އެމްޑަބްލިއުއެސްސީ

މާލޭގައި ފެންކުންފުނީގެ ތިންވަނަ މަރުކަޒު ހުޅުވައިފި

May 9, 2018
3
ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ތޯރިގު، އާ މަރުކަޒު ހުޅުވައި ދެއަވަނީ --
0%
0%
0%

ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ފެން ފޯރުކޮށް ދިނުމަށް އާ މަރުކަޒެއް މާލޭގައި ރޭ ހުޅުވައިފި އެވެ. ރޭ ހުޅުވީ އާރްއޯ އެނެކްސް 1 އެވެ.

މާލޭގެ ހަވީރީ ހިނގުމުގައި އެ މަރުކަޒު ރޭ އިރާކޮޅު ހުޅުއްވައި އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމެވެ. މި މަރުކަޒު ހުޅުވުމުން ފެން ކުންފުނީގެ މައި މަރުކަޒާ ވަކިން ފެން އުފެއްދުމަށްޓަކައި މިހާރު އިތުރު ދެ ތަނެއް ހަމަވީ އެވެ. ޖުމްލަ ތިނެކެވެ.

ރޭ ހިދުމަތަށް ގެނައި އާރްއޯ އެނެކްސް އެކެއްގައި ދުވާލަކު 2000 ކޮޑިމީޓަރުގެ ފެން އުފެއްދޭއިރު 3،000 ކޮޑިމީޓަރުގެ ފެން ރައްކާ ކުރެވެ އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި އިބްރާހިމް ފަޒުލް ރަޝީދު އަދި މެނޭޖިން ޑިރެކްޓަރު، ވިދާޅުވީ 300000 މީހުންގެ އާބާދީ އަކަށް ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމުގެ މަސައްކަތް ސރުކާރާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި ފެނުގެ ސެކިއުރިޓީ އާއި ނަރުދަމާ ނިޒާމްގެ ވެސް ޕްލޭންތަކެއް ހަދަމުން އަންނަ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ހަފެން އުފައްދާ ކެޕޭސިޓީގެ އިތުރުން ފެން ރައްކާކުރާ ކެޕޭސިޓީވެސް މިޕްލޭންގެ ދަށުން އިތުރުކުރާނެ ކަމަށާއި މާލޭއާއި ހުޅުމާލޭގެ ނެޓްވޯކް ގުޅައިލަން ބްރިޖު މެދުވެރިކޮށް ހޮޅިލައިން އަޅައި، ގްރޭޓަރ މާލޭ ރީޖަންއަށް ރައްކާތެރިކަމާއެކު މެދުނުކެނޑި ފެން ފޯރުކޮށްދެވޭނެ ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345