އަހުމަދު ރިލްވާން

ރިލްވާން މައްސަލައިގެ އަޑުއެހުން ކެންސަލް

May 9, 2018
1

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ފޮރުވި މައްސާލާގައި މިއަދު އޮތް ޝަރީއަތް ކެންސަލްކޮށްފި އެވެ.

ރިލްވާން ފޮރުވި މައްސަލާގައި މިއަދު އަޑު އެހުމެއް ތާވަލުކޮށްފައި ވަނީ ހެނދުނު 10:00 އަށެވެ. ނަމަވެސް އަޑުއެހުން ކެންސަލްވިކަން އަނާގަފައިވަނީ 10:45 އެހާއިރު އެވެ.

އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އެދުވަހުގެ ޝަރީއަތުގައި އޮތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިއެއްގެ ހެކިބަސް ނެގުމެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ޕީޖީއިން ދައުވާ އުފުލާފައިވަނީ ހ. ހިލްޓަން، އަހުމަދު އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީން އަދި ސ. ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. އޭގެ ތެރެއިން ސުއެއިދު ރާއްޖޭގައި ނެތް ކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމަށް ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައެވެ. އެހެންކަމުން ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާލިފް އާއި ނޫރައްދީނުގެ މައްޗަށެވެ. ނަމަވެސް އެ ދެ މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.