(20 މެއި 2018 އާ ގުޅޭ)
"ރާދު!... އަހަރެން ގޮތެއް ނިންމައިފިން" އަރްސަލް ބުނި އެއްޗަކަށް ރާދިން ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
"އިޓްސް އަ ބިގް ޑިޒިޝަން... އެކަމަކު ވެސް ހެޔޮ. އަދި އެހާ ލަހެއްނުވޭ ކަންކަން ޗޭންޖު ނުކުރެވޭހާ" އަރްސަލް ބުނެލިއެވެ.
އަރްސަލް ވާހަކަ ކުރިއަށް ގެންދިއުމުގެ ކުރީން ކޮފީ މެޝިނު ކައިރީ ހަރަކާތްތެރިވަމުންދިޔަ ނިމްރާއަށް ބަލާލިއެވެ.
"ވަޓް ޑޫ ޔޫ މީން އަރްސަލް" ރާދިންގެ ފުރިހަމަ ސަމާލުކަން އަރްސަލްއަށް ހުއްޓާލުމާއެކު ސުވާލުކުރިއެވެ.
"އައި މީން ދި ހޮޓެލް... ރޫފް ޓޮޕް... އަހަރެން... އަހަރެން ބޭނުންވަނީ ޕެންޓްހައުސްއަކަށް ބަދަލުކުރަން" އަރްސަލް ބުނެލީ އޭނާ ދިން ޚިޔާލު ޚުދު އޭނާއަށް ވެސް ޔަގީން ނުވެފައި އިންހެނެވެ. ރާދިންއާ ނަޒަރު ސީދާކޮށްލައިގެން އަރްސަލް އިން އިރު އޭނާގެ މޫނުމަތިން އަދިވެސް ފެންނަނީ ހައިރާންކަމެވެ. ހަމައެއާއެކު އަރްސަލްގެ ފުށުން ކަމެއް ދެނެގަންނަން ރާދިން ބޭނުންވާ ފަދައެވެ.
"ރާދު!... ސޭ ސަމްތިންގް" ރާދިން އަނގައިން ނުބުނެ އިންނަތާ އިރުކޮޅެއްވުމުން އަރްސަލް ބުނެލިއެވެ. އޭރު ނިމްރާ ދެ ކޮފީ ޖޯޑު ހިފައިގެން އައިސް ފަހަރަކު ޖޯޑެއް އަރްސަލްއާއި ރާދިންއަށް ދިއްކޮށްލައިފިއެވެ. އޭނާއަށް ސަމާލުކަމެއް ނުދީ ދެ ޒުވާނުން ކޮފީޖޯޑުގައި ހިފިއެވެ.
"މީ ފްރައިޑޭގަ..." ނިމްރާ އެއްޗެއް ބުނަން އުޅުނު ހިނދު އަރްސަލް ބަލާލި ގޮތުން ހިމޭންވިއެވެ.
"ނޮޓް ނައު... ލީވް އަސް... ގޯ ނައު" އަރްސަލް އަމުރުކުރިއެވެ. އޭނާގެ ޠަބީޢަތަށް އައި ކުއްލި ބަދަލު ދެނެގަންނަން ނޭނގިފައި ހުރި ނިމްރާގެ ނަޒަރު ރާދިންއަށް ހުއްޓުނީ އަރްސަލް ވެސް އޭނާއަށް ބަލާލި ގޮތުންނެވެ. ދެވަނަ ފަހަރަށް އަރްސަލް ބަލާލުމާއެކު ނިމްރާ އަވަސްއަވަހަށް އެތެރެއަށް ދާން ހިނގައިގަނެއްޖެއެވެ.
"ރާދު" ރާދިންގެ ޚިޔާލެއް ބޭނުންވެފައި އިން އަރްސަލް އަނެއްކާ ވެސް އޭނާއަށް ގޮވާލިއެވެ.
"އިތުރު ޚަރަދެއް ދޯ އެއީ... ފައިނޭންޝަލީ ޓައިޓް އިރުގަ. އަނެއްކާ ލަގްޒަރީ ހޮޓެލްއެއް މި އަޅަނީ. ސުވީޓްތައް ހުންނާނެއެއްނު ހޮޓެލްގައި މަޑުކުރަން ބޭނުންވާ ފަހަރަކު" ރާދިން މަޑުމަޑުން ބުނެލިއެވެ. އަދި ކޮފީޖޯޑުގައި ތުންޖެހިއެވެ.
"ވީ ކެން މެނޭޖް... ރާދު! ދެޓް ޕެންޓްހައުސް އިޒް އިމްޕޯޓެންޓް ޓުމީ. އިޓްސް އަ ޕާސަނަލް އިންވެސްޓްމެންޓް. ކަމޯން ބްރޯ!... ޖަސްޓް ޓްރަސްޓް މީ" އަރްސަލްއަށް ބަލަން އިން ރާދިން ބޯޖަހާލިއެވެ.
"އޮފްކޯޒް އައި ޓްރަސްޓް ޔޫ. އެހެންވެތަ ޕްރައިވެޓް އެލެވޭޓާއެއް ކުރީސުރެ ބަހައްޓަން ވިސްނީ" ރާދިން ވިސްނަން އިނދެ ވާހަކަދެއްކިއެވެ.
"ނޯ! އެހެންވެއެއްނޫން. އަހަރެންގެ ވިސްނުން ހުރީ އަހަރުމެންގެ މެއިން އޮފީސް އެކޮޅަށް ބަދަލުކުރަން. ހޮޓެލްގެ މެނޭޖްމެންޓާއެކު އެތަނުގައި ތިބެ ހުރިހާކަމެއް ކުރަން ފަސޭހަވާނެއެއްނު... ސްޕޭސް ވެސް އޮންނާނެއެއްނު. ޕްރައިވެޓް އެލެވޭޓާއެއް ބަހައްޓަން އަހަރެން ބޭނުންވީ ހުރިހާ ސްޓާފުންނާއި ޕަބްލިކް ބޭނުންކުރާ އެލެވޭޓާއަކަށް އަރަން ބޭނުންނުވާތީ. ޔޫ ނޯ އައި ޑޯންޓް ލައިކް ކްރައުޑްސް" އަރްސަލް ހަޤީޤަތް ހާމަކުރުމާއެކު ރާދިން ހިނިގަނޑެއް ޖަހާލިއެވެ.
"ކާއިލްއަށް ގުޅާފައި އެންމެ އަވަހަށް ބައްދަލުވުމެއް ބޭއްވޭނޭ ދުވަހެއްނު ބަލަންވީ... އެ މީހުންގެ ޑިޒައިނެއްނު. ބްލޫފްރިންޓްސް ބަދަލުކޮށް ފައިނައިލައިޒް ކުރެވެންދެން އިހަށް މަސައްކަތް ހުއްޓާލަން ޖެހިދާނެހެން ހީވޭ" ރާދިން ބުންޏެވެ.
"ކޯލް ހިމް ނައު. އެ މީހުން ބުނާ އެއްޗަކުން މަސައްކަތް ހުއްޓާލާނީ" އަރްސަލް ބުނެލިއެވެ.
އަރްސަލްއާއި ރާދިން ހޮޓެލްގެ ކަންކަމުގައި މަޝްވަރާކުރަން ތިއްބެވެ. މަޣްރިބު ނަމާދަށް ގޮވުމުން ރާދިން މިސްކިތައް ދިޔައީ ކަމެއްނެތިފައި އިން އަރްސަލް ވެސް ގޮވައިގެންނެވެ. ދެ ޒުވާނުން ގެއަށް އައީ އިޝާ ނަމާދު ވެސް ކޮށްގެންނެވެ. އެޕާޓްމެންޓަށް ދެ ޒުވާނުން ވަން އިރު ހިމޭންކަން ވެރިވެފައި އޮތެވެ. ނިމްރާ ފެންނަން ނެތް ނަމަވެސް ކާމޭޒުމަތީ ރޭގަނޑުގެ ކެއުން ތައްޔާރުކޮށްފައި ހުއްޓާ ފެނުނެވެ. ރާދިން ކާމޭޒާ ކައިރިވެލުމުން އަރްސަލް ޓީވީ ހުޅުވާލައި ސޯފާގައި އިށީނީ ޖީންސުގެ ޖީބުގައި އޮތް ފޯނު ނަގަމުންނެވެ.
"ސްކާލެޓް ކަމް އައުޓް. އައި އޭމް ސްޓާވިން" އަރްސަލް މެސެޖު ލިޔެ ފޮނުވާލިއެވެ.
"ކާން ނަގާފަ ހުންނާނީ" ނިމްރާ ރައްދުގައި ފޮނުވި މެސެޖަށް އަރްސަލް ބަލަން އިނެވެ. ނިމްރާ ހިތްހަމަނުޖެހިފައި ހުރިއްޔޭ އޭނާއަށް ހީވިއެވެ. އެވަގުތު ރާދިން ގޮވާލާފައި ކާން އައުމަށް ބުނެލިއެވެ.
"އިޓްސް އެން އޯޑާ... ކަމް އައުޓް ނައު އެންޑް ސާވް މީ... އޯ އެލްސް..." ރާދިންގެ އަޑު އިވުނު ކަމަށް ނުހަދާ އަރްސަލް އަނެއްކާ ވެސް މެސެޖެއް ލިޔެ ނިމްރާއަށް ފޮނުވާލިއެވެ.
"އޯ އެލްސް ވަޓް!... ސްޓޮޕް ތްރެޓިނިންގް މީ... އައި އޯލްރެޑީ ނޯ ޔޫ އާ ދި ޑެވިލް. އަހަރެންގެ އަނގަޔަކުން ނޫނެއްނު ކަނީ. ހުރިހާ އެއްޗެއް ހުންނާނެ ތައްޔާރުކޮށްފައި. ހަމައެކަނި ޖެހޭނީ އަމިއްލައަށް އަޅައިގެން އަނގަޔާ ހަމައަށް ކާއެތިކޮޅު ފޯރުކޮށްލަން. އެވަރު ވެސް ނުވާނީތަ" ނިމްރާ ފޮނުވި މެސެޖު ކިޔާލާފައި އަރްސަލް ކުޑަކޮށް ހިނިތުންވެލިއެވެ. ހަމައެއާއެކު އެހާ އަވަހަށް ފޯނުގެ އިސްކުރީނުގައި އިނގިލިތައް ހަރަކާތްކޮށްލިއެވެ.
"އައި ވިލް ޑޫ ވަޓް އެވާ އައި ވޯންޓް ވިތް ޔޫ... ޑޯންޓް ކުއެސްޝަން މީ" އަރްސަލް ދެ ލޯ ހިމަކޮށްލައިގެން އިނދެ ސެންޑު ފިތުގައި އިނގިލި ޖައްސާލިއެވެ.
"ޑޯންޓް ބީ ރިޑިކިއުލަސް... ޔޫ ޑޯންޓް ނީޑް މީ ޑެވިލް. އައި އޭމް ޕްރިޓީ ޝުއާ އަބައުޓް އިޓް އެންޑް ޔޫ ހޭވް ޕްރޫވަން އިޓް" ނިމްރާގެ މެސެޖު ފެނި އަރްސަލްގެ މޫނުގެ ކުލަ ބަދަލުވިއެވެ.
"ގޮތްކިޔާނީ އަހަރެން... އައި އޯން ޔޫ... ލަވައިދީގެން ކާންދޭން ބުންޏަސް އެކަން ވެސް ކޮށްދޭން ޖެހޭނީ. އިތުރު ބަހަނާ ނުދައްކާ ހަމަ މިހާރު އާދޭ. އަހަރެން ކައިނިމެންދެން ކާމޭޒު ދޮށުން ދުރަށް ގޮސްގެން ނުވާނެ. އެހެންނޫނީ މިރޭ ނިދަން ޖެހޭނީ އަހަރެންގެ ކޮޓަރީގައި... ސޯ އައި ކެން ޕްރޫވް ސަމްތިންގް އެލްސް ޓޫ... ބައި ދަ ވޭ ސްކާލެޓް... ޔޫ ކާންޓް ރިޖެކްޓް މީ އެވާ. އައި އޯލްވޭސް ކީޕް މައި ވޯޑް... ޔޫ ވެއިޓް އެންޑް ސީ" އަރްސަލް މެސެޖު ފޮނުވާލިތާ ދެ މިނެޓު ވެސް ނުވަނީސް ނިމްރާ އަވަސް ފިޔަވަޅުގައި ސިޓިންރޫމަށް އައިތަން ފެނުނެވެ. އޭނާގެ ނަޒަރު ކާމޭޒުދޮށުގައި އިން ރާދިންއަށް އެއްފަހަރު އަނެއްފަހަރު ސޯފާއިން ތެދުވި އަރްސަލްއަށް ހުއްޓުނެވެ. އެއްމިޔަކަނުން ހެވިފައި ހުރެ އަރްސަލް ކާމޭޒު ކައިރިއަށް އައެވެ.
"ޔޫ ޝުޑް ހޭވް ވެއިޓް... އައި ވޯޒް ރިއަލީ ލުކިންގް ފޯވަޑް ފޯ ޓުނައިޓް" ނިމްރާގެ ކަންފަތްދޮށުގައި އަރްސަލް ބުނެލިއެވެ.
"އިން ޔޯ ޑްރީމްސް ޑެވިލް" ދަތްކުނޑިވިކާލަމުން ނިމްރާ ބުނެލިއެވެ. އެއާއެކު އަރްސަލް ލުއި ހީނލުމަކުން ހީނލި އަޑު އިވިގެންދިޔައެވެ. އޭނާ ނިމްރާއަށް ބަލާލުމެއްނެތި އައިސް ކާމޭޒު ދޮށުގައި އިށީނެވެ.
"ޑާލިންގް... އިށީންނަންވީނު ދެން" ނިމްރާ ކޮޅަށް ހުންނަން ފެށުމުން ރާދިން ބުނެލިއެވެ.
އެންމެން ކައި ނިމުމުން ތަށިތައް ނަގާ ހުރިހާ ކަމެއް ނިންމުގައި ނިމްރާ ބަދިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. އަރްސަލްއާއި ރާދިން ތިބީ ސޯފާގައެވެ. ޓީވީއިން ދައްކަމުންދިޔަ ފުޓުބޯޅަ މެޗެއް ބަލާށެވެ. ނިމްރާ ހުރިހާ ކަމެއް ނިއްމާލާފައި ކޮޓަރިއަށް ދަނީ ކަމުގައި ބުނެލުމުން އަރްސަލް ބަލާލިއެވެ.
"ފްރައިޑޭގައޭ ކިޔާފަ ކީކޭ ބުނަން އުޅުނީ" އަރްސަލް އެހިއެވެ.
"މިހާރު ކީއްކުރަން ތި އަހަނީ" ނިމްރާ ތުންފިއްތާލިއިރު އޭނާ ބުނަން ބޭނުންވި ބަސްތައް އޮތީ ހިތުގައެވެ.
"ކީއްވެ ތި ހުންނަނީ؟ ބުނަން ބޭނުންނުވަންޏާ ނުބުންޏަސް ވަރިހަމަ. އެހެންނޫނަސް މިހާރު އަޑުއެހުމުގެ ޝައުގުވެރިކަން ވެސް ގެއްލިއްޖެ... ދެން ދިޔަޔަސް އޯކޭ" އިރުކޮޅަކު ނިމްރާއަށް ބަލަން އިނދެފައި އަރްސަލް ބުނެލިއެވެ. އަދި ފަރުވާކުޑަގޮތަކަށް މޫނު އަނބުރާލުމާއެކު ޓީވީއަށް ސަމާލުކަން ދިނެވެ. ނިމްރާ އިހުނަށްވުރެ މޫނު ހަދާލިއެވެ. ސިއްރުން ކުދިކިޔަމުން އަރްސަލްގެ ކުރިމަތިން ދުރަށް ދިޔައެވެ.
"ނިމް ރުޅިއަރުވާލަން ޖެހޭތަ؟" ނިމްރާ ގޮސް ގެއްލުމުން އަރްސަލްގެ އަތުގައި އަތުން ޖަހާލަމުން ރާދިން ބުނެލިއެވެ.
"މަޖައެއްނޫންތަ؟ ނުދެކެންތަ އޭނާ އެ ޖެއްސި ވައްތަރުތައް" ސަކަގޮތަކަށް ހީނލަމުން އަރްސަލް ބުނެލިއެވެ. ރާދިން އިނީ އަޖައިބުވެފައި އިން މީހަކުހެން ބަލާށެވެ. ނިމްރާގެ ހަރަކާތްތަކުން މި ނޫނީ އަރްސަލް މަޖާވެގެން ނޫޅެއެވެ.
"ސްޓޮޕް ޕްލެއިންގް ވިތް ހާ" ރާދިން ބުނެލިއެވެ.
"އައި އޭމް ނޮޓް... ސީރިއަސްލީ" އަރްސަލް ކުޑަކޮށް ދެއަތް ހިއްލާލަމުން ބުނެލިއެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިން ފެންނަނީ މުޅިން އެހެން އަސަރުތަކެކެވެ. ބަހާއި ޢަމަލާ ދިމާވާހެން ހީނުވަނީއެވެ. އަރްސަލްގެ ސިކުނޑީގައި އެކަކަށް ވެސް ނޭނގޭ އެޖެންޑާއެއް ވާ ކަހަލައެވެ.
* * * *
ކޮފީ މޭޒުދޮށުގައި އަރްސަލްއާއި ރާދިންގެ އިތުރުން ކީފާ އިނެވެ. ތިން މީހުން ވެސް ދައްކަމުން ދިޔައީ ނޫހުގައި އޮތް ޚަބަރެއްގެ ވާހަކައެވެ. ކީފާ ޤާނޫނީ ގޮތުން ޚިޔާލު ފާޅުކުރަމުންދިޔައިރު އޭނާ ބުނާ އެއްޗަކާ ދެކޮޅު ވެވޭތޯ އަރްސަލް މަސައްކަތް ކުރެއެވެ. ބައެއްފަހަރު އޭނާ ގަސްދުގައި ދެކޮޅު ހަދަނީއޭ ހީވެއެވެ. ފޯނެއް އައިސްގެން ރާދިން ތެދުވި ގޮތަށް އޭނާ ހިނގައިގަތީ ބެލްކަންޏާ ދިމާއަށެވެ. ނިމްރާ ކާމޭޒު ދޮށުގައި އިނީ އަރްސަލް ބުނީތީއެވެ. އެންމެން ވެސް މަޑުކޮށްގެން ތިބީ ގޭގެ ތިރީގައި ހުންނަ ރެސްޓޯރެންޓަށް އޯޑަރު ދިން ޕީޒާ އަންނާނޭ އިރަކަށެވެ.
"ވައި އާ ޔޫ ސްޕައުޓިންގް ސްކާލެޓް" ކީފާއާއި އަރްސަލްގެ ހަރަކާތްތަކަށް ބަލަން އިން ނިމްރާގެ ސަމާލުކަން އަތުލީ ފޯނެވެ. އަރްސަލް ކުރި މެސެޖު ކިޔާލުމާއެކު ނިމްރާ ބަލާލިއެވެ. ނަމަވެސް އަރްސަލް އިނީ އޭނާގެ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ.
"އައި ޑޯންޓް ލައިކް ހާ، އައި ޑޯންޓް ލައިކް ހާ ވިތް ޔޫ... ސްޓޮޕް ހާ ޕްލީޒް... އެޕާޓްމެންޓަށް ވަނީއްސުރެން ފްލާޓްކުރުން ނޫންކަމެއް އޭނާ ނުކުރޭ. އައި ސެޑް އައި ޑޯންޓް ކެއާ... ބަޓް ދެޓްސް ނޮޓް ޓްރޫ. ކީއްވެތަ މިހާ އުނދަގޫވާންވީ" ނިމްރާ ފޯނަށް ބަލަހައްޓައިގެން އިނެއްކަމަކު ހިތަށް އެރިހާ ހުރިހާ އެއްޗެއް ނުލިޔެވުނެވެ.
ސިއްރުން ކަހަލަ ގޮތަކަށް އަރްސަލް ކާމޭޒު ދޮށުގައި އިން ނިމްރާއަށް ބަލާލިއެވެ. ފޯނަށް ބަލަހައްޓައިގެން އިންއިރު ނިމްރާގެ މޫނުމަތީގައިވަނީ ކަމަކާ ދެރަވެފައި އިންކަމުގެ އަސަރުތަކެވެ. ނިމްރާއަށް ވީގޮތެއް އެނގެން އަރްސަލް ބޭނުންވިއެވެ. އެހެންނަމަވެސް ފާޅުގައި އައިސް ނިމްރާގެ ގާތުގައި އަހާކަށް އޭނާ ބޭނުމެއްނޫނެވެ. ކީފާގެ ހަރަކާތްތައް ހުންނަ ގޮތުން އުނދަގޫވީ ނަމަވެސް އޭނާގެ ސަމާލުކަން ނިމްރާއަށް ހުއްޓެން އަރްސަލް ބޭނުންނުވަނީއެވެ.
އެޕާޓްމެންޓްގެ ބެލް ޖެހި ވަގުތު ބެލްކަނީގައި ހުރެފައި ރާދިން އެތެރެއަށް ވަންނަނީއެވެ. އޭނާ އިށީންނަން ދިއުމުގެ ކުރީން ދޮރުހުޅުވަން ދިޔައީ ޕީޒާ އައީ ކަމުގައި ހީކޮށެވެ. ނަމަވެސް ދޮރު ހުޅުވުނު ހިނދު ކުރީން ނިމްރާއަށް އަޑު އިވިފައި ހުރި ފިރިހެންވަންތަ ހުނުމެއްގެ އަޑު އިވިގެންދިޔައެވެ.
"ރާދުބެ... ރެޑް އެބައުޅޭތަ؟" ހިނިއައިސްފައި ހުރި ރާދިން ދޮރުފަތުގައި ހިފަހައްޓާލައިގެން ހުރެ އެއްފަރާތަށް ޖެހިލުމާއެކު އެތެރެއަށް ވަނީ ހަލަފްއެވެ.
"ރެޑް!... އޯ ގޯޑް... އައި މިސްޑް ޔޫ" އެތައް ޒަމާނަކަށްފަހު ބައްދަލުކުރަން ބޭނުންވީ މީހާއާ ބައްދަލުވި ފަދައިން ނިމްރާ ފެނުމުން ހަލަފް ގޮވާލީ ތަންކޮޅެއް ބާރަށެވެ. އެ އަޑުގައި އުފާވެރިކަމާއި ޖޯޝު އެކުލެވިފައިވިއެވެ. ނިމްރާގެ ތުންފަތް ވަގުތުން މައްޗަށް ދެމިލިއެވެ. ކީފާއާއި އަރްސަލްގެ ސަމާލުކަން ވެސް ހަލަފްއަށް ހުއްޓުނެވެ. އަރްސަލް ވަގުތުން ކޮފީ މޭޒު ދޮށުން ތެދުވިއެވެ. ހަލަފްއަށް އަރްސަލް ބަލާލި ގޮތުން އޭނާއާ ގަޔާނުވެފައި ހުރިކަން ކޮންމެ މީހަކަށް ވެސް ފާހަގަވާނެއެވެ.
"ކީއްކުރަން ތި އައީ؟" އަރްސަލް ސުވާލުކުރިއެވެ. އޭނާއަށް ބަލާލި ހަލަފް ވަށައިގެން ލޯ ހިންގާލީ ފަރުވާކުޑަ ގޮތަކަށެވެ. އަދި އެ އަޑު ނީވޭ ކަމަށް ހަދާ ނިމްރާގެ ގާތުގައި އައިސް ކާމޭޒުދޮށުގައި އިށީނދެއްޖެއެވެ. އަރްސަލްއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރެސްޓޯރެންޓުގެ ސްޓާފެއް ޕީޒާތައް ހިފައިގެން އަތުވެއްޖެއެވެ.
"ޕީޒާ ޕާޓީއެއްތަ؟ ރައިޓް އޮން ޓައިމް... ރާދުބެ! އާނާސިސްއަށް ގުޅަންވީނު. ބާބެކިއުއަށްފަހު ކަމެއްވެސް ނެތް" ހަލަފް ބުނެލިއެވެ.
"ކުޑައިރުކޮޅެއް ކުރީން އާނާ ގުޅި. ހަލަފް... އާނާ ކިޔައިދިނޭ" ރާދިން ހިނިއައިސްފައި ހުރެ ބުނެލިއެވެ.
"ސަމް ޕީޕަލް ރިއަލީ ކާންޓް ޓޮލެރޭޓް މީ... ރިސްޓްރެއިން އޯޑާ ނެރެފަ އޮތީމަ އިތުރު އޮޕްޝަންއަކަށް ދާން ޖެހުނީ" ހަލަފް ވެސް ވާހަކަދެއްކީ ހިނިއައިސްފައި އިނދެއެވެ. އޭނާ އެކަނި އެގެއަށް އައުމުގެ ބަދަލުގައި ގަސްދުކުރީ ޝިހާނާ ވެސް ގޮވައިގެން އަންނާށެވެ. ޝިހާނާ ހުރިއްޔާ އެޕާޓްމެންޓުން ހަލަފް ބޭރުކޮށްލަން އަރްސަލްއަށް ނުކެރޭނެތީއެވެ. ނަމަވެސް ޝިހާނާއަށް ވަގުތު ނެތުމުން ހަލަފް އައީ އެނބުރިދާން ޖެހުނަސް ހެޔޮކަމަށެވެ. ހަލަފް އަންނަ ކަމުގެ ޚަބަރު ރާދިންއަށް ދިނީ ޝީހާނާއެވެ. އަރްސަލް ދަތްކުނޑިވިކާލިތަން ފެނުމުން އިހުނަށްވުރެ ބޮޑަށް ހަލަފް ކައިރިއަށް ހިނިއައެވެ.
"ކޮންތާކަށް؟" އެންމެން އެކުގައި ޕީޒާ ކާން ތިބެފައި ހަލަފްއާ ވާހަކަދައްކަމުން ނިމްރާ އެތެރެއަށް ދާން ހިނގައިގަތުމުން އަރްސަލް އެހިއެވެ.
"ރެޑްގެ ރޫމަށް" ހަލަފް ގަސްދުގައި ބުނެލިއެވެ.
"ކޮޓަރިއަކުނޫން ވާހަކަދައްކަން ތިބޭނީ" އަރްސަލް ބުނެލިއެވެ. އޭނާގެ އަޑުގައިވި ނުރުހުން އެންމެންނަށް ވެސް ފާހަގަ ކުރެވުނެވެ. ނިމްރާއާ ދިމާއަށް ކީފާ ބަލާލީ ފޫހިކަމާއެކުއެވެ.
"ފައިން މިސްޓާ ޑެވިލް" ހަލަފް އަނގަޔަށް ވައްތަރެއް ޖައްސާލުމާއެކު ބުނެލިއެވެ. އަރްސަލް ދެބުމަކައިރިކޮށްލުމާއެކު ކަޅިއަޅާލިއެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާ ނިމްރާގެ އަތުގައި ހިފައިގެން ބެލްކަންޏަށް ހަލަފް ނުކުމެ އެތަނުގައި ހުރި މޭޒުދޮށުގައި އިށީނެވެ.
"ރެޑް! އަހަރެން ހާދަ ވަރަކަށް ގުޅީމޭ. ފޯނަށް ކީއްވެތަ ނުގުޅެނީ" ދެ މީހުން އެކަނިވުމުން ހަލަފް އެހިއެވެ. އެއާއެކު ނިމްރާގެ ފޯނު ވެއްޓި ހަލާކުވީ ކަމުގައި ބުންޏެވެ. އާ ފޯނެއް ނުހޯދިގެން އުޅެނިކޮށް އަރްސަލް ފޯނެއް ދިނީކަމުގައި ބުނެ އަތުގައި އޮތް ފޯނު ދައްކާލިއެވެ. އެއާއެކު ހަލަފްގެ ނަންބަރު ފޯނުގައި ނިމްރާ ސޭވް ކުރިއެވެ. އަރްސަލް ކަންތައް ކުރި ގޮތުގެ ވާހަކައެއް ހަލަފްއަށް ނިމްރާ ކިޔައެއްނުދެއެވެ. އެހެންވިޔަސް ހަލަފް ސުވާލުކުރިއެވެ. އޭނާއަށް ނިމްރާ ދޮގު ހަދަނީކަން އެނގުނެއްކަމަކު ނިމްރާ ކިޔައިދޭން ބޭނުންނުވާ ކަމެއް އޮޅުންފިލުވޭނޭ ގޮތެއް ނެތެވެ.
"ހީ އިޒް ޖެލަސް... ފިރިހެނަކާއެކު ރެޑް ފެނުނީމަ ލަގޮނޑިއަށް ކެތްނުވަނީ" އިރުކޮޅަކު އިނދެފައި ހަލަފް ބުނެލިއެވެ. އޭނާ ބުނި އެއްޗެއް ޔަގީންނުވެގެން ނިމްރާ ހީނގަތެވެ. އަރްސަލްއަށް އަންހެންކުދީންވާނެއެވެ. ނިމްރާއަށްވުރެ ރީތި ހުރިހާ ގޮތަކުން ފުރިހަމަ އަންހެންކުދީންނެވެ. ހަލަފް ބުނާ އެއްޗެއް ޤަބޫލުނުކުރެވެނީ އެހެންވެއެވެ.
"ސީރިއަސްކޮށޭ... ހީ ލައިކްސް ޔޫ... މޭބީ ހީ ލަވްސް ޔޫ" ހަލަފް ބުނެލިއެވެ. ދެން ވެސް ނިމްރާއަށް ހީނގަނެވުނީއެވެ. އެވަގުތު ބެލްކަންޏަށް ނުކުތް އަރްސަލް ފެނި ހަލަފްގެ ނަޒަރު އެ ދިމާއަށް ހުއްޓުނެވެ. ނިމްރާ ވެސް އެނބުރިލީ ހަލަފްއަށް އައި ބަދަލުން ފަހަތުގައި ހުރި މީހަކު ދުށުމަށެވެ.
"ގޯ ހޯމް... ލީވް މައި އެޕާޓްމެންޓް" ރުޅި ކޮންޓްރޯލު ކުރަން އުޅޭ މީހަކު ފަދައިން އަރްސަލް ދަތްތަކަށް ބާރުލައިގެން ހުރެ ބުނެލިއެވެ.
"ވައި؟... ރާދުބެ ކޮޓަރިއަށް ރެޑް ގޮވައިގެން ހިނގައިދާނަމޭ. އެޓްލީސްޓް އޭރުން ދޮންބެއަކަށް ނުބުނެވޭނެ ދޯ" މޭޒުދޮށުން ތެދުވަމުން ހަލަފް ބުނެލިއެވެ.
"ޑޭމްއިޓް ހަލަފް!... އަހަރެންގެ އަތުން ފައިން ގޯހެއް ނުހަދަނީސް ނުކުމެގެންދޭ" އަރްސަލްގެ އަޑު ހަރުކަށިވެފައި ބާރުވިއެވެ.
"ޔޫ ޝުޑް ގޯ" ހަލަފްގެ އަތަށް ދަމާލަމުން ނިމްރާ މަޑުމަޑުން ބުނެލިއެވެ. އަރްސަލްގެ ރުޅީގެ ހޫނުކަން އިހުސާސް ކުރެވިފައިވާތީ ނިމްރާ ހުރީ ޖެހިލުންވެފައެވެ. އެ ރުޅީގައި ކޮންމެ ފަދަ ކަމެއްވެސް އަރްސަލް ކޮށްފާނެއެވެ.
"ހިނގައިދާނަން" ހަލަފް މިހެންބުނެ ހިނގައިގަންނަން އުޅެފައި ހުއްޓުނެވެ. އަރްސަލްއަށް ބަލާލާފައި ނިމްރާއާ ދިމާއަށް އެނބުރުނެވެ. އަދި ނިމްރާގެ ކޯތާފަތުގެ ދެފަރާތުން ހިފާލަމުން ލުއި ހިނިތުންވުމެއް ބަދަލުކޮށްލައި ނިތްކުރީގައި ހަލަފް ބޮސްދިނެވެ. ނިމްރާއަށް ދެ ލޯ ބޮޑުކޮށްލެވުމާއެކު އަވަހަށް ބަލާލެވުނީ އަރްސަލްއަށެވެ. ހަލަފް ގަސްދުގައި އަރްސަލްއަށް ދައްކަން ކުރި ކަމެއްކަން އޭނާގެ ތުންފަތް އެއްފަރާތަށް ދެމިލިގޮތުން ހެކިދެއެވެ.
"ގެޓް..އައުޓް" އަރްސަލް ހަޅޭލަވައިގަތުމާއެކު ކަނާއަތް ދަމާލާ ޝަހާދަތް އިނގިލިން އިޝާރާތްކޮއްލީ ދޮރާ ދިމާއަށެވެ.
"އިފް ޔޫ ޑޯންޓް ސޭ ޔޫ ލަވް ހާ ދެން ސަމްބޮޑީ އެލްސް ވިލް ސޭ އިޓް. އެންޑް ޝީ ވޯންޓް ބީ ޔޯސް... ރެޑް ޑަޒްންޓް ޑިޒާވް އަ ޑެވިލް... ޝީ ޑިޒާވް އަ ޕްރިންސް. ހޫ ވިލް ލަވް ހާ އެންޑް ޓްރީޓް..." ހަލަފްގެ އަޑު އަރުގައި ތާށިވި ކަހަލައެވެ. އޭރު އޭނާގެ ޓީޝާޓުގެ ގިރުވާނާ ދިމާލުގައި އަރްސަލް ހިފިގޮތަށް ބެލްކަނިން އެޕާޓްމެންޓު ތެރެއަށް ގަދަބާރުން ނެރުނެވެ. އެ މަންޒަރު ފެނި ރާދިން އައިސް ވަގުތު އަރްސަލް ހުއްޓުވިއެވެ. ހަލަފް އޭނާގެ ޓީޝާޓު ރަނގަޅު ކުރަމުން އަރްސަލްއަށް ބަލާލާފައި އެޕާޓްމެންޓުގައި މަޑުނުކޮށް ނުކުތެވެ. ރާދިން އޭނާގެ ފަހަތުން ދިޔައެވެ.
"އެ އަންހެނާ ހަލަފްއާއެކު..." ކީފާ އައިސް އަރްސަލްގެ މުލައްދަނޑީގައި ހިފާލަން އުޅުނެވެ. އޭނާ ވެސް ހުރީ އަރްސަލް ރުޅި އައިސްފައި ހުރި ވަރުން ކަންބޮޑުވެފައެވެ. ވީގޮތް ނޭނގުނު ނަމަވެސް ނިމްރާދެކެ ވެފައި ހުރި ފޫސަކުން އޭނާގެ ދޫ ހިމޭނަކުން ނުބޭވުނެވެ.
"ފަ* އޯފް ކީފާ" ކީފާގެ އަތް ޖެހުމާއެކު އަރްސަލް އަތް ފޮޅުވާލުމާއެކު ހަޅޭލަވައިގަތެވެ. އައިސްފައި ހުރި ރުޅީގައި އަރްސަލްގެ ނޭވާ ވެސް އަވަސްވެފައިވިއެވެ. އޭނާގެ މޫނާއި ކަންފަތް ވެސް ރަތްވެފައި ހުއްޓެވެ.
"ހަމަ މިހާރު ދޭ ކޮޓަރިއަށް" އަރްސަލް އެނބުރި އައިސް ބެލްކަނީގައި ހުއްޓިލުމާއެކު ނިމްރާއާ ދިމާއަށް ހަޅޭލަވައިގަތެވެ. ސިއްސައިގެން ދިއުމާއެކު އަވަސް ފިޔަވަޅުގައި ދުވަމުން ކަހަލަ ގޮތަކަށް ނިމްރާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. (ނުނިމޭ)