ދުނިޔެ

ޔޫއޭއީގެ އަމީރު ގިނަ އަދަދެއްގެ ގައިދީންނަށް މާފުދެއްވައިފި

May 16, 2018
1

ޔުނައިޓެޑް އަރަބި އެމިރޭޓްސް، ޔޫއޭއީގެ ޖަލުތަކުގައި ތިބި ކުށްވެރިންގެ ތެރެއިން 1000 އަށް ވުރެ ގިނަ ގައިދީން މިނިވަން ކުރުމަށް އެ ގައުމުގެ ވެރިޔާ، ޝައިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަމުރު ކުރައްވައިފި އެވެ.

ޔޫއޭއީގެ މީޑިއާ އޮފީހުން ބުނި ގޮތުގައި، ޔޫއޭއީގެ ޖަލު ތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން އެކި ގައުމުތަކަށް ނިސްބަތްވާ 1239 ގައިދީއަކު މާފުދީ މިނިވަން ކުރުމަށް ޒައިދު އަލް ނަހުޔާން ވަނީ އަމުރު ކުރައްވާފައިވާފަ އެވެ.

އެ އޮފީހުން ބުނީ އަމީރު އެގޮތަށް ނިންމެވީ، ރޯދަ މަހަކީ މާފު ކުރުމާއި ތައުބާވުމުގެ މައްސަރެއް ކަމަށް ވުމާއެކު، އެކި ކުށްތައް ކުރެވިފައިވާ މީހުންނަށް އަލުން މުޖުތަމައަށް އަނބުރާ އާދެވޭނެ ދެވަނަ ފުރުސަތެއް ދިނުމުގެ މަގުސަދުގައި ކަމަށެވެ. އަދި ގައިދީންނަށް ވެސް އާއިލާއާއެކު ރޯދަ މަހުގެ ދުވަސްތައް ހޭދަކުރުމަށް ފުރުސަތު ދިނުމަކީ ވެސް އަމީރުގެ މަގުސަދެއް ކަމަށް ވެސް މީޑިއާ އޮފީހުން ބުންޏެވެ.

ޔޫއޭއީގައި ރޯދަމަހާ ދިމާކޮށް މީގެ ކުރިން ވެސް އާންމުކޮށް ގައިދީންއަށް މާފުދީ ދޫކޮށްލަ އެވެ.

މި ނިންމުމާ ގުޅިގެން، ޔޫއޭއީގެ ފުލުހުންގެ ވެރިޔާ ވިދާޅުވީ މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި އިތުރު ބަޔަކަށް އަލުން މުޖުތަަމައަށް އައުމުގެ ފުރުަތު ލިބޭނެ ކަމަށެވެ.