ހޮލީވުޑް

ސްޓޫޑިއޯތަކަށް ޗެޑްވިކް ބޯސްމަން މައްސަލައަކަށްވި!

"ބްލެކް ފެންޗާ" ގައި ލީޑުން ފެނިގެންދިޔަ އެކްޓާ ޗެޑްވިކް ބޯސްމަންއަކީ ފިލްމީ ދާއިރާގައި ގިނަ ދަތިތަކާއެކު މަސައްކަތް ކުރަމުންއައި އެކްޓަރެކެވެ. ހާއްސަކޮށް ކަޅު ނަސްލުގެ މީހަކަށްވުމުން ހޮލީވުޑްގައި އޮންނަ ނަސްލީ ތަފާތުކުރުންތަކާއެކު އޭނާއަށް ކެރިއަރުގައި ހިތުން ފޮހެލަންދަތި ދެރަ ކަންކަމާއި ކުރިމަތިލާން ޖެހުނެވެ.

މި ވާހަކަތައް ޗެޑްވިކް ހިއްސާކުރީ "ބެލްކް ޕެންތާ" ގެ ކާމިޔާބީއާއި ބެހޭގޮތުން ވާހަކަދައްކަމުން އެކްޓާ ޖޭމީ ފޮކްސްގެ ޓޯކް ޝޯ "އޮފް ސްކްރިޕްޓް" ގަ އެވެ.

"ފިލްމަށް ލިބޭ އާމްދަނީއަކަށް އަހަރެން އާންމުކޮށް ނުބަލަން. ބައެއް ސްޓޫޑިއޯތަކުން އަހަރެންގެ މޫނު ހުންނަ ގޮތަށް ފާޑުވެސް ކީ. އިންޓަނޭޝަނަލް ޕޯސްޓަރެއްގައި އަހަރެންގެ މޫނުޖެހީމަ ތަރުހީބު ނުލިބޭނެ ކަމަށްވެސް ބުނި. އެކަމަކު އެންމެފަހުން ކަންވީ އެހެނަކުން ނޫން. އެއީ އަހަންނަ ލިބުނު އެންމެ ބޮޑު ހިތްވަރު."

މި ފިލްމާއެކު ޗެޑްވިކްއަށް ގިނަ ބައެއް ލޯބި ވަނީ ލިބިފަ އެވެ. އޭނާގެ އެކްޓިންނަށް ގިނަ ބައެއް ތައުރީފު އޮހުނެވެ.

މާވެލް ސްޓޫޑިއޯސް އާއި ޑިޒްނީ ގުޅިގެން ގެނެސްދިން ފިލްމު "ބްލެކް ޕެންތާ" އަކީ މިފަހުން ހޮލީވުޑްގައި ނިކުތް އެންމެ ކާމިޔާބު ފިލްމެވެ.
މި ފިލްމު މިހާރު އޮތީ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓުގެ ތިން ވަނަގަ އެވެ.

މި ފިލްމު އެހާ ކާމިޔާބު ފިލްމަކަށްވީ ފުރަތަމަ ފަހަރަށް އެމެރިކާގެ ކަޅު ނަސްލުގެ ގިނަ އެކްޓަރުންތަކެއް ލީޑު ކާސްޓުގައި ހިމަނާއި ބޮޑު ބަޖެޓަކާއެކު މި ފިލްމު ތައްޔާރު ކުރުމުންނެވެ. މީގެ އިތުރުން މި ފިލްމު ޑައިރެކްޓުކުރީވެސް ކަޅު ނަސްލަށް ނިސްބަތްވާ ޑައިރަކްޓަރެއް ކަމަށްވާ ރަޔަން ކޫގްލާ އެވެ.

ފިލްމުގައި ލީޑުން ނުވަތަ ބްލެކް ޕެންތާގެ ރޯލުން ފެނިގެންދާ އެކްޓާ ޗެޑްވިކް ބޯސްމަންއަށް މި ފިލްމާއެކު ގިނަ ބައެއް ލޯބި ވަނީ ލިބިފަ އެވެ. އޭނާގެ އެކްޓިންނަށް ގިނަ ބައެއް ތައުރީފު އޮހުނެވެ.