ޕްރިޔާ ޕްރަކާޝް ވާރިއާ

އަނެއްކާވެސް ޕްރިޔާގެ ޖާދޫގައި ބަޔަކު ޖައްސަނީ

"އޯރޫ އަދާރް ލަވް" ގެ ތަމަޅަ ފިލްމުގެ ޓީޒާ.

ކަތި ނަޒަރަކުން އެތައް ބައެއްގެ ހިތްތައް ފަތަހަކުރި މަލަޔާލަމް އެކްޓްރެސް ޕްރިޔާ ޕްރަކާޝް ވާރިއާގެ މަގުބޫލުކަން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އޭނާ އެކްޓިންގެ ދާއިރާއަށް އަލަށް ތައާރަފުވާ ފިލްމު "އޯރޫ އަދާރް ލަވް" ގެ ވީޑިއޯ ލަވައެއްގެ ތަންކޮޅެއްގައި ކަތި ނަޒަރަކުން ފިރިހެން ކުއްޖަކު ރަކިކޮށްލާ މަންޒަރު މުޅި ސޯޝަލް މީޑިއާ ފަތަހަކުރި އެވެ.

މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ ވެސް މި ފިލްމަށެވެ. މި ފިލްމު ރިލީޒް ކުރާނީ އަންނަ މަހު 11 ގަ އެވެ. މަލަޔާލަމް ބަހުގެ އިތުރަށް ހިންދީ އަދި ތަމަޅަ ބަހުން އަޑުއަޅައިގެން ވެސް މި ފިލްމު ރިލީޒް ކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.

ތަމަޅަ ބަހުން އަޑުއަޅައިގެން ރިލީޒްކުރާ ފިލްމު ނިކުންނާނީ އަންނަ ސެޕްޓެމްބަރު މަހު އެވެ. މިހާރު އެންމެ ވާގައި ހިފާފައި ވަނީ އެ ފިލްމު ޓީޒާ ވީޑިއޯ އެވެ. އެއް މިނެޓުގެ މި ވީޑިއޯ ފުރަތަމަ އާންމުކުރީ ޕްރިޔާގެ އޮފިޝަލް އިންސްޓަގުރާމްގަ އެވެ. މިހާރު ޔޫޓިއުބުގައި ވެސް އާންމުކޮށްފައިވާ މި ވީޑިއޯއަށް މިލިއަނަކަށްވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.

މި ފިލްމަކީ ހައި ސުކޫލް ލަވް ސްޓޯރީއަކަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެެ. ލީޑު ރޯލުން ފަސް ބަތަލާ އިންނާއި ފަސް ބަތަލުން ފެނިގެންދާ މި ފިލްމަށް ޕްރިޔާ އެންމެ ފުރަތަމަ ނެގީ ކުޑަ ރޯލަކަށެވެ. ނަމަވެސް ޕްރިޔާގެ އެކްޓިންއަށް ބެލުމަށްފަހު ފިލްމުގެ ޑައިރެކްޓަރު އޯމަރް ލުލޫ ވަނީ ފިލްމުގެ ލީޑު ފަސް ބަތަލާއިންގެ ތެރޭގައި ޕްރިޔާވެސް ހިމަނާފަ އެވެ.

ޕްރިޔާއަށް މަގުބޫލުކަން ލިބުނު މި ފިލްމުގެ ލަވަ "މަނިކިޔާ މަލަރާޔާ" އަަށް ޔޫޓިއުޓިއުބުގައި މިހާތަނަށް 68 މިލިއަނަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައިވެ އެވެ. ޕްރިޔާއަށް މަޝްހޫރުކަން ލިބުމުގެ އިތުރަށް ދާއިރާގައި ކުރިއަށް ދިއުމަށްވެސް އަންނަނީ ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ.