ވިޔަފާރި

ރޯދަ މަަހަށް އުރީދޫ ވަރަށް ހާއްސަ

May 15, 2018

ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ އެދުމާ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ފޮނުވައި، ރަމަޟާން މަހުގެ އުފަލުގައި އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ހިދުމަތްތަކާއި ޕްރޮމޯޝަން ތަކެއް ފަށައިފި އެވެ.

ރަމަޟާންމަހުގެ ކޮންމެ ހަފްތާއަކު ލަކީ ޑްރޯ އެއް

އުރީދޫގެ ހުރިހާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލެވޭ ލަކީ ޑްރޯ އެއް މި ރަމަޟާންމަހު ފެށިގެންދާނެއެވެ. ކޮންމެ ހަފްތާއެއްގައިވެސް އަގުހުރި އިނާމުތަކެއް ލިބޭ މި ލަކީ ޑްރޯގައި ބައިވެރިވުމަށް، “THAFAATHU POSTPAID” ޖައްސަވާފައި، 929 އަށް ހިލޭ އެސްއެމްއެސް އެއް ފޮނުއްވާށެވެ. މި ޕްރޮމޯޝަންގައި އުރީދޫގެ ހިދުމަތް މިހާރު ބޭނުންކުރައްވާ ކަސްޓަމަރުންނާއި، އަލަށް ޚިދުމަތް ހޯއްދަވާ ކަސްޓަމަރުން ވެސް ހިމެނިގެންދާނެ އެވެ.

ކޮންމެ ހަފްތާއެއްގެ ނަސީބުވެރިއަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި:

* 50 ގެ ޓީވީ، އަދި ހޯމް ތިއޭޓާ ކިޓް
* ނިއުރޭޑިއަންޓް ޓީމާއި އެކު، 5 ބޭފުޅުންނަށް ރޯދަވީއްލުން
* އައިފޯން X
* ކަނޑުއަޑީގައިވާ އިތާ ރެސްޓޯރަންޓުގައި، ދެ ބޭފުޅަކަށް މެންދުރު ކެއުން

އެންމެ ހާއްސަ އިނާމުގެ ވެރިފަރާތް ހޮވިގެންދާނީ ރަމަޟާން މަސް ނިމުމުންނެވެ. އެގޮތުން ހޮވިގެންދާ ނަސީބުވެރި ފަރާތަކަށް، ދެބޭފުޅުންގެ ހަތަރުރޭގެ ހުރުމާއިއެކު، ރާއްޖޭގެ އެންމެ ބޮޑު ކްރޫޒް ހޮޓެލްގައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އާއިލާ އާއި ރައްޓެހިންނަށް ޑޭޓާ ހަދިޔާ ކުރަން

މި ރަމަޟާން މަހު އުރީދޫގެ މަގޭ ޕްލޭން މެދުވެރިކޮށް އާއިލާގެ ބޭފުޅުންނަށް ނުވަތަ ރައްޓެހިންނަށްނަށް ޑޭޓާ ޕެކް ހަދިޔާކުރެއްވުމުން، ހަދިޔާކުރެއްވި ޕެކްގެ ޑޭޓާ އެލަވަންސް ދެގުނަވެގެންދާނެ އެވެ. ޑޭޓާ ޕެކް އެއް ހަދިޔާ ކުރެއްވުމަށް، މައި އުރީދޫ އެޕް މެދުވެރިކޮށް މަގޭ ޕްލޭންގެ ހިދުމަތް ހޯއްދަވައި، 110، 220 ނުވަތަ 330 ޕެކް ހިޔާރުކުރައްވާށެވެ.

ސޯޝަލް މީޑިއާ ޕެކް

ރޯދަމަހު މުޅިން ހިލޭ ލިބޭ ހިދުމަތްތައް:

ސައުދީ އައިޑީޑީ އަދި ރޯމިންގް

ރަމަޟާން މަހު، ސައުދީ އަށް ގުޅާލުން ފަސޭހަކޮށްދޭ ޕެކޭޖެއްކަމުގައިވާ، ސައުދީ ޕްލޭން 99 އުރީދޫ އިން މިއަދު ވަނީ ތަޢާރަފްކޮށްފައެވެ. އެންމެ 99 ރފ. ގެ މި ހާއްސަ ޕްލޭން މެދުވެރިކޮށް ސައުދީގައިވާ އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް 70 ހިލޭ މިނިޓް ލިބިގެން ދާނެ އެވެ. ހަމައެއާއި އެކު، ސައުދީ ޕްލޭން އެކްޓިވް ކަމުގައިވާނަމަ، ހިލޭ މިނިޓް ބޭނުންކުރުމަށްފަހުވެސް، މިނިޓަކު އެންމެ 2.99 ރފ. އަށް ސައުދީ އަށް ގުޅާލެވޭނެއެވެ. މި ޕެކޭޖް ބޭނުން ކުރެއްވުމަށް، “SAUDI” ޖެއްސެވުމަށްފަހު 4123 އަށް އެސްއެމްއެސްއެއް ފޮނުއްވުމުން ނުވަތަ *929*18# އަށް ގުޅާލުމުން، ޕެކް އެކްޓިވޭޓް ވާނެ އެވެ. ހަމައެއާއި އެކު، ރަމަޟާން މަހުގެ ތެރޭގައި، ސައުދީ އަށް ދަތުރުކުރައްވާ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް، އެގައުމުގައި ރޯމިންގް ބޭނުންކުރައްވާއިރު 15 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެ އެވެ.

ސުޕަނެޓް ބޯނަސް

މި ރޯދަމަހު، އުރީދޫގެ ހަލުވި ސްޕީޑުގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ އައު ކަނެކްޝަން އެއް އިޚްތިޔާރުކުރެއްވުމުން، 30 އިންސައްތަ ޑިސްކައުންޓް ލިބިގެންދާނެ އެވެ.

ކައްކަނީ ކޯއްޗެއް؟

ރޯދަ ކުރުކުރުމަށް، އުރީދޫ އިން މިފަހަރު ގެނެސްދެނީ "ކައްކަނީ ކޯއްޗެއް؟" އެސްއެމްއެސް ކުއިޒް އެވެ. ކޮންމެ ދުވަހަކު ވެސް، ކައްކަނީ ކޮންއެއްޗެއްކަން ދިމާކުރައްވައިގެން، މި ކުއިޒް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ވަރަށް ހިތްގައިމު އިނާމުތައް ލިބިގެންދާނެއެވެ.

ރޯދަމަހު މުޅިން ހިލޭ ލިބޭ ހިދުމަތްތައް:

* އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4777 އަށް ފޮނުއްވާ.
* ރީތި ޓިއުންސް ހިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވާ.
* ސްއެމްއެސް މެދުވެރިކޮށް ދީނީ ނަސޭހަތް ހޯއްދެވުމަށް، GOR ޖެއްސެވުމަށްފަހު 4546 އަށް ފޮނުއްވާ.
* އެސްއެމްއެސް މެދުވެރިކޮށް ކެއްކުމާއި ބެހޭ މައުލޫމާތު ހޯއްދެވުމަށް، GOC ޖެއްސެވުމަށްފަހު 4546 އަށް ފޮނުއްވާ. ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރައްވައިގެން ފިތުރު ޒަކާތް ދެއްކޭނެއެވެ. ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެއެވެ.