ކްރިމިނަލް ކޯޓް

ފަސޭހަތަކަކާއެކު ކްރިމިނަލް ކޯޓުގެ އާ ވެބްސައިޓް ލޯންޗުކޮށްފި

May 12, 2018
1

ގިނަ ފަސޭހަތަކާއެކު ކުްރިމިނަލް ކޯޓުގެ އާ ވެބްސައިޓް ރޭ އިފްތިތާހުކޮށްފި އެވެ.

އާ ވެބްސައިޓް އިފްތިތާހް ކޮށްފައިވަނީ ރޯދަ މަހަށް މަރުހަބާ ކިޔުމަށް ރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި، ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެހުންނެވި ގާޒީ އާދަމް އާރިފެވެ.

ކުރިމިނަލް ކޯޓުން ބުނި ގޮތުގައި އާންމު ރައްޔިތުންނާއި ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ފަސޭހަކަމާއެކު ބަލައިލެވޭ ގޮތައް ފަރުމާކޮށްފައިވާ އާ ވެބްސައިޓުން ކޯޓުން ނިންމާ ނިންމުންތަކާއި، ގަޒިއްޔާތަކާއި، ކޯޓުގެ ތަފާސްހިސާބާއި، ކޯޓުން ހިންގާ މައްސަލަތަކުގެ ތާވަލާއި، ކޯޓުގައި މިވަގުތު ބޭނުންކުރަމުން އަންނަ ފޯމުތަކާއި ވަކީލުންނާއި ގުޅުންހުރި ގިނަ މައުލޫމާތެއް ލިބެން ހުންނާނެ އެވެ.

ކުރިމިނަލް ކޯޓުގެ އިޖްތިމާއީ ކޮމެޓީގެ ހަރަކާތްތައް ފުރިހަމައަށް ފެނިގެން ދާނެ ފަދަ ގޮތަކަށް އިޖްތިމާއީ ހަރަކާތުގެ ނަމުގައި ވެބްސައިޓްގައި އަލަށް ޕޭޖެއް ތައާރަފްކޮށްފައިވެސްވެ އެވެ.