ބޮލީވުޑް

ނޭހާ އާއި އަންގަދް ކައިވެނިކޮށްފި

ބޮލީވުޑްގެ އެކްޓާ ނޭހާ ދުޕިއާ އާއި އަންގަދް ބޭޑީ ކައިވެނިކޮށްފި އެވެ. މި ދެމީހުން ކައިވެނިކުރީ މިއަދު ނިއު ދިއްލީގެ ގުރުދްވާރުގަ އެވެ.

މި ދެމީހުން ކައިވެނި ކުރަން އުޅޭކަން މީގެ ކުރިން ހާމަކޮށްފައެއް ނުވެ އެވެ. ދެމީހުން ކައިވެނިކުރިކަން ދާދި ދެންމެއަކު ކުއްލިއަކަށް ހާމަކުރީ މަޝްހޫރު ޑައިރެކްޓާ ކަރަން ޖޯހަރު ކުރި ޓުވީޓެއްގަ އެވެ. ކަރަން ވަނީ އެ ދެމީހުނަށް މަރުހަބާ ކިޔާފަ އެވެ.

ކަރަން ޖޯހަރް ކުރި ޓުވީޓް.

ނޭހާ އާއި އަންގަދްއަކީ ވަރަކަށް ކުރީއްސުރެ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. ނޭހާ އާއި އަންގަދްވެސް ވަނީ ދެ މީހުން ކައިވެނިކުރިކަން ޓުވިޓާގައި ހާމަކޮށްފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ބޮލީވުޑްގެ މަޝްހޫރު ތަރި ސޯނަމް ކަޕޫރްއާއި ވިޔަފާރީވެރިޔާ އާނަންދް އަހުޖާވެސް ވަނީ ކައިވެނިކޮށްފަ އެވެ.