ފަލަސްތީނުގެ ރައްޔިތުންނާމެދު އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާ އޯއައިސީގެ ކުއްލި ބައްދަލުވުމުގައި ރާއްޖެއިން އަޑު އުފުލައިފި އެވެ. ކުއްލި ސަމިޓް ކުރިޔަށްދަނީ ތުރުކީގެ އިސްތަންބޫލްގަ އެވެ.
އެ ސަމިޓްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ބައިވެރިވެ ވަޑައިގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް މީހުން ޝަހީދު ކުރަމުންދާ ދިއުން ކުށްވެރި ކުރެއްވި އެވެ. އަދި އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން މުޒާހަރާތީ އިޒްރޭލުން ހިންގާފައިވާ ޖަރީމާތައް ވެސް ކުށްވެރި ކުރެއްވި އެވެ.
ސަމިޓްގައި އާސިމް ވިދާޅުވީ ހުސް އަތާ މުޒާހަރާ ކުރި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ސިފައިން ހަތިޔާރު ބޭނުްކޮށް ހިންގި އުދުވާންތަކަކީ ހަމަޖެހުން ގާއިމުކުރަން ހުރަސް އެޅޭނެ ކަމެއް ކަމަށާއި އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރި ކުރުމާ ރާއްޖެ ދެކޮޅު ކަމަށެވެ. އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.