ވިޔަފާރި

އެމްއައިބީ "ފައިސާމޮބައިލް" އެޕަށް ހޭލުންތެރި ކުރުވަނީ

May 14, 2018

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މޮބައިލް ބޭންކިން އެޕްލިކޭޝަން "ފައިސާމޮބައިލް" އެޕަށް ހޭލުންތެރި ކުރުވަން ހާއްސަ ހަރަކާތެއް ފަށައިފި އެވެ.

އެމްއައިބީ އިން ބުނީ މާދަމާގެ ނިޔަލަށް އިސްލާމިކް ބޭންކުގައި ކުރިއަށް ގެންދާ މި ހަރަކާތުގައި ފައިސާ މޮބައިލް އެޕް، އެކްޓިވޭޓް ކޮށްދިނުމާއި ރަޖިސްޓާ ކޮށްދިނުން ވެސް އޮންނާނެ ކަމަށެވެ.

އެމްއައިބީ އިން ތައާރަފުކުރި "ފައިސާ މޮބައިލް" އަކީ އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރުން ޑައުންލޯޑް ކުރެވޭއިރު، އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ވެސް މި ހިދުމަތެކެވެ.

މި ހިދުމަތް މެދުވެރިކޮށް އެކައުންޓްތަކުގެ ހިސްޓްރީ އާއި ބެލެންސް ބެލުމުގެ އިތުރުން އެހެން ބޭންކް ތަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި އެމްއައިބީ މޮބައިލް ބޭންކިން މެދުވެރިކޮށް އާ ހިދުމަތް ތަކެއް ވެސް ލިބޭނެ އެވެ. މިގޮތުން ކައުންޓްގެ މުއާމަލާތްތައް ފިލްޓާކުރުމުގެ ހިދުމަތާއި ޗެކު ފޮތުގެ ތަފްސީލު ބެލުން އަދި ޗެކު ކްލިއާކުރުމުން ސްޓޭޓަސް ބެލުމުގެ ހިދުމަތް ވެސް ހޯދެ އެވެ. މީގެ އިތުރުން ޗެކު ގެއްލިއްޖެނަމަ އެކަން އެމްއައިބީ އަށް ރިޕޯޓް ވެސް ކުރެވޭނެ އެވެ

އިސްލާމިކް ބޭންކުން މި ހިދުމަތް ފަރުމާކޮށްފައިވަނީ ވަރުގަދަ ސެކިއުރިޓީ ފީޗާތައް ހިމަނައިގެންނެވެ.