ވިޔަފާރި

އުރީދޫ މަސްރޭހުގެ ސެމީ ފައިނަލަށް 12 ޓީމް ދަތުރުކޮށްފި

May 14, 2018

އުރީދޫ މަސްރޭސް 2018 ގެ ކޮލިފިކޭޝަން ބުރުތައް ނިމި، ސެމީ ފައިނަލްގައި ވާދަކުރާނޭ 12 ޓީމު ކަށަވަރު ވެއްޖެ އެވެ.

ރާއްޖޭގައި ބާއްވާ މަސްވެރިކަމުގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ "އުރީދޫ މަސްރޭސް" ރޭހުގެ ސެމީ ފައިނަލް ބުރުގެ އިވެންޓް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ކުޅިވަރު އެކުވެނި (ޓްރެކް) ސަރަހައްދުގަ އެވެ.

ސެމީއަށް ދިޔަ 12 ޓީމް

* ނަލަހިޔާ ޓްރޭޑިން
* ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް
* ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
* މޯލްޑިވްސް ޓޫރިޒަމް ކްލަބް
* މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
* ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން
* މަލަހިނި ކުޑަ ބަނޑޮސް
* ތާޖް އެކްސޮޓިކާ ރިސޯޓް އެންޑް ސްޕާ
* ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް
* މިލައިދޫ އައިލެންޑް މޯލްޑިވްސް
* އަމާރީ ހަވޮއްޑާ މޯލްޑިވްސް
* ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް

މި އިވެންޓްގައި ސެމީފައިނަލަށް ދަތުރުކުރި 12 ޓީމް މަހަށް ފުރުމަށް ހަމަޖެހިފައި ވަނީ 25 ވަނަ ދުވަހުގެ ހަވީރު 4:00 ގައި މޭރީބުރައުން ކުރިމަތިންނެވެ. އަދި މަހަށް ފުރި ޓީމްތައް އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ އެ ރޭގެ 10:00 ގަ އެވެ. މީގެ އިތުރުން ސެމީފައިނަލް އޮންނަ ދުވަހު ކުޑަކުދިންނަށް އަމާޒުކޮށް ވަރަށް ހާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އުރީދޫ މަސްރޭސް މި އަހަރު ބާއްވާ އެހެން އަހަރުތަކާ ހަލާފަށް ތަފާތު ގޮތަލަށެވެ. މިގޮތުން މި އަހަރު މަސް ރޭހުގެ ޕާޓްނަރުންގެ ގޮތުގައި މަޓާޓޯއާ ފިޝަރީޒް މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީ އަދި ޕީއެސްއެމް އަދި ފީލް އިންވެސްޓްމަންޓްވެސް ބައިވެރިވެ އެވެ.