ލޯކަލް މާރުކޭޓް

މަތިވަމުން ދިޔަ އަގުތައް މައިތިރި ވެއްޖެ!

ރޯދަ މަސް ފެށުމާއެކު، ބާޒާރުގައި މަތިވަމުން ދިޔަ ބައެއް ބާވަތްތަކުގެ އަގުތައް މަތިވުން މަޑުޖެހިލައި "މައިތިރި" ވެއްޖެ އެވެ.

ރޯދަ މަސް ފެށި ދުވަހު އެންމެ ބޮޑަށް އަގުތައް މަތިވެގެން ގޮސްފައިވަނީ ކަރާ އާއި މިރުސް އަދި ދޮންކޭލެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ އަގުތައް މިހާރު ވަނީ ބަދަލުވެފައެވެ.

ބާޒާރުގައި މިއަދު ގިތެޔޮ މިރުހުގެ އަގު ވެސް ވަނީ 100ގ. މިރުސް 35ރ. އާއި 50ރ. ގައި ހިފެހެއްޓިފަ އެވެ. އަދި މީގެ އިތުރުން ދޮންކެޔޮ ވަކެއްގެ އަގު ވެސް ވަނީ 5ރ. އާއި 4ރ. އަދި 6ރ. ގައި މަޑުޖެހިފަ އެވެ.

މާރުކޭޓު ގޮޅިތަކުގައި މުދާ ވިއްކާ މީހުން ބުނާ ގޮތުގައި އަގުތައް "މަތިތިރިވީ" ސަޕްލައި ރަނގަޅުވާން ފެށުމުންނެވެ.

"މި އަހަރު ހެއްދި އަދަދު މަދު. އަނެއްކާ ރޯދަ މަހުގެ ފުރަތަމަ ދުވަހު ސަޕްލައި މަދުވީ. މާލެ ގެނައި އެއްޗިހިވެސް މަދީ. އެހެންވެ ބޮޑު ވެގެން ދިޔައީ،" ގޮޅީގައި ހުރި އެ މީހާ މިއަދު "އަވަސް" އަށް ބުންޏެވެ.

މި އަހަރު ހެއްދި އަދަދު މަދު. އަނެއްކާ ރޯދަ މަހުގެ ފުރަތަމަ ދުވަހު ސަޕްލައި މަދުވީ. މާލެ ގެނައި އެއްޗިހިވެސް މަދީ. އެހެންވެ ބޮޑު ވެގެން ދިޔަ
ގޮޅިއެއްގެ ސޭޓެއް

ދަނޑުވެރިކަމުގެ ބާވަތްތަކުގެ އިތުރުން ރޯދަ މަހު އެންމެ ބޮޑަށް ބޭނުންކުރާ ފިޔާ، އަލުވި އަދި ބިހުގެ އަގުވެސް މިހާތަނަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. ބާޒާރުގައި ފިޔާ ބަސްތާއެއް 190ރ. އަށް ވިއްކާއިރު އަލުވި 230ރ. އަށް އަދި ބިސް އުޅެނީ 300ރ. ގަ އެވެ.