(15 މެއި 2018 އާ ގުޅޭ) "ތިކަން ކޮއްފައި އަވަހަށް އަނައްޗޭ" އަރްސަލް ސޯފާގެ ލެނގޭބައިގެ ފަހަތަށް ވާގޮތަށް ކަނދުރާގެ ވާގި ދޫކޮށްލާ ދެ ލޯ މަރާލިއެވެ. ނިމްރާގެ ޖަވާބެއް އަރްސަލް ބޭނުންވި ހެނެއް ހިޔެއްނުވެއެވެ.
ސިންކުގެ އިސްކުރުން ފެންއެޅި ފުޅި ދެއަތުން ހިފަހައްޓާލައިގެން ހުރެ ނިމްރާ އެޕާޓްމެންޓުގެ ބިއްދޮށުގައި ހުރި ބެލްކަންޏަށް ނުކުތެވެ. ފަރުވާތެރިކަމާއެކު ތިން މުށިގަނޑުގައި އިންދާފައި ހުރި ގަސްތަކަށް ފެން އޮއްސަން ފެށިއެވެ. ނިމްރާގެ މާބޮޑު މަސައްކަތަކާނުލާ ގަސްތަކަށް އާރޯކަން ވެރިވެ މައު އެޅުމުން ތަފާތު ހިތްހަމަޖެހުމެއް އޭނާއަށް އިހުސާސް ކުރެވުނެވެ. މަޑުމަޑު ފިޔާތޮށިކުލައިގެ ފިޔަތަކުގެ ވަށައިގެން ގަދަ ފިޔާތޮށިން ފިޔަތަކުގެ ކައިރިފަށް ފަވާލައިފައިވާ މާތަކެއް އެއްގަހުގައި ހުއްޓެވެ. ދެން ހުރި ދެ ގަހުގައި ވެސް ހުރީ ރަތްކުލައެއްގެ މަލެކެވެ. މަޑުމަޑުން ނިމްރާގެ ވައަތުގެ އިނގިލިތަކުން ގަސްތަކުގައި ފޮޅިފައި ހުރި މާތަކުގެ ފިޔަތަކާ ކުޅެލިއެވެ.
"ލޫންއާ ގުޅިފައިވާ ހަނދާނަކަށް މިގަސްތައް ވާއިރު އަރްސަލް އެ ހަނދާން ކުރަން ބޭނުންނުވަނީތަ؟ ކިހާ ރީތި މާތަށް ފޮޅިލާފައި ހުރި އިރު... ލޯބިވާ މީހުންގެ ހަނދާންތައް ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ. އަހަންނަށް އަހަރެން އުންމީދުކުރިވަރުގެ ލޯތްބެއް ނުލިބުނު... ދުވަހަކުވެސް ދެން ނުލިބޭނެކަން އެނގޭ. އެކަމަކު އަރްސަލްގެ ހަޔާތަށް އުފާވެރިކަން އެނބުރި އަންނަން އަހަރެން ބޭނުން... އޭނާގެ އެކަނިވެރިކަން ފިލުވައިދޭނޭ ބައިވެރިއަކު އޭނާއަށް ލިބުމަށް އަހަންނަށް އެދެވޭ. އެކަމަކު އަހަރެންގެ އިހުސާސްތައް... ކީއްވެތަ އަރްސަލް އެހާ ތަފާތުވާންވީ... އަރްސަލްގެ ނުރުހުމާއި ހަރުކަށިކަމުގެ ތެރެއިން ވެސް އަހަންނަށް ރައްކާތެރިކަން އިހުސާސްވާންވީ ކީއްވެ؟ ބައެއްފަހަރު އެއްވެސް ސެންސްއެއް މޭކްއެއް ނުކުރޭ... އަރްސަލްގެ ޢަމަލުތަކަށް ނަފުރަތުކުރަން މަސައްކަތް ކުރިޔަސް އެކަމެއްނުވި. އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ބާރު ދުވަހަކުވެސް ނުގެއްލޭ... އެކަމަކު އަރްސަލްގެ ކުރިމަތީގައި އޭނާގެ އެންމެ ބީހުމަކުން އަހަރެން ބަލިކަށި މީހަކަށްވެގެންދޭ... ބަޓް ވައި... އަރްސަލްގެ ދިރިއުޅުމުގައި އަހަންނަށް އެއްވެސް ފުރުޞަތެއްނެތް. އެކަމަކުވެސް އެކަމަށް އަހަރެންގެ ހިތް އިންތިޒާރުކުރާ ކަހަލަ... ލިބެންނެތް ކަމަކަށް އެދެވެންވީ ކީއްވެ... ދިސް ފީލިންގްސް... އިޓް ހާޓް... ހާޓްސް އަ ލޮޓް. ދުވަހަކުވެސް ފިރިހެނެއްގެ ކުރިމަތީ އޭނާއަށް ދެކޮޅު ހަދަން މިހާ އުނދަގޫނުވޭ... ބަޓް އައި ހޭވް ޓު ރިސްޓްރެއިންޓް މައި ސެލްފް" ގަސްތަކައް ނަޒަރު އަމާޒުކޮށްލައިގެން ހުރިއިރު ނިމްރާގެ ސިކުނޑީގައިވަނީ އަރްސަލްގެ ޚިޔާލެވެ. އެންމެފަހުން މޫނުގައި ވައަތްތިލަ ހިންގާލައި ނިތްމައްޗަށް ވެއްޓިފައި އޮތް އިސްތަށިގަނޑުގެ ބައި ރަނގަޅުކޮށްލަމުން ގެނެސް ވައަތު ކަންފަތުގެ ފަހަތަށް ލައްވާލިއެވެ. ހަށިފުރާ ދިގު ނޭވާއެއް ލާފައި ހުސްވެފައި އޮތް ފުޅި ހިފައިގެން އެތެރެއަށް ވަދެ ބެލްކަނީގެ ދޮރު ދަމާލާ ލައްޕާލިއެވެ. ކިތަންމެ ވަރަކަށް ވިސްނިޔަސް ނިމްރާގެ ސިކުނޑިއާއި ހިތް އޭގެ އަމިއްލަ ރާސްތާ ޚިޔާރުކޮށްފައިވާ ކަހަލައެވެ. އެއްހަށިގަނޑުގައި ތިބެ ސިކުނޑިއާއި ހިތް ދެކޮޅުވަމުންދާއިރު ރަނގަޅުގޮތަކީ ކޮބައިކަން ދެނެގަންނާކަށް ނިމްރާއަށް ފަސޭހައެއްނުވިއެވެ. ހިތާއި ސިކުނޑީގެ ޒުވާބުގައި އޭނާގެ ހަށިގަނޑުގެ ހަކަތަ ހުސްވާހާވެއެވެ.
"ވަޓް ޓުކް ޔޫ ސޯ ލޯންގް" ނިމްރާ ފެނުމާއެކު އަރްސަލް އެހިއެވެ. ހީވީ ނިމްރާ ނައިސްގެން ލަސްވެފައި އިންހެނެވެ.
"ކަމެއް ބޭނުމީތަ؟" އަރްސަލްގެ ފުށުން ފެނުނު އަސަރުތަކާއެކު ނިމްރާ ސުވާލުކުރިއެވެ.
"ކަމް... ސިޓް" އަރްސަލް އަމުރުކުރިއެވެ. ހަމައެއާއެކު ސޯފާގެ ކޮޅުގައި އަތްޖަހާލާ ނިމްރާ އިށީންނަންވީ ދިމާ ދައްކާލިއެވެ. ނިމްރާ ދެއަތް ދޮވެލައި ސިންކު ކައިރީ ހުރި ޓިޝޫ ރޯލުން ބައެއް ވަކިކޮށްލާ ދެއަތް ފުހެލާފައި ސޯފާ ކައިރިއަށް އައެވެ. އަދި އަރްސަލް ދެއްކި ދިމާގައި އިށީނެވެ. އެއާއެކު ހައިރާންކަން ނިމްރާއަށް ލިބިގެން ދިޔައީ އަރްސަލް ސޯފާގެ ދިގަށް އޮށޯވެ ނިމްރާގެ އުނގުގައި ބޯ އެޅުމުންނެވެ. ދެން ހަދަންވީ ކިހިނެއްކަމެއް ނޭނގި ހަރަކާތެއް ވެސް ކޮށްލަން ނުކެރި ގަނޑުވެފައި ނިމްރާ އިނެވެ. އެހެން އިންދާ އިރުކޮޅެއްފަހުން އަރްސަލް އަތް ހިއްލާލާ ނިމްރާގެ ކަނާއަތް އެންމެ ކައިރިއަށް އޮތުމުން އެ އަތް ނަގާ އޭނާގެ ނިތްކުރީގައި ބާއްވާލިއެވެ. މަޑު ހޫނުކަމެއް އަރްސަލްގެ ހަށިގަނޑުގައި އަދިވެސް ހުރިކަން ނިމްރާގެ އަތް އަރްސަލްގެ ނިތުގައި ޖެހުމުން އިހުސާސް ކުރެވުނެވެ.
"ބޮލުގައި ރިއްސަނީތަ؟" ނިމްރާ އަހާލިއެވެ. ނަމަވެސް އަރްސަލް ޖަވާބެއް ނުދިނެވެ. ނިމްރާ މަޑުމަޑުން އަރްސަލްގެ ނިތްކުރީގައި އިސްތަށިގަނޑާއެކު ފިރުމާދޭން ފެށިއެވެ. އަރްސަލް ލޯ މަރާލި ގޮތަށް އުއްޑުން އޮތީއެވެ. ބަނޑުމަތީ ދެއަތް ބާއްވާލައިގެން ދަމާލާފައި އޮތް ފައިގެ އެއްފައިތިލަ އަނެއްފައިތިލައިގައި އަޅުވާލައިގެންނެވެ. އެގޮތުގައި އިރުކޮޅަކު އޮތުމަށްފަހު އަރްސަލްގެ ނިތްކުރީގައިވި ނިމްރާގެ އަތްތިލައިގައި ހިފެހެއްޓިއެވެ. އަދި އޭނާގެ އަތުގެ އެހީގައި ނިމްރާގެ އަތަށް ދަމާލުމާއެކު އޭނާގެ ގަމީހުގެ މަތީ ދެގޮތް ނެއްޓިފައިވާ ދިމާއިން މޭގައި ނިމްރާގެ އަތް ޖެއްސުވިއެވެ.
"އަ.ރް.ސަ.ލް" އަރްސަލްގެ ހަރަކާތުން ނިމްރާއަށް ގޮވާލެވުނީ ވައިއަޑުންނެވެ. އޭނާގެ ފުށުން އަރްސަލް ބޭނުންވަނީ ކޮންކަމެއްކަން ދެނެގަންނަން އެއްގޮތަކަށް ވެސް ނިމްރާއަކަށް ނޭނގެއެވެ. ހަމައެއާއެކު ނިމްރާގެ ހަނދާނުގެ އިސްކުރީނުން ކުރީގެ މަންޒަރެއް ސިފަވެގެންދިޔައީ އެ ސޯފާގައި އެ ދެ މީހުންގެ ދެމެދުގައި ހިނގައިދިޔަ ހާދިސާއެވެ. އެ ހާދިސާއާއެކު ނިމްރާގެ ހިތް ލެނބިގެންދިޔަ ގޮތެވެ. އެކަމަކު އެއީ އަރްސަލް ކުރި ނުބައި ސަމާސާއެއްކަން އޭނާ ސާބިތުކޮށްދިނެވެ. ސިހިފައި ނިމްރާއަށް އަތް ދަމައިގަނެވުމާއެކު ކޮޅަށް ތެދުވެވުނެވެ. ސޯފާގައި އޮތް އަރްސަލްއާ ދުރަށް ނިމްރާ ފިޔަވަޅު އަޅާލިއެވެ.
"ޕްލީޒް ޑޯންޓް ގޯ" އަރްސަލް ކުއްލިއަކަށް ބުނެލިއެވެ. އޭނާ އޭރު ސޯފާއިން ތެދުވެ އިށީންނަނީއެވެ.
"ސްކާލެޓް!... އަހަރެން... އަހަރެން މޮޔަވަނީ ކަންނޭނގެ" އިރުކޮޅަކު އިނދެފައި އަރްސަލް ބުނެލިއެވެ. ލުއި ހިނިތުންވުމަކާއެކު އޭނާ ދެފަރާތަށް ބޯހޫރާލީ ކަމެއް ޤަބޫލުނުކުރެވިގެން އުޅޭ ހެނެވެ.
"ހުން އެންމެ ގަދަވިއިރު ވެސް މޮޔައެއްނުވޭ... އަހަންނަށް ހީވަނީ ކޮޓަރިއަށް ގޮސް އަރާމުކޮށްލަނިކޮށް ތި މޮޔަކަން ފިލާފާނެހެން" ނިމްރާ ބުނެލިއެވެ.
"ދުރުގައި ނުހުރެ އާދެބަލަ އަހަރެން ގާތަށް... މިތާ އިށީންނަން އާދެބަލަ. އަހަރެން ކަމެއް ނުކުރަމެއްނު" އަރްސަލް އިސްއުފުލާ ނިމްރާއަށް ބަލާލަމުން ބުންޏެވެ. އެހެންނަމަވެސް ބަޔާންކުރާންނޭނގޭ އަނދިރިކަމެއްގެ ހިޔަނި އެ ދެ ލޮލަށް އެޅިފައިވާ ކަހަލައެވެ. ކަރުހިއްކައިގަނެފައިވާ ބޭނުންވުމެއްގެ އަސަރު އެ ދެ ލޮލުގައިވަނީއެވެ. އެ ދެ ލޮލަށް ނަޒަރު ސީދާކޮށްލައިގެން ހުރި ނިމްރާގެ ހިތުގެ ހިނގުން އަވަސްވިއެވެ.
"ކަމެއްނުވަނީސް ދުރުގައި ހުރުމެއްނު ރަނގަޅު ގޮތަކީ" ކަރުގައި އަޑު ތާށިވެފައިވާ ފަދައަކުން ނިމްރާ ބުނެލިއެވެ. އަރްސަލް ދަތްކުނޑިވިކާލިތަން ނިމްރާ ދުށްޓެވެ. އިސާހިތަކު އޭނާގެ ދެބުމަ ކައިރިވެ ނިތަށް ރޫގިނަވިއެވެ. ނިމްރާ އިތުރަށް ޖެހިލުންވިއެވެ.
"ފައިން... އައި ވޯންޓް ޓަޗް ޔޫ... ނައު ކަމް ހިއާ" އަރްސަލް ތަންކޮޅެއް ބާރަށް ބުނެލިއެވެ. ނުދާން ހުރެފައި ވެސް ނިމްރާ އަލުން އައިސް ސޯފާގައި އިށީނެވެ.
ހުޅުވާފައި ހުރި ޓީވީއަށް ސަމާލުކަން ދޭން މަސައްކަތް ކުރި ނަމަވެސް އެކަން ނިމްރާއަށް ކާމިޔާބެއްނުވިއެވެ. ސޯފާގައި ނިމްރާ އައިސް އިށީނީންސުރެން އަރްސަލްގެ ނަޒަރު ހުރީ އޭނާއަށް ހުއްޓިފައެވެ. ފަޅި ސިކުންތަކަށް ވެސް އޭނާއާ އެ ތޫނު ބެލުންތައް ވަކިނުވެއެވެ.
"ކިހިނެއްތަވީ؟" އިތުރަށް އެންމެ ހިނދުކޮޅަކަށް ވެސް ނީނދެވިގެން ނިމްރާ ސުވާލުކުރިއެވެ.
"ކަމެއްވެއްޖެތަ؟" އަރްސަލް ޖަވާބުދިނީ އޭނާގެ އެ ހުންނަ ހަރުކަށިކަންމަތީއެވެ.
"ކީއްވެ ތި ބަލަނީ" ނިމްރާ މިހެންބުނެ އިސްތަށިގަނޑުގެ ނިތްމައްޗަށް ދިގުކޮށް އޮންނަ ބައި ގެނެސް މޫނު ފޮރުވޭނޭހެން ވައްޓާލިއެވެ.
"ސްޓޮޕް ހައިޑިން" ނިމްރާގެ އަތުގެ އުޅަންބޮށްޓާއި ހަމައިގައި ހިފާ އަރްސަލްއާ ދިމާއަށް އޭނާ ދަމައިގަތެވެ. އަދި ނިމްރާގެ ފުރަގަހުން އަރްސަލްގެ ދެއަތް ވަށާލައި ގެނެސް ނިމްރާގެ ދެއަތާއެކު އުނަގަނޑުގައި ހިފަހައްޓާލިއެވެ. ނިމްރާގެ ބުރަކަށި ގޮސް އަރްސަލްގެ މޭގައި ޖެހި ފިތުނެވެ. ދިމާއަކަށް ޖެހިލުމުގެ އިޒުނަ ނިމްރާއަށް ނެތް ފަދައެވެ. މަޑުމަޑުން އަރްސަލްއާ ގާތަށް ނިމްރާ ދަމާލިއެވެ. ސޯފާގެ އަތްގަނޑާ ދިމާގައި ބުރަކަށި ޖައްސާލަމުން އަރްސަލް ހަމަޖެހިލިއެވެ. އެއްފައި ސޯފާގައި ދަމާލާފައި އޮތްއިރު އަނެއްފައި ސޯފާއިން ތިރީގައި ވިއްދާލައިގެން އިނެވެ. ދުރުކޮށްލައިގެން އިން ދެފައިގެ ދޭތެރޭ އޮތް ހުސް ޖާގައިގައި ނިމްރާ އިނީ ފައިކުރުކޮށްލައިގެންނެވެ. ނިމްރާގެ ކަނދުރާގައި އަރްސަލްގެ މޫނު ފޮރުވާލީ ދެނެވެ.
"ކާންޓް ޔޫ ސްޓޭ ސްޓިލް" ނިމްރާގެ ބޮލުން ޖައްސާ އަރްސަލްގެ ބޯ ދުރަށްލާން މަސައްކަތް ކުރާތީ އަރްސަލް ބުނެލިއެވެ.
"އަހަރެންގެ ގައިގާ އަތްނުލާނަމޭ ބުނީމެއްނު" ނިމްރާ ބުންޏެވެ.
"ސްކާލެޓް!... އެއްވެސް ވާހަކައެއްނުދައްކާ އިރުކޮޅަކު މަޑުން އިނދެފާނަންތަ؟" އަރްސަލް ބުނެލީ ވަރަށް މަޑުމަޑުންނެވެ. އޭނާ ނިމްރާގެ ކިބައިން އެފަދަ ގާތްކަމެއް ބޭނުންވާ ސަބަބެއް ނިމްރާއަކަށް ނުވިސްނުނެވެ. އަރްސަލްއަށް އަންހެންކުދީން ނުވެއެއް ނުހުންނާނެވިއްޔާއެވެ. އެކަން ޚުދު ނިމްރާއަށް އޮތީ އެނގިފައެވެ. އެ އަންހެންކުއްޖާ އެ ރެއަށްފަހު ގެއަށް ނުގެންނަ ކަމެއް ވެސް ނިމްރާއަކަށް ނޭނގެއެވެ. އޭނާ ދަންވަރު ކޮޓަރިން ނުކުތުން ހުއްޓާލީ އެ ރެއަށްފަހުއެވެ. އެފަދަ މަންޒަރެއް ދެވަނަ ފަހަރަށް ދުށުމަށް ކެތްނުވާނެތީއެވެ. އެ ޚިޔާލުތަކުން ނިމްރާއަށް ފޫހިކަން ލިބިގެންދިޔައެވެ.
"އެ އަންހެންކުއްޖާ ގެނެސް އުނގަށްލައިގެން އިންނަންވީނު... ކީއްކުރަންތަ އަހަރެންގެ ގައިގާ އަތްލަނީ" ނިމްރާގެ ޚިޔާލުތަކުން ބައެއް ދުލުން ބޭރުކޮށްލެވުނުކަން އެނގުނީ ނިމްރާގެ ކަރުގައި އަރްސަލް ދަތްއެޅުމުންނެވެ.
"އިޒް ދެޓް ވައި ޔޫ ޑޯންޓް ކިސް މީ ބެކް" އިރުކޮޅަކު ހިމޭނުން އިނދެފައި އަރްސަލް ބުނެލިއެވެ. ރުޅި އައުމުގެ ބަދަލުގައި އަރްސަލްގެ އަޑުގައި ހުރީ ސަމާސާ ގޮތެކެވެ. ފަހަރެއްގައި ވެސް އެފަދަ ގޮތަކަށް އަރްސަލް ރިއެކްޓް ކޮށްފާނޭ ނިމްރާ ހީއެއްނުކުރެއެވެ.
"މައުތްވޮޝް އަޅައިގެން ހަތްފަހަރު ތި އަނގަ ދޮންނަންޖެހޭނީ... ނޫން ހަތްފަހަރުން ވެސް ސާފެއްނުވާނެ... ސަތޭކަފަހަރު ދޮވެގެން ކިރިޔާ ސާފުވާނީ... ޔޫ ގްރޮސަސް މީ އައުޓް... ޔޯ މައުތް އިޒް އެވްރިވެއާ... ޑޯންޓް ކިސް މީ އަގައިން... ޔޫ ޑެވިލް... ގްރޮސް މައުތް... ޔޫ ޔޫސްޑް ދެޓް މައުތް އޮން މީ... ޔަކް... އައި ހޭޓް ޔޫ ޑެވިލް" ނިމްރާ ހިތްހަމަނުޖެހިފައި ފައްޗަކަށް އަމުނާލިއެވެ. ނިމްރާ އެ ހުރިހާ އެއްޗެއް ކިއުމުން އަރްސަލް ލުއި ގޮތަކަށް ހީނލި އަޑު އިވުނެވެ.
"އައި ބްރަޝްޑް މައި ޓީތް... ދުވާލަކު ތިންފަހަރު... އޯ ސްކާލެޓް!... ޔޫ ނޯ މައި ބްރެތް އިޒް މިންޓީ ވެން އައި ކިސްޑް ޔޫ" ހިނިއައިސްފައި އިނދެ އަރްސަލްގެ ތުންފަތް ނިމްރާގެ ކަންފަތާ ކައިރިކޮށްލަމުން ސިއްރެއް ބުނިހެން ބުނެލިއެވެ. ހަމައެއާއެކު އަނެއްކާ ވެސް ހީނލައިފިއެވެ. މިފަހަރު ނިމްރާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. އެހެންނަމަވެސް އެ ހިނިތުންވުން ފާޅުވުމުގެ ކުރީން އޭނާ ތިރީތުންފަތުގައި ދަތް އަޅާ ހިފަހައްޓާލިއެވެ.
"ޔޫ އާ ގްރޮސް... ސްޓޮޕް ފޯސިންގް ޔޯ އޮބްނޮކްޝަސް މައުތް އޮން މީ" ނިމްރާ ތުންދަމާލިތަން އޭނާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލައިގެން އިން އަރްސަލްއަށް ފެނުނެވެ. އެ މަންޒަރުވީ އަރްސަލް ގަޔާވި މަންޒަރަކަށެވެ. ނިމްރާގެ އުނަގަނޑުގައި ވަށާލެވިފައިވާ ދެއަތް ބާރުކޮށްލަމުން ވަކިން އޭނާއާ ގާތަށް ނިމްރާ ދަމާލިއެވެ.
"ވަޓްސް ދެޓް ސްމެލް؟... އިޓްސް ނޮޓް މައި މައުތް... ބާނިންގް ސްމެލް... ސަމްތިންގް އިޒް ބާނިންގް" ސަކަގޮތަކަށް އަރްސަލް ބުނެލީ ނިމްރާއާ ދިމާކޮށްލަމުންނެވެ.
"ނޫޅެން ވާހަކަދައްކާކަށް" ނިމްރާ ބުނެލިގޮތުން ހީވީ ކުރަމުންދިޔަ ބަހުސްގައި ކުރި ނުލިބޭނޭހެން ހީވުމުން ކުޑަކުއްޖަކު ފަދައިން ބޮޑާ ހާކާލީ ހެންނެވެ. އަރްސަލް ތަންކޮޅެއް ބާރަށް ހީނލުމާއެކު ނިމްރާގެ ކޯތާފަތުގައި ބޮސްދިނެވެ.
"ޖެލަސް" އަރްސަލް ބުނެލީ ނިކަން ލޯބިން ދިމާކޮއްލާ ފަދަ ގޮތަކަށެވެ. ނިމްރާ ބޯ އަރިކޮށްލުމުން އޭނާގެ މޫނަށް އަރްސަލް ބަލާލާ ނިތްއަރުވާލީ ހިނިތުންވެލައިގެން އިނދެއެވެ. ކުއްލިއަކަށް އަރްސަލްގެ ޠަބީޢަތް ބަދަލުވެފައި އިން ކަހަލައެވެ. ފެންނަނީ ވަރަށް ހަމަޖެހިފައި އިންހެނެވެ. ޚުދު ނިމްރާ ވެސް އަރްސަލްގެ އެ ސިފައާ ގަޔާވިއެވެ. އޭނާގެ އެވަގުތު ހުރި ވާހަކަދެއްކުމުގެ ރާގާއި ހީނލާގޮތާއި ގާތްކޮށްލާ ގޮތުން ނިމްރާގެ ބަނޑުގައި ކޮކާފަނި ހިރޭ ފަދަ ހީލިކެރުވުމެއް އުފައްދައެވެ. ހަމައެއާއެކު ހިތް އުފަލުން ފިޔަޖަހާ އުދުއްސައިގަންނަން އުޅެދާނޭހެން ހީވެއެވެ. އަރްސަލްގެ އަތުގެ ތެރޭގައި އެ މޭގައި ލައްވެލައިގެން އެގޮތުގައި އެތައް އިރަކު އިންނަން ނިމްރާ ބޭނުންވިއެވެ.
"ނޯ!... އައި ޑޯންޓް ކެއާ" ނިމްރާ ފޫހިކަން ދައްކަން މަސައްކަތް ކުރިއެވެ. އަރްސަލް އިރުކޮޅަކަށް ހިމޭންވިއެވެ. އޭނާއަށް އައި ބަދަލު ދެނެގަތުމަށް ނިމްރާ މޫނު އަނބުރާލާ ބަލާލަން އުޅުނެވެ. ނަމަވެސް އަރްސަލް މާކުރީން ނިމްރާއަށް މޫނު ފޮރުވާލަން ނިމްރާގެ ކޮނޑުގައި ނިތްކުރި ޖައްސާލާ އިސް އޮބާލައިފިއެވެ.
"ސްކާލެޓް! އަހަރެންގެ ގާލްފްރެންޑެއް އެބަހުރި" އަރްސަލްގެ އަޑުގައިވި ސީރިއަސްކަން ނިމްރާގެ ނަފްސު ހިމޭން ކުރުވިއެވެ. އޭނާގެ ހިތުގެ ހިނގުން ލަސްވެ ހުއްޓެން އުޅުނު ކަހަލައެވެ. ހިނދުރީގައި ނޭވާ ތާށިވިއެވެ. ސިކުނޑި މަސައްކަތް ކުރަން ވަގުތުކޮޅެއް ނެގިއެވެ. ކަރުގައި ޖެހިފައި އިން ކައްޓެއް ދިރުވާލަން އުޅޭ އުސޫލުން ނިމްރާ ހިންދިރުވާލިއެވވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު ނަފްސު ހަމައަކަށް ނިމްރާ އަޅުވާލިއެވެ. ސިކުނޑި މަސައްކަތް ކުރަން ފެށުމުން ހިތުގެ އިހުސާސްތަކުގެ މައްޗަށް ރުޅިވެރިކަން ކުރި ހޯދިއެވެ. މިފަހަރު ވެސް އަރްސަލް އޭނާގެ އިހުސާސްތަކާ ސަމާސާ ކުރީކަމުގައި ސިކުނޑި ބުނީ ހިތުގައި އުފެދުނު ރިހުމަށް ކުޑަ ވެސް ހަމްދަރުދީއެއް ނުވެއެވެ. ވޭނުން ހިމޭންވި ހިތުގެ މައްޗަށް ސިކުނޑި އަޑުލައިގަތީ އެ ފުރުޞަތައް ބޭނުންވެފައި ހުރި ފަދައިންނެވެ. (ނުނިމޭ)