އިންފޮގްރެފިކް

ކަރާގެ ފޮންޏަށް ވުރެ ފޮނީ ފައިދާ

May 21, 2018

ކަރާ ހަމައެކަނި ފޮނިވެފައި މީރީއެއް ނޫނެވެ. ކަރަ އާއި، ކަރާ ތޮށީގައި ވަރަށް ގިނަ ފައިދާތައް ވެސް ވެ އެވެ. ކަރާގެ ސިއްހީ ފައިދާތައް ހިމަނައި ކޮޅުންނުލަ އެވެ. ގޮހޮރަށާއި ކިޑްނީގެ ރައްކަލަށް ކަރައަކީ ވަރަށް މުހިންމު އެއްޗެކެވެ.

ކަރައިން ގައިގެ ހަން ތެތްކޮށް، ހަށިގަނޑު ތާޒާކޮށްދެ އެވެ. މައިދާ އާއި ގޮހޮރުގެ އެތެރެ އޮމާންކޮށްދީ ހަޖަމު ކުރުމަށް އެހީތެރިވެދެ އެވެ. އަދި ލޭ ވަރުގަދަކޮށް، ކިޑްނީގެ ހިލަތައް މުގުރާލާ ބާރަކަށް ވާއިރު ހަކަތަ އުފެއްދުން ބޮޑު ތަނުން ހީވާގި ކޮށްދެ އެވެ.

ހަމުގެ ބަލިތަކަށް ވެސް ކަރާ ފުދެ އެވެ. ކަރާ އޮށަކީ، ލޭގެ ޕްރެޝަރު މައްޗަށްދާ ބައްޔަށް އޮތް ފަރުވާއެކެވެ. ކަރާގެ ބަރުދަނުގެ 92 ޕަސެންޓަކީ ފެނެވެ. ކޮންމެވެސް ވަރަކަށް، ލޮނދި މާއްދާއާއި، ތެޔޮ ހިމެނެ އެވެ. އޭގައިވާ ހަކުރުގެ ނިސްބަތް އަށް ޕަސެންޓަށް އަރަ އެވެ.