ހަބަރު

ޔުނިވާސަލްއިން ހެދި "ޒިޔާޔަތް މިސްކިތް" ހުޅުވައިފި

May 18, 2018
2
މާލޭގެ ޒިޔާރާތް މިސްކިތް: ޔުނިވާސަލް އިން ވަނީ މިސްކިތް ޒަމާނާ އެއް ގޮތަށް ފައްކާ ކޮށްދީފައި -- ފޮޓޯ | ރައީސް އޮފީސް
0%
0%
0%

މާފަންނު "ޒިޔާރާތް މިސްކިތް" ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ހުޅުވައި ދެއްވައިފި އެވެ.

މަޝްހޫރު ވިޔަފާރި ކުންފުނި، ޔުނިވާސަލް އެންޓަޕްރައިޒް ޕްރައިވެޓް ލިމިޓަޑްގެ ހިލޭ އެހީގެ ދަށުން މާލޭގައި ބިނާ ކުރި އެ މިސްކިތް ރައީސް ހުޅުވައި ދެއްވީ މިއަދުގެ ހުކުރު ނަމާދު ވަގުތުގަ އެވެ.

މުހައްމަދު ޖަމީލް ދީދީއަށް ނިސްބަތްވާ މި މިސްކިތް އަލުން ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ އެ މިސްކިތުގައި އެއްފަހަރާ 1200 މީހުންނަށް ނަމާދު ކުރެވޭހާ ޖާގަ އޮވެ އެވެ. އަލުން މިސްކިތް ފައްކާކޮށްފައި ވަނީ ދެ ފަންގިފިލާ ހިމެނޭ ގޮތަށެވެ.

ރައީސް ޔާމީން ޒިޔާރާތް މިސްކިތް ހުޅުވާދެއްވަނީ -- ފޮޓޯ | ރައީސް އޮފީސް

އެ މިސްކިތް ހުޅުވައިދެއްވުމަށް ފަހު ރައީސް ޔާމީން ވަނީ ހުކުރު ނަމާދުގެ މިއަދުގެ ޖަމާއަތުގައި ބައިވެރިވެވަޑައިގެން ފައެވެ.

ހިލާލީގެ ބިއްދޮށަށް ވާ ގޮތަށް ހުންނަ ޒިޔާރަތް މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345