ވިޔަފާރި

އެލައިޑުން "އަސްލު ބްރޭކް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް

May 13, 2018

އެލައިޑް އިންޝުއަރެންސުން "އަސްލު ބްރޭކް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެލައިޑުން ބުނީ އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެ ކުންފުނިން ކަސްޓަމާ ސާވިސަސް އެޖެންޓް "އެޖެންޓް 1600" މެދުވެރިކޮށް ކަމަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެޖެންޓް 1600 ގައި "އަސްލު ބްރޭޖް" ހޭޝްޓެގް ޖަހައިގެންނެވެ. އަދި އެއަށްފަހު "އެލައިޑް ލައިފް" ކުއިޒްގެ ސުވާލު ތަކަށް ޖަވާބު ދޭން ޖެހެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާ މީހުންގެ މެދުގައި ގުރުއަތެއް ނަގައި، ހޮވޭ މީހަކަށް އިނާމެއްގެ ގޮތުގައި، ވ. ތިނަދޫގައި ހިންގާ ރާއްޖޭގެ އެންމެ މަޝްހޫރު ގެސްޓް ހައުސް "ޕްލޫމޭރިއާ މޯލްޑިވްސް" ގައި ދެ މީހަކަށް ހުރިހާ ހަރަދަކާއެކު ޗުއްޓީ ދަތުރެއް ލިބެ އެވެ.

އެލައިޑުގެ 33 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައާރަފުކޮށްފައިވާ އެޖެންޓް" 1600" އަކީ ވައިބާގެ އިތުރުން ޓެލެގްރާމް މެދުވެރިކޮށް އިންޝުއަރެންސުގެ މައުލޫމާތު އޮޓަމެޓިކުން ދޭ ބޮޓެކެވެ.