ވިޔަފާރި

ވާވޭ ޕީ20 އަދި ޕީ20 ޕްރޯ ރާއްޖޭގެ ރާއްޖޭގެ ބާޒާރަށް ނެރެފި

May 14, 2018
2

އެންމެ މޮޅު ކެމެރާ ހިމެނޭ، ވާވޭ "ޕީ20" އަދި "ޕީ20 ޕްރޯ" ފޯނުތައް ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ޔޫތު ސެންޓަރު ސްޓޭޖުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާގެ ވާވޭ ކުންފުނިން އުފައްދާފައިވާ މި މޮޅު ފޯނު ބާޒާރަށް ނެރެދެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ހާން އެވެ.

ވާވޭގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްރިބިއުޓަރު މެކްސްކޮމް ޓެކްނޮލޮޖީސް އިން ބުނީ މި ފޯނު އެ ކުންފުނިން ވެސް ލިބެން ހުންނާނެ ކަމަށެވެ. ނަމަވެސް، އެ ކުންފުނިން މި ފޯނު ވިއްކާ އަގު ހާމަކޮށްފައެއް ނުވެ އެވެ.

ވާވޭގެ ޕީ20 ޕްރޯ ފޯނަކީ ފޮޓޯ ނަގާ މީހުންނަށް އެންމެ ބޭނުންވާނެ އެއް ފޯނެވެ. މި ފޯނުގައި ރީތި ފޮޓޯތައް ނެރުމަށް ހާއްސަވާ އެއް ސަބަބަކީ މީގައި މޮޅު ދެ ކެމެރާ އިނުމެވެ. މިގޮތުން އެއް ކެމެރާގައި 40 މެގަ ޕިކްސެލް ހުރެ އެވެ. އަދި ފޯނުގެ ކުރިމަތީ ކެމެރާގައި 24 މެގަޕިކްސެލް ހުންނާނެ އެވެ. މީގެ އިތުރުން ޕީ ޕްރީ ފޯނަކީވެސް ފޮޓޯ ނަގަން ބޭނުންވާ މީހުންނަށް އެންމެ ކަމުދާނެ އެއް ފޯނެވެ.