ވިޔަފާރި

ޕިއްޒާބޯނާގެ ރޯދަ ހަދިޔާ ކުޑައެއް ނޫން!

ރޯދަ މަހު ޕިއްޒާ ވިއްކާ އައުޓްލެޓަކުން ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ ކޮބައި ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް އެވާނީ ބޮޑުތަނުން ޕިއްޒާ އަގު ހެޔޮކޮށްލުމެވެ. މިކަން ވާނީ ވެސް ޕިއްޒާގެ އެކުވެރީންނަށް ބޮޑު ހަބަރަކަށެވެ. ޕިއްޒާބޯނާ އިން މިވަނީ މިއަދު ހަބަރު ދީފަ އެވެ.

ރޯދަ މަހާ ދިމާކޮށް މިމަހުގެ ނިޔަލަށް ފަށާފައިވާ ޕްރޮމޯޝަންގައި ޕިއްޒާބޯނާ އިން އޯޑަރު ދީ އަދި ޓޭކްއަވޭގެ ގޮތުގައި ގެންދާ ކޮންމެ ޕިއްޒާއެއްގެ އަގުން 15 ޕަސެންޓް ހެޔޮވާނެ އެވެ. އަދި ޕިއްޒާބޯ އިން ހަދާ މީރު ސަމްބެރިންގެ އަގުތައް ވެސް ވަނީ 59ރ. ހެޔޮކޮށްލާފަ އެވެ.

ޕިއްޒާބޯނާގެ މި ޕްރޮމޯޝަންގައި ޓޭކްއަވޭގެ ގޮތުގައި ގެންދާ ޕިއްޒާ އާއި ސަބްމެރިން އަށް ޕަލްޕީ އޮރެންޖް ފުޅިއެއް ވެސް ލިބޭނެ އެވެ. އަދި މި ނިމުނީއެއް ނޫނެވެ. ޕިއްޒާބޯނާގެ މި އިޝްތިހާރު ޕްރޮމޯޓް ކުރުމުގެ ގޮތުން ދެ ރަހުމަތްތެރިންނަށް ޓެގް ކުރުމުން ވެސް އިނާމެއް ލިބޭނެ އެވެ. މިގޮތުން ކޮންމެ ދުވަހަކު ގުރުއަތުން ނަގައި ހިލޭ ޕިއްޒާއެއް ވެސް ލިބޭނެ އެވެ.

ޕިއްޒާ ބޯނާ އިން "ސްކެއާ ޕިއްޒާ" އެއް ތައްޔާރު ކުރެ އެވެ. އަދި ޕާޓީ ތަކަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މީގެ ޕިއްޒާއެއްގައި 16 ފޮތި ހުރެ އެވެ. މި ޕިއްޒާއާއެކު ހިލޭ 500 އެމްއެލްގެ ކޯކު ފުޅިއެއް ވެސް ލިބެ އެވެ.

ޕިއްޒާ އާއި ސަމްބެރިންނަށް އޯޑަރު ދިނުމަށް ގުޅާނީ، ނަމްބަރު 3009779 އަށެވެ. ދެހާސް ދިހަ ވަނަ އަހަރު ވުޖޫދަށް އައި ޕިއްޒާ ބޯނާއިން ދާދިފަހުން ވަނީ މަޖީދީމަގު ހ. އިރުވައިގައި ތަނެއް ހުޅުވާފަ އެވެ. އަދި ޕިއްޒާބޯނާގެ އައުޓްލެޓެއް، މ. ނޫފަރު، ކުރީގެ ކޯސްޓްލައިން ގޯޅީތެރޭގައި ވެސް ހުރެ އެވެ.