާޕޯޓް ލައިންޖުތަކުން އެކްސެސް ވެސް ލިބޭ ގޮތަށް، ބޮޑު ބަދަލެއް ގެނެސްފި އެވެ.

އުރީދޫ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އުރީދޫގެ މެނޭޖަރު ޕޯސްޓްޕެއިޑް ބިޒްނަސް ދިޔާނާ އަފީފް ވިދާޅުވީ އުރީދޫއިން އަބަދު ވެސް މަސައްކަތް ކުރަމުން ގެންދަނީ ކަސްޓަމަރުންނަށް ހިދުމަތް ބޭނުންކުރުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށް ކަމަށެވެ.

އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކަކީ ރާއްޖޭގައި އެންމެ ފުރިހަމަ ޕެކޭޖްތައް. މިޕެކޭޖްތަކަކީ އެންމެހާ ކަސްޓަމަރުންގެ ބޭނުންތަކަށް ފެތޭނެފަދައިން ތައްޔާރުކުރެވިފައިވާ، އަންލިމިޓެޑްކޮށް ގުޅާ އަދި އެސްއެމްއެސް ކޮށްލެވޭ އަދި އެންމެ ބޮޑު ޑޭޓާ އެލަވެންސްތައް ހިމެނޭނެ ޕެކޭޖްތައް،" ދިޔާނާ ވިދާޅުވި އެވެ.

"މީގެ އިތުރުން މިޕެކޭޖްތައް ނެންގެވުމުން އެތަކެއް އިތުރު ފައިދާތަކެއް އެކުލެވިގެންވޭ. އޭގެ ތެރޭގައި އެންމެ ފަހުގެ ފޯނުތައް އިންސްޓޯލްމެންޓް ސްކީމްގެ ދަށުން ކަސްޓަމަރުންނަށް ލިބުން، ޕެކޭޖް ނެންގެވުމުން ލައިފް އިންޝުއަރެންސް ލިބުން، އަދި ރާއްޖޭގެ މަގްބޫލް އައުޓްލެޓްތަކާއި އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުން ވަރަށް ފުރިހަމަ ޑިސްކައުންޓްތައް ލިބުން ފަދަ ގިނަ ފައިދާތަކެއް ހިމެނޭ"

އުރީދޫގެ ފަހުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކާއި އެކު، ހެޔޮ އަގުތަކުގައި، މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދެއެވެ. މިގޮތުން، އުރީދޫ ޕޯސްޕެއިޑް ކަސްޓަމަރުންނަށް، މުޅި ދިވެހިރާއްޖޭގައި ބޭނުންކުރެވޭ ހަމައެކަނި 4G+ ނެޓްވާރކްގައި ބޭނުންކުރުމަށް، އަންލިމިޓެޑް ކޯލް، އެސްއެމްއެސް އަދި ޑޭޓާވެސް ލިބިގެންދެ އެވެ.

ހަމައެހެންމެ، އުރީދޫގެ އައު ޕޯސްޓްޕެއިޑް ޕްލޭންތައް ބޭނުންކުރައްވާ ބޭފުޅުންނަށް، އެންމެ މަގްބޫލު ސްމާޓްފޯނުތައް ޚިޔާރުކުރުމަށް ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް އޮފަރ ތަކެއް ވަނީީ ހުޅުވާލެވިފަ އެވެ. މީގެ ތެރޭގައި އެންމެ ފަހުގެ ސްމާޓްފޯނު ތަކުން ފެށިގެންގޮސް، މަހަކު އެންމެ 100ރ. އަށް ބައްލަވައިގަނެވޭ އަގުހެޔޮ ސްމާޓް ފޯނުތައް ވެސް ހިމެނެއެވެ.

އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް، ކްލަބް ޕްރިމިއާ މެދުވެރިކޮށް ވެސް ވަރަށް ހާއްސަ އަދި ފައިދާ ތަކުން ފުރިގެންވާ ހިދުމަތްތަކެއް ފޯރުކޮށްދެވެ އެވެ.

* ލައިފް އިންޝުއަރެންސް: މުޅިން އަލަށް ތައާރަފްކޮށްފައިވާ މި ޚިދުމަތް ކަސްޓަމަރުންނާއި ހަމައަށް މިމަސްތެރޭގައި ގެނެސްދިނުމަށް، އެލައިޑް އިންޝިއުރަންސް އާއި އެކު އުރީދޫ އިން ދަނީ ވަރަށް ގާތުން މަސައްކަތްކުރަމުން.
* ޕްރައޯރިޓީ ޕާސް މެމްބަރޝިޕް: ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ 1000 އަށް ވުރެ ގިނަ އެއާޕޯޓު ލައުޖުތަކަށް އެކްސެސް މުޅިން ހިލޭ ލިބިގެންދޭ
* ކްލަބް ޕްރިމިއާ ލައުންޖުގެ ޚިދުމަތް
* ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްސަ ހެލްޕްލައިން އެއް
* އުރީދޫގެ ޕްރޮމޯޝަންތައް އަދި ޚިދުމަތްތަކުން، ވަކިން ހާއްސަ އޮފާތައް

އުރީދޫގެ ޕޯސްޓްޕެއިޑް ޕެކޭޖްތަައް ޚިޔާރުކޮށް، އެއާއިއެކު ލިބިގެންދާ ގިނަ ގުނަ ފައިދާތައް ބޭނުންކުރުމަށް އުރީދޫ އިން ދައުވަތު އަރުވައެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް، ނުވަތަ އުރީދޫގެ ފުރިހަމަ ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯ ބައްލަވާލުމަށް، ore.do/postpaid އަށް ޒިޔާރަތްކުރައްވާށެވެ.