ކުޅިވަރު

ޑެނީއަލްވޭސްއަށް ވޯލްޑްކަޕު ފުރުސަތު ގެއްލިއްޖެ

ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ކަނާތު ބެކް ޑެނީ އަލްވޭސް އަށް ލިބުނު އަނިޔާއާ ގުޅިގެން، ކުރިއަށް އޮތް ވޯލްޑްކަޕުގައި އޭނާ އަށް ނުކުޅެވޭނެ ކަން ޔަގީން ވެއްޖެ އެވެ.

އަލްވޭސްގެ ކަނާތު ކަކުލަށް އަނިޔާވީ، މިދިޔަ ހަފުތާގައި ފްރާންސް ކަޕު ފައިނަލުގަ އެވެ. އޭރު ބެލެވުނީ އޭނާ އަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނޫން ކަމަށެވެ.

ބްރެޒިލްގެ ފުޓްބޯޅަ ފެޑްރޭޝަނުން އަިއްޔަ ބުނެފައި ވަނީ، އަލްވޭސްގެ ކަނާތު ފައިގެ ކުކުލުގެ ލިގަމެންޓަށް އަނިޔާ ވެފައިވާ ކަމަށާއި ވޯލްޑްކަޕުގައި އޭނާ އަށް ނުކުޅެވޭނެ އެވެ.

އަލްވޭސް،35 ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 106 މެޗު ކުޅެފަ އެވެ. ބާސެލޯނާ އާއި ޔުވެންޓަސްގެ ކުރީގެ ޑިފެންޑަރު ވަނީ 2010 އަދި އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައި ކުޅެފަ އެވެ.

ވޯލްޑްކަޕު ފަސް ފަހަރު ކާމިޔާބު ކޮށްފައިވާ ބްރެޒިލް ހިމެނެނީ، ސްވިޒަލޭންޑާއި ކޮސްޓަރިކާއާ އެކު ގުރޫޕް "އީ" ގަ އެވެ. ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި، ޖޫން މަހު 17 ވަނަ ދުވަހު އެ ޓީމު ނިކުންނާނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.