ހަބަރު

މިނިވަންކަން ގެއްލިގެން ދިޔަ ނުދިނުމަށް ސިލްކް ރޫޓަށް ނޫނެކޭ ބުނަންޖެހޭ: ނަޝީދު

ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ނުދިނުމަށް ސިލްކް ރޫޓަށް ނޫނެކޭ ބުނަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ގައުމީ ދުވަހާ ގުޅިގެން އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައިވަނީ އިންޑިއާ ކަނޑުގެ އަމާން ގެއްލި ދިވެހިންގެ މިނިވަން ބީވެގެން ދިޔަ ނުދިނުމަށް މި ގައުމީ ދުވަހު ސިލްކް ރޫޓަށް ނޫނުކޭ ބުނަންޖެހޭ ކަމަށެވެ.

ނަޝީދު އެގޮތަށް ވިދާޅުވިއިރު ރާއްޖެއިން މިހާރު ވަނީ ސިލްކް ރޫޓްގައި ބައިވެރިވުމުގެ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކޮށްފަ އެވެ. ސިލްކް ރޫޓަކީ ކަނޑުމަގުން ކުރާ ވިޔަފާރީގެ މުއާމަލާތްތައް ފަސޭހަ ކުރުމަށް ޗައިނާގެ އިސް ނެގުމަށް ހިންގާ މަޝްރޫއެކެވެ.

މިދިޔަ ހަފުތާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޗައިނާ ކުރެއްވި ދަތުރުފުޅުގައި ވަނީ ސިލްކް ރޫޓްގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.