ކުޅިވަރު

ބުފޮންގެ ކުރިމަގާމެދު މުހިންމު ނިންމުމެއް

އަންގި ބޭލުމަށްފަހު ކުޅުން ހުއްޓާލާނީތޯ ނުވަ އަދިވެސް ކުޅުމައިގެން ކުރިއަށްދާނީތޯ ނިންމަން ޔުވެންޓަސްގެ ކެޕްޓަން ޖިއާންލުއީޖީ ބުފޮން ތައްޔާރު ވެއްޖެ އެވެ.

އޭނާގެ ކުރިމަގާ ބެހޭގޮތުން ނިންމާ ނިންމުން އިއުލާން ކުރުމަށް މާދާމަ ނުސްކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ބުފޮންގެ ދިގު ކެރިއަރުގައި އޭނާ ވަނީ ޔޫއެފްއާ ޗެމްޕިއަންސް ލީގް ފިޔަވައި ބޮޑު ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ.

ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމާ ވަރަށް ގާތަށް އޭނާ އަށް ދެވުނެވެ. ދެ ފަހަރަށް ފައިނަލު ކުޅުނުއިރުވެސް ޔުވެންޓަސް ބަލިވީ އެވެ. ބުފޮން،40 ވަނީ އިޓަލީގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ. ނަމަވެސް އެ ނިންމުމާމެދު ކުރިން އެހެންވިސްނުމެއްވެސް އޭނާ ގެންގުޅުނެވެ.

މިހާރު ބުފޮން އާ ގުޅުވައި ދަނީ އެހެންް ވާހަކައެއް ދައްކަމުންނެވެ. އޭނާ ގެންދަން ލިވަޕޫލުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިޓަލީގެ ޕެޕަ ވިއު ސްޕޯޓްސް ޗެނަލްއިން ބުނެފަ އެވެ. އެ ޗެނަލުން ބުފޮން ހުރީ އޭނާގެ ކެރިއާ ކުރިއަށް ގެންދިއުމަށް ތައްޔާރަށް ކަމަށާއި އެއީ ލިވަޕޫލުން އޭނަގެ ހިދުމަތައް އެދޭތީ ކަމަށެވެ.

ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ދަނީ، އޭނާގެ ޓީމަށް ރަނގޅު ކީޕަރަކު ހޯދަމުންނެވެ. ލިވަޕޫލަށް ބުފޮން ގެސްފިނަމަ ގޯލްކީޕިންގެ މައްސަލަަ މުޅިން ހައްލުވާނެ އެވެ. އޭނާގެ ތަޖުރިބާއާ އެއްވަރަށް ޓީމުގެ ފަހަތުގައި ހުރެގެން ލީޑަރެއްގެ ދައުރުވެސް އަދާ ކުރާނެއެވެ.