ވިޔަފާރި

ބިރިޔާނީ ރޯޔަލްގައި ރޯދަމަހު ހާއްސަ ކަމެއް!

May 18, 2019

އެންމެ މީރު ބިރިޔާނީއެއް މާލެ އިން މިހާރު ލިބެނީ ކޮން ތާކުން ހެއްޔެވެ؟ މި ސުވާލަށް ގިނަ މީހުންގެ ޖަވާބަކަށްވުން ގާތީ ހާބަރު ފުޑްކޯޓްގައި ހުޅުވާފައިވާ "ބިރިޔާނީ ރޯޔަލް" އެވެ. ބިރިޔާނީގެ އެންމެ ގިނަ ވެރައިޓީ ލިބޭނެ އެއް ތަނަކަށް ހަމަ ގައިމު ވެސް އެތަން ވާނެ އެވެ. އެކަމަކު މި އުޅެނީ އެ ވާހަކަ ދައްކާށެއް ނޫނެވެ. ރޯދަ މަހު ބިރިޔާނީ ރޯޔަލް އިން ލިބެން ހުރި މީރު ކެއުންތަކާއި މީރު ރަހަ ތަކުގެ ވާހަކަ ބުނެދޭށެވެ.

އަވަސް ރޯދަ މަހާ ރޯއްޖާ އެޑިޝަން އަށް ވަދެ ރޯދަ މެނޫތައް ބަލާލާއިރު ބިރިޔާނީ ރޯޔަލްގެ މެނޫ އިން ތަފާތު ކަމެއް ފެނެ އެވެ. އެކަމަކީ ކޮބައި ހެއްޔެވެ؟ ސަތޭކަ ފަސްދޮޅަށް ނުވަ ރުފިޔާ އަށް ވިއްކާ މި މެނޫގެ އެންމެ ހާއްސަ ކަމަކީ ކޮންމެ ދުވަހަކު ވެސް ބިރިޔާނީގެ އާ ރަހައެއް ހުރުމެވެ.

ދިވެހި ގިނަ ރަހަ ތަކެއް ވަނީ ހިމަނާފަ އެވެ. މިގޮތުން އެންމެ ހާއްސަ އެއް ކަމަކީ ކޮންމެ ދުވަހަކު ވެސް މަސް ކުރޮޅި އާއި ކޮއްތުރޮށި ހުރުމެވެ. އަދި މި ތަނަށް ގޮސް ދުރާލާ އޯޑަރު ދީގެން ރޯދަ ވީއްލާ ގަޑި އަށް ބިރިޔާނީއެއް ނޫނީ އޯޑަރު ދީފައި ރޯދަ ވީއްލާ ގަޑިއަށް ދެކުނު އިންޑިއާގެ ތާލީ މީލްއެއް ގެ އަށް ގެންދެވިދާނެ އެވެ.

ދެން މި އޮތީ ބިރިޔާނީ ރޯޔަލްގެ މާހައުލެވެ. އެ ތަނުގައި އެންމެ ހިތް ފަސޭހަ ކަމަކީ ވިލިމާލެ ފެރީ ޓާމިނަލްއާ ދިމާ ބޮޑު މަގަށް ހުރުމެވެ. އެހެންވެވުމުން މި ތަނުގައި ރޯދަ ވީއްލަން ތިބޭ ވަޔަކަށް ހާބަރު ފުޑް ކޯޓުގައި މީހުން ގިނަވުމުގެ އިހުސާސް ކުޑަކޮށްދެ އެވެ. މި ހިތްގައިމު މާހައުލަކީ ބިރިޔާނީ ރޯޔަލް ހާއްސަވާ އެއް ސަބަބެވެ.

މި ހުރިހާ ކަމަކާއެކު ބިރިޔާނީ ރޯޔަލް ވެފައިވަނީ މި ރޯދަ މަހު ކޮންމެހެން ވެސް ނުގޮސް ނުވާނެ ތަނަކަށެވެ. ހާއްސަކޮށް އާއިލާ އާއި އޮފީސް ރަހުމަތްތެރިން އެއްވެލައިގެން ދާން ހިތްގައިމު މާހައުލެއް އޮތުމަކީ މި ތަނުގެ ސަޅި އެއް ކަމެވެ.