ވާހަކަ

ބުނެދޭށޭރުހެމޭ

(22 މެއި 2018 އާ ގުޅޭ) -- "ހަމަ މިހާރު ދޭ ކޮޓަރިއަށް" އަރްސަލް އެނބުރި އައިސް ބެލްކަނީގައި ހުއްޓިލުމާއެކު ނިމްރާއާ ދިމާއަށް ހަޅޭލަވައިގަތެވެ. ސިއްސައިގެން ދިއުމާއެކު އަވަސް ފިޔަވަޅުގައި ދުވަމުން ކަހަލަ ގޮތަކަށް ނިމްރާ އޭނާގެ ކޮޓަރިއަށް ދިޔައެވެ.

"ހަލަފް!... ހަލަފް!... މަޑުކޮށްބަލަ" ދޮރުން ނުކުތް ގޮތަށް ރާދިން ގޮވާލިއެވެ.

"ކީއްކުރަން؟ މިވަގުތު އަހަރެން ދިޔައްޔާ އެންމެ ރަނގަޅުވާނީ" ލިފްޓު ކައިރީ މަޑުކޮށްލަމުން ހަލަފް ބުނެލިއެވެ.

"ކީއްވެ އަރްސަލް އެހާ ރުޅި އައީ؟" ރާދިން ސުވާލުކުރިއެވެ. އޭނާއަށް ވެސް އެނގެނީ ހަލަފްއާއި އަރްސަލްގެ ދެމެދުގައި ކޮންމެވެސް ވާހަކައެއް ދެކެވުނުކަމެވެ. ދެކެވުނީ ކޮންކަމަކާ ބެހޭ ވާހަކައެއްކަމެއް އަޑެއް ނީވެއެވެ.

"ދޮންބެ ރުޅި ނާންނަ އިރެއް ދޭތަ؟ ދޮންބެއާއި ރެޑްއާ ދެމެދު އޮންނަނީ ކޮންކަހަލަ ގުޅުމެއް؟ އަހަންނަށް އެނގޭ ރާދުބެއަށް ހުރިހާ ކަމެއް އެނގޭކަން" ހަލަފް ވެސް ކުރީ ސުވާލެވެ.

"އައި ކާންޓް އާންސާ ދެޓް. ހަލަފް! ތީ މިހާރު ކުޑަކުއްޖެއްނޫން. އަރްސަލް ރުޅި އަންނަކަން އެނގޭއިރު އޭނާ ރުޅި އަންނަ ކަހަލަ ކަންކަން ކުރަނީ ކީއްވެތަ؟" ރާދިންގެ މޫނުމަތިންނާއި އަޑުން މާޔޫސްކަން ފާޅުވިއެވެ.

"ޑޯންޓް ވޮރީ... އަހަރެން ބޭނުންވީ ކަމެއް ޔަގީންކޮށްލަން. ސޮރީ ފޯ އެވްރިތިންގް... އައި ޝުޑް ގޯ ނައު" ހަލަފް ބުނި އެއްޗެއްގެ މުރާދު ނޭނގުނު ނަމަވެސް އޭނާއަށް ބަލަން ހުރި ރާދިން މަޑުމަޑުން ބޯޖަހާލިއެވެ.

ހަލަފް ލިފްޓަށް އެރުމުން ރާދިން އެނބުރި އައިސް އެއްކޮށް ނުލެއްޕި ހުރި އެޕާޓްމެންޓުގެ ދޮރު ހުޅުވާލައި އެތެރެއަށް ވަދެއްޖެއެވެ. އެއާއެކު ބާރު އަޑުފަށްގަނޑެއް އިވިގެންދިޔައެވެ. ކީފާ ހުރީ އަރްސަލްގެ ކޮޓަރީ ދޮރުމަތީގައެވެ. އޭނާގެ މޫނުމަތިން އިންތިހާ ކަންބޮޑުވުމާއި ބިރުވެރިކަން ފާޅުވޭވޭ ހުއްޓެވެ.

"ވަޓްސް ގޮއިން އޮން" ހަލުވިކޮށް ކީފާގެ ގާތަށް އައި ރާދިން އަހާލިއެވެ. އަދި އަޑުފަށްގަނޑު އިވުނީ އަރްސަލްގެ ކޮޓަރިން ކަމަށްވާތީ ދޮރުހުޅުވާލަން ތަޅުގައި ހިފާލިއެވެ. ނަމަވެސް ތަޅުލާފައި ހުރުމުން ދޮރެއް ނުހުޅުވުނެވެ. ދެތިން ފަހަރަށް ދޮރުގައި ޖަހާލާ އަރްސަލްއަށް ރާދިން ގޮވާލިއެވެ.

"އަރްސަލް ކޮޓަރިއަށް ވަންގޮތަށް ދޮރެއްނުހުޅުވި... ދޮރުގައި ވެސް ދެތިން ފަހަރަށް ޖެހި އަޑު އިވުނު. ރާދު! ކިހިނެއްތަ ވެގެން މިއުޅެނީ... އެ އަންހެނާއާއި ހަލަފްއާ ދެމެދު އެފެއާއެއް ހިނގަނީތަ؟ އެހެންވެތަ އަރްސަލް އެހާ ރުޅި އައިސްގެން އެ އުޅެނީ" ކީފާ ހާސްވެފައި ހުރެ ވާހަކަދެއްކިއެވެ.

"އަހަންނަށް ހީވަނީ ކީފާ ވެސް ގެއަށް ދާންވީހެން. ޓެކްސީއެއް ނަގަންވީނު... އަހަރެން ބޭނުމެއްނޫން އަރްސަލް އެހާ ރުޅި އައިސްފައި ހުއްޓާ އޭނާ އެކަނި ބަހައްޓާފައި ބޭރަށްދާކަށް" ކީފާއަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ރާދިން އަމިއްލަ ޚިޔާލު ފާޅުކުރިއެވެ.

"އަހަރެން މަޑުކޮށްލަފާނަން" ކީފާ ބޭނުންވީ އަރްސަލްގެ ރުޅި މަޑުވުމުން އޭނާއާ ވާހަކަދައްކާށެވެ. އަރްސަލްގެ ހިތްހަމަޖައްސައިދޭށެވެ. ހުރިހާ ކަމެއް ކުރިމަތިވަނީ ނިމްރާގެ ސަބަބުންކަން އަރްސަލްއަށް ވިސްނައިދޭށެވެ. އަދި އެމީހުންނާއެކު އެ އެޕާޓްމެންޓުގައި ނިމްރާ އިތުރަށް ބެހެއްޓުން އެއީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއްނޫންކަމުގައި ބުނެދޭށެވެ. އަރްސަލް ރުހޭ ކަމުގައިވާނަމަ ކީފާމެން ގޭގައި ނިމްރާ ބަހައްޓައިދޭނެކަމުގެ ޚިޔާލު ވެސް އަރްސަލްއާ ޚިއްޞާ ކުރަން ކިފާ ގަސްދުކުރިއެވެ.

"އެގޮތެއް ކަމަކު ނުދާނެ... އަރްސަލް ހިޔެއްނުވޭ ދެން ނުކުންނާނޭހެން ކޮޓަރިން. އަރްސަލްގެ ރުޅި އެހާ އަވަހަށް ފިންޏެއްނުވާނެ. ކީފާ ގެއަށް ދޭ. މާދަމާ ބޮޑު މީޓިންއެއް އެބައޮތެއްނު... އަހަރެން ގުޅާނަން ހަނދާންކޮށްދޭން. އޭރުން އޮފީހުން ދިމާވާނެ އަރްސަލްއާ ވެސް... ސޯ ޕްލީޒް ގޯ ނައު. އަހަރެން ޓެކްސީއަކަށް ގުޅައި މިދެނީ" ކީފާއަށް އިތުރު ބަހަނާއެއް ދައްކާނޭ ފުރުޞަތު ނުދީ ރާދިން ފޯނު ނަގާ ހުޅުމާލޭގެ ޓެކްސީ ސެންޓަރަކަށް ގުޅިއެވެ.

"ސާދަ ހަތްދިހަ ފަހެއް ޓެކްސީ ނަންބަރަކީ... ހިނގާ ތިރިއަށް. ޓެކްސީ އަންނަންދެން ދޮރުކައިރީ އަހަރެން މަޑުކޮށްލާނަން" ރާދިން އަތުން އިޝާރާތްކޮށްލާ އެޕާޓްމެންޓުން ނުކުންނަން ހިނގައިގަތެވެ. އަދި ދޮރުހުޅުވާލާ ކީފާ ނުކުންނަން ދެން ދޮރުގައި ހިފަހައްޓާލައިގެން މަޑުކޮށްލިއެވެ.

* * * * *

ބޮޑުކޮޓަރިތެރެއިންލާފައި ބަދިގެ ފަރާތަށް ވަން ހަލަފް އައިސްއަލަމާރިން ފިނި ފެންފުޅިއެއް ނަގައިގެން އައިސް އިށީނީ ހަތަރު މީހުންނަށް އިށީނދެވޭނޭހެން ހަދާފައި ހުރި "ކިޗަން އައިލެންޑް" ދޮށުގައެވެ. ފެންފޮދެއް ބިއްލޫރި ތަށްޓަށް އެޅުމުގެ ކުރީން ޖީބުގައި އޮތް ފޯނު ނަގައި ކައުންޓަރު މަތީ ބޭއްވިއެވެ. ފެންތަށިން އެތި ފޮދެއް ބޮމުން ނިމްރާގެ ނަންބަރަށް ޑައިލް ކޮއްލިއެވެ. އެންމެ ރިންގަކުން ނިމްރާ ފޯނު ނެގިއެވެ.

"ވަޓް ވާ ޔޫ ތިންކިންގް. ދެޓް ވޯޒް ސޯ ރޯންގް" ކޯލަށް ޖަވާބު ދިން ނިމްރާ ހެލޯއޭ ބުނުމުގެ ބަދަލުގައި ނުރުހުން ފާޅުކުރިއެވެ.

"ކާމް ޑައުން ރެޑް. އަހަރެން ހަމައެކަނި ދޮންބެއަށް މެސެޖެއް ދޭން ކުރިކަމެއް އެއީ. ރެޑް ޤަބޫލުނުކުރިޔަސް އަހަންނަށް އެނގޭ ހީ ހޭސް ފީލިންގްސް ފޯ ޔޫ ކަން. ކީއްވެތަ ރެޑްއަށް ޤަބޫލުނުކުރެވެނީ... ރެޑް ވެސް ބޭނުމެއްނޫން އެއްބަސްވާކަށް. ޔޫ ބޯތް ހޭވް ފީލިންގްސް ފޯ އީޗް އަދާ... ކީއްވެތަ ދެން ތިހެން ތި އުޅެނީ. އައި ލައިކް ޔޫ ރެޑް. ރިއަލީ ލައިކް ޔޫ... އަހަރެން ބޭނުން ދޮންބެ ރެޑްއާ ގުޅެން. ޔޫ ވިލް ބީ ޕާފެކްޓް ފޯ ހިމް. ލައިކްވާ މީހަކާ ބައްދަލުވީމަ އެކަނިއުޅުމުގެ ބޭނުމެއްނެތް. ދޮންބެ ވެސް ވީ އަލުން ލައިފެއް ފަށަން. އަހަންނަށް އެނގޭ ބައްޕައާއި ރާދުބެ ވެސް އެގޮތް ބޭނުންވާނެކަން. އައި ނޯ ރާދުބެއަށް ވެސް ރެޑް ކަމުދާކަން. އެވްރިވަން ވިލް އެކްސެޕްޓް ޔޫ. ޕްލީޒް ރެޑް... މޭކް ހިމް ސޭ ދެޓް ހީ ލަވްސް ޔޫ. އައި ނޯ ހީ އިޒް ރިއަލީ ސްޓަބަން... ޔޫ ނޯ ވަޓް ރެޑް... ސަމްޓައިމްސް ވީ އާ ޖަސްޓް ސޯ އޮބްސެސްޑް އޮފް އެންޓާޓެއިނިންގް ދި ފީލިންގް އޮފް ސޯ މަޗް ހޭޓް ދެޓް ވީ ޑިނައި ދި ޕްރިސެންސް އޮފް ލަވް" ހަލަފް ބުނެލިއެވެ.

"ހަލަފް!... ޔޫ ޑޯންޓް ނޯ އެނީތިންގް. އިތުރަށް ކަންކަން ގޯސްވާކަށް އަހަރެން ބޭނުމެއްނޫން. ފަހަރެއްގައި ތި ހީކުރެވޭ ގޮތަކީ ތެދަކަށްނުވެދާނެ" ނިމްރާ ވެސް ބޭނުންވީ ހަލަފްއަށް ވިސްނައިދޭށެވެ.

"އޯކޭ! ރެޑް އަހަރެން ގާތުގައި ބުނާނަންތަ ދޮންބެދެކެ ލައިކްވިޔަސް... އައި ތޯޓް ވީ އާ ފްރެންޑްސް. ނޯ!... ޔޫ އާ ފެމެލީ ޓު މީ. އެއީ އަހަންނަށް ފީލްކުރެވޭ ގޮތް. ރެޑް ބުނެބާ... ރެޑް އަ ދޮންބެ ކަމަކު ނުދޭތަ؟" ހަލަފް ގޮތްދޫނުކޮށް އޭނާގެ ބަހުގައި ހިފަހައްޓަން ބޭނުންވިއެވެ.

"އެވްރިތިންގް އިޒް ކޮމްޕްލިކޭޓެޑް. އަހަރެން އަދި ރެޑީއެއްނޫން އަހަރެންގެ އިހުސާސްތަކުގެ ވާހަކަ ދައްކަން. ހަލަފް! ހައި ހޭވް ޓު ގޯ. ބާއި" އިތުރަށް ހަލަފްއާ ވާހަކަދައްކަނިކޮށް ނޭނގުމުގެ ތެރޭ ވެސް ކަމެއް ހާމަކުރެވިދާނޭތީ ނިމްރާ ފޯނުކޯލު ކަނޑާލިއެވެ. ފޯނަށް ބަލާލަމުން ފިނިނޭވާއެއް އޭނާ ލިއެވެ. އެހާވަރުން އަރްސަލްއާއި ނިމްރާ ގުޅުވަން ހަލަފް ބޭނުންވާންވީ ސަބަބެއް ނިމްރާއަކަށް ނުވިސްނުނެވެ. އެކަމަކު އެ ޚިޔާލަކީ ޚުދު ނިމްރާއަށް ވެސް ކުރެވުނު ޚިޔާލެކެވެ. ނަމަވެސް އެއީ ވުމަށްވުރެ ނުވާނޭ ކަމެއްކަން ނިމްރާއަށް އެނގޭތީ އެފަދަ ޚިޔާލުތައް ނުކުރަން ނިމްރާ އަމިއްލަ ހިތަށް ވިސްނައިދިނީއެވެ.

* * * *

ދަންވަރު އެކެއް ޖަހައިދިޔައީއެވެ. އަރްސަލްގެ ޚަބަރެއް ވޭތޯ އޭނާގެ ކޮޓަރީގައި ޓަކިދީ ގޮވާ ހަދާފައި ޚަބަރެއް ނުވުމުން ރާދިން ވެސް ކޮޓަރިއަށް ވަނީ ބާރަ ޖަހަން އުޅެނިކޮށެވެ. ހެނދުނުން އަރްސަލްއާ ވާހަކަދައްކަން ނިންމައިގެންނެވެ. އެނދުގައި އޮށޯވެ ގިނައިރެއް ނުވަނީސް ރާދިންގެ ނަފްސު ނިދީގެ ހިމޭންކަމުގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ.

މުޅި ގޭތެރެއަށް ފުން ހިމޭންކަމެއް ވެރިވެފައި އޮތެވެ. ދަންވަރުގެ އެ ވަގުތުގައި އެ އެޕާޓްމެންޓް ތެރޭ ނުނިދިފައި އޮތީ ހަމައެކަނި ނިމްރާއަށް ކަމުގައި އޭނާއަށް ޔަގީން ކުރެވުނެވެ. ހަލަފްއާއި އަރްސަލްގެ ކުރިމަތިލުން ނިމްރާ ލޯ މަރާލާއިރަށް ލޯ ކުރިމަތިން ސިފަވަނީއެވެ. ހަމަ އެއާއެކު ހަލަފް ގުޅާފައި ދެއްކި ވާހަކަތައް ވެސް ސިކުނޑިން ނެރެލެވޭ ގޮތެއް ނުވިއެވެ.

"ހީ ވޯންޓް ލަވް މީ. މޭބީ ހީ ކެއާސް... ބަޓް އިޓްސް ނޮޓް ލަވް. ވީއިރު އޭނާ ޖެލަސްވެދާނެތަ؟ ނޯ!... ނުވާނެ... ހަލަފްއަށް އަހަރެންގެ ހަޤީޤަތް ނޭނގޭތީ އެކަހަލަ ވާހަކައެއް އެ ދެއްކީ. އަރްސަލްގެ ކުރިމަތީ އަހަންނަކީ ކާކުކަން އެނގޭނަމަ ހަލަފްއަށް ވެސް އެނގޭނެ އަހަރެންދެކެ އަރްސަލް ލޯތްބެއް ނުވާނެކަން. ލޫންގެ ގާޠިލަކީ އަހަރެންކަން ހަލަފްއަށް އެނގޭ ދުވަހަކުން އޭނާއަށް ވެސް ވިސްނޭނެ. އެ ދުވަހަކުން އެނގޭނެ އަރްސަލްގެ ނަފުރަތު އަހަންނަށް ހައްޤުކަން. އަހަރެންދެކެ... ދުވަހަކުވެސް އަހަރެންދެކެ ލޯބިވާނޭ މީހަކު ލިބިދާނެތަ. ހަޤީޤީ ލޯތްބެއް ލިބިދާނެތަ؟ އަހަންނަށް ކުރެވޭ އިހުސާސްތަކަށް ލޯތްބޭ ބުނެވިދާނެތަ؟" ޚިޔާލުތަކުގެތެރެއަށް ގެއްލިފައި އޮތް ނިމްރާ ސިއްސައިގެން ދިޔައީ ދޮރުގައި ޓަކިދިން އަޑު އިވިގެންނެވެ. ފުންމައިގެން ތެދުވެ އެނދުގެ އަރިމަތީ އިށީނދެވުމާއެކު ފޯނު ހޯދާލިއެވެ. ފޯނުގެ އިސްކުރީނު ބަލާލި އިރު އެއްގަޑިބައިވަނީއެވެ. ދޮރު ނުހުޅުވަން އިންދާ އަނެއްކާ ވެސް ޓަކި ޖެހި އަޑު އިވުނެވެ.

އެނދުން ތެދުވެ ނިމްރާ ނިދަން ލައިގެން ހުރި ފިޔާތޮށްޓާއި އަޅިކުލައިގެ ކަކުލާ ހަމައަށް އަންނަ އޯވާސައިޒް "ބަގްސްބަނީ" ޓީޝާޓަށް ދަމާލާ ރީތިކޮށްލަމުން ދޮރުކައިރިއަށް އައެވެ. އަދި މަޑުމަޑުން ދޮރުހުޅުވާލާ ބަލާލިއެވެ. ބޭރަށް ލަމުންދިޔަ ނޭވާ ތާށިވެ ހުއްޓުމަކަށް އައީ ދޮރު ކުރިމަތީ އަރްސަލް ހުރިތަން ފެނުމުންނެވެ. ހިންދިރުވާލެވުމާއެކު ކޮޓަރިތެރެއަށް ފަހަތަށް ނިމްރާއަށް ފިޔަވަޅު އަޅާލެވުނެވެ.

"ހާއި ސްކާލެޓް" ނިމްރާއަށް ނަޒަރު ހުއްޓާލައިގެން ހުރެ އަރްސަލް މަޑުމަޑުން ގޮވާލިއެވެ. އެ މޫނުން ރުޅިވެރިކަމުގެ އަސަރެއް ނުފެނުމުން ނިމްރާ ހައިރާންވިއެވެ. އެއާ ޚިލާފަށް ނިމްރާއަށް ފެނުނީ އަރްސަލްގެ ލޮލުގައިވި މަޑު ރަތްކަމާއި ވަރުބަލިކަމެވެ. ނިދީގެ ވަރުބަލިކަން ކަމުގައި ނިމްރާއަށް ހީކުރެވުނެވެ.

"ގަޑިން... ގަޑިން ވީއިރު އެނގޭތަ؟ ވަޓް އޮން އާތް ޑޫ ޔޫ ވޯންޓް އެޓް ދިސް ޓައިމް؟ އެއްގަޑި ބައިވަނީ މިހާރު" އަރްސަލްގެ ނަޒަރު ނިމްރާގެ މޫނުން ތިރިއަށް ދަތުރުކުރަން ފެށުމުން ދެއަތްއުރާލައި ނިމްރާ ވާހަކަދެއްކީ ދަތްކުނޑިވިކާލަމުންނެވެ.

"އައި ކާންޓް ސްލީޕް" ދެފަހަރަކު އެސްފިޔަ ޖަހާލާފައި ހުޅުވާލަމުން ހުރި ދިމާ ދޮރުކަނީގައި އަރްސަލް އެއްފަރާތަކަށް ޖެހިލަމުން ބޯޖައްސާލިއެވެ.

"ނިދިނައުމަކީ އަހަރެން ކުރާނެކަމެއް ނޫނެއްނު. މިތަނަށް ކީއްކުރަން ތި އައީ؟" ނިމްރާއަށް ބުނެވުނެވެ.

"އަހަރެން ވަންނަންތަ؟" އަރްސަލް އަހާލިއެވެ.

"ނޯ! ވަދެގެން ނުވާނެ... ދޭ ކޮޓަރިއަށް. އަހަރެން ނިދަންވެއްޖެ" ނިމްރާ ހާސްވާގޮތްވިއެވެ. ދޮރުލައްޕަން އުޅުނު ވަގުތު ދޮރު ދޭތެރެއަށް އަރްސަލްގެ ކަނާތު ފައި ދިއްކޮށްލާ ހުރަސްއެޅިއެވެ. އަދި ދޮރުފަތުގައި ހިފާ ކޮށްޕާލަމުން އަރްސަލް އެތެރެއަށް ވަނެވެ.

"މިގަޑީގައި ކީއްކުރަން ތިވަނީ؟" ނިމްރާ އަނެއްކާ ވެސް ސުވާލުކުރިއެވެ. އޭނާއަށް ފެނުނީ އަރްސަލް އައިސް އެނދުގެ އަރިމަތީގައި އިށީންތަނެވެ.

"ސްކާލެޓް! އައި ވޯންޓް ޓު އާސްކް ޔޫ ސަމްތިންގް... ކަމް ހިއާ" އަރްސަލް އެނދަށް އިޝާރާތްކުރިއެވެ. ނިމްރާއަށް އެއްގޮތަކަށް ވެސް އަރްސަލްގެ މޫނާއި އަޑުގައިވާ އަސަރު ދެނެގަންނާކަށް ނޭނގުނެވެ. އިރުކޮޅަކު ބަލަން ހުރެފައި މަޑުމަޑުން އައިސް އެނދުގައި އިށީނީ ކޮޓަރީގެ ދޮރު ވެސް ހުޅުވާފައި ހުރުމުން ހިސާބަކަށް ރައްކާތެރިކަން އިހުސާސް ކުރެވިގެންނެވެ. ރާދިން ގޭގައި އުޅޭއިރު އަރްސަލް ފާޅުގައި އޭނާއަށް ކަމެއްކުރާން ނުކެރޭނޭކަން ޔަގީންވާތީއެވެ.

"ސްކާލެޓް..." އަރްސަލް އެއްޗެކޭ ބުނަން އުޅުނު ވަގުތު އޭނާގެ ކަނާއަތް ނިމްރާއަށް ފާހަގަކުރެވި އެ އަތުގައި ނިމްރާ ހިފިއެވެ. އެހިނދު އަރްސަލް ވަގުތުން އަތް ދުރަށްލިއެވެ. އަތްތިލައާ އިނގިލިތައް ގުޅިފައި ހުރި ހުޅުތަކާ ދިމާ ދުޅަވެ ފަޅައިގެން ގޮސްފައި ހުރިތަން ނިމްރާއަށް ފެނުނެވެ. އޭރު ވެސް ލޭ ހިކިފައި ހުއްޓެވެ.

"މީ ކިހިނެއް ހަދާފައި... ލޭ އައިސްފައެއްނު ތި ހުރީ" އަރްސަލް އަތް ދުރަށް ލުމުން ވެސް އެ އަތުގައި ނިމްރާ ހިފައި ގެނެސް އަތްތިލައަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. ނިމްރާއަށް ހިފާލެވުނު ގޮތަކުން އަރްސަލް އަޑެއް ލައްވާލިއެވެ. އެއާއެކު އެ އަތުގައި ވޭން އަޅާކަން ނިމްރާއަށް ޔަގީންވިއެވެ.

"އިޓްސް ނަތިންގް" އަތްތިލައަށް ބަލާލާފައި ނިމްރާއަށް ބަލާލަމުން އަރްސަލް މަޑުމަޑުން ބުނެލިއެވެ.

"އިޓްސް ނޮޓް ނަތިންގް... ވައި ޔޫ ހާޓް ޔޯސެލްފް؟ އާ ޔޫ އިންސޭން" ކަންބޮޑުވުމާއި ހިތްހަމަނުޖެހުން އެކުލެވިފައިވި ރާގެއްގައި ނިމްރާއަށް ބުނެވުނެވެ. އޭރު ވެސް އަރްސަލް އިނީ ނިމްރާއަށް ބަލާށެވެ.

"އިޓްސް ޔޫ ހޫ އިޒް ޑްރައިވިންގް މީ އިންސޭން ސްކާލެޓް" ވައި އަޑުން އަރްސަލް ބުނެލިއެވެ. ފަޅި ސިކުންތަކަށް އެ ދެ ލޮލުން ބޭގަރާރުކަމެއް ފާޅުވިއެވެ. ޖަޒުބާތުން ފުރިގެންވި ވިދުމެއް ފާޅުވިއެވެ. ނަމަވެސް އެ އަސަރުތައް އަރްސަލް ފަރުދާކޮށްލީ ކުޅަދާނަކަމާއެކުއެވެ.

"ސްޓޮޕް ދިސް ނޮންސެންސް އެންޑް ކަމް ވިތް މީ" އަރްސަލްގެ މުލައްދަނޑީގައި ހިފާ ދަމާލަމުން ނިމްރާ އޭނާ ނަގަން މަސައްކަތް ކުރިއެވެ. ދެކޮޅު ނުހަދާ އަރްސަލް ތެދުވިއެވެ.

ބަދިގެ ތެރެ ނިމްރާ ދިއްލާލިއެވެ. އަދި އަރްސަލް ގޮވައިގެން އައިސް ކާމޭޒު ދޮށުގައި އޭނާ ބޭންދުމަށްފަހު ނިމްރާ ފަސްޑް އެއިޑް ފޮށި ނެގިއެވެ. އަރްސަލްއާ ކުރިމަތިވާނޭހެން ގޮނޑި ހަމަޖައްސާލާފައި އިށީނދެ އޭނާގެ އަތްތިލަ ސާފުކޮށް ބޭސް އަޅަން ނިމްރާ ފެށިއެވެ. އަތްތިލަ ދުޅަވެފައި އޮތް ވަރު ފެނިފައި ވަރަށް ތަދުވާނޭކަން ނިމްރާއަށް ވިސްނުނެވެ. އެހެންވެ އަރްސަލްގެ އަތް ބެންޑޭޖުކޮށް ނިމުމުން ތަދުކަނޑުވާ ބޭސްގުޅައަކާއި ފެންތަށްޓެއް ދިނެވެ.

"އިޓްސް ފޯ ޔޯ ޕެއިން... ޔޫ ވިލް ނީޑް އިޓް" ނިމްރާ ބުނެލިއެވެ. ނިމްރާގެ ހަރަކާތްކަށް ބަލަން އިން އަރްސަލް ބޭސްގުޅަ ކާލައި ފެންތަށި ބޯލުމަށްފަހު މޭޒުމަތީ ބެހެއްޓިއެވެ. އޭރު ފަސްޓް އެއިޑް ފޮށި ހުންނަންވާ ތަނަށް އެ ގެންގޮސް ނިމްރާ ލައިފިއެވެ.

"ދެން ދޭ ނިދަން... އިރުކޮޅަކުން ތަދު ވެސް ކެނޑޭނެ" މޭޒު ކައިރީ ހުއްޓިލަމުން ނިމްރާ މަޑުމަޑުން ބުނެލިއެވެ.

"އިހަށް މަޑުކޮށްބަލަ" އަރްސަލް މިހެން ބުނެ ދަމާލި ވައަތްތިލައިން މޭޒުދޮށުގައި ހުރި ނިމްރާގެ އަތުގައި ހިފިއެވެ. އަދި އޭނާ ގެނެސް އަރްސަލްގެ ކައިރީ ހުރި ގޮނޑީގައި ބައިންދައިފިއެވެ.

"އެއްޗެކޭ ބުނަން ބޭނުންވަންޏާ ދެން ބުނެބަލަ... އަހަރެން އަޑުއަހަން މި އިނީ" އަރްސަލް ހިމޭނުން އިންނަތާ އިރުކޮޅެއް ވުމުން ނިމްރާ ބުނެލިއެވެ.

"ޔޫ އޯލްވޭޒް ލާފް ވިތް ހިމް. ޔޫ ސީމްޑް ޓު އިންޖޯއި ހިޒް ކޮމްޕެނީ... އައި ކާންޓް ސްލީޕް ނޮއިން ދެޓް... ސްކާލެޓް! ޓެލް މީ... ހައު އޭމް އައި ސަޕޯސްޑް ޓު ސްލީޕް؟" އަރްސަލްގެ އަޑު ނިމްރާއަށް އިވުނީ ކިރިޔާއެވެ. އެވެސް އަރްސަލް އެއްޗެކޭ ބުނޭތޯ ސަމާލުކަން ދީގެން އިނީތީއެވެ.

"އެ ޚިޔާލުތަކުން އަރްސަލްއަށް އުނދަގޫވާންވީކީއްވެ؟ ހަލަފް ދެއްކީ ތެދުވާހަކައަކީތަ؟ ކަމޯން އަރްސަލް... އިފް ޔޫ ހޭވް ފީލިންގްސް ފޯ މީ ޕްލީޒް... ޕްލީޒް ޖަސްޓް ޓެލް މީ... އައި ބެގް ޔޫ" ނިމްރާއަށް ތުންފިއްތާލެވުނެވެ. ކިތަންމެ ބުނަން ބޭނުންވިޔަސް އޭނާއަކަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. ހިތް ބޭނުންވިޔަސް އެ ހިތް ބިރު ވެސް ގަނެއެވެ. އެއްވެސް ޔަގީންކަމެއްނެތީމައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ނެތް އިތުބާރު އެހެން މީހަކަށް ކުރުމަކީ ވާނޭކަމެއްނޫންކަން ނިމްރާގެ ޟަމީރު ވެސް އެއްބަސްވެއެވެ. ޚާއްޞަކޮށް އެ މީހަކީ އަރްސަލްއަށް ވީމައެވެ.

"ޓެލް މީ ސްކާލެޓް... ތި ދެ މީހުން އުޅެނީ ގުޅިގެންތަ؟ ލޯބިވޭތަ؟ އައި ނޯ ހީޒް މައި ބްރަދާ... ހީ އިޒް ޔަންގް އެންޑް ޗާމިންގް. އެވްރިތިންގް އިޒް އީޒީ ވިތް ހިމް... ސްކާލެޓް! ޑޫ ޔޫ ލަވް ހިމް" އަރްސަލްގެ އަޑުގައި ހުރި ސީރިއަސްކަން އޭނާގެ މޫނުން ވެސް ފެނުނެވެ. އަރްސަލްގެ ދެ ލޯ ނިމްރާއަށް ހުއްޓިފައި ހުރިއިރު އެސްފިޔަ ޖަހާލަން ވެސް ދެ ޒުވާނުން ހަނދާންނެތިފައި ތިބި ކަހަލައެވެ. އަބަދުވެސް އަރްސަލްގެ ލޮލަކީ ނިމްރާއަށް ގިނައިރު ބަލަން އުނދަގޫ އެއްޗެކެވެ. އެ ދެ ލޮލުން ނިމްރާއަށް ސިހުރު ޖައްސާ ކަހަލައެވެ. އެ ބެލުން ނިމްރާގެ ރޫހާ ހަމައަށް އަސަރުކުރުވައެވެ. ލޯލިތައް ކޮޅަށް ޖެހޭ ފަދަ ހިރުވުމެއް ހަމުގެ ތެރޭގައި އުފައްދާ ކަހަލައެވެ. ހިތުގެ ހިނގުން އަވަސްކުރުވާ ހަށިގަނޑުގެ ވިންދު ބާރުވެއެވެ.

"އިޓްސް ނޮޓް ލައިކް ދެޓް" ނިމްރާ އިސްޖަހާލަމުން ބުނެލިއެވެ. ހަމައެވަގުތު ނިމްރާގެ ދަތްދޮޅީގައި އަރްސަލް ހިފާލަމުން އޭނާއާ ދިމާއަށް އުފުލާލިއެވެ.

"ލުކް އެޓް މީ ވެން އައި ޓޯކް... އަހަރެން ކުރި ސުވާލުގެ ޖަވާބު ބޭނުމީ. ޔޫ ހާޑް މީ ރައިޓް. އެހެންވީމަ ތަކުރާރުކުރުވަން ނުހަދާ. އަހަރެން އަޑު އަހަން ބޭނުންވަނީ ހަޤީޤަތް" އަރްސަލް މިފަހަރު ވެސް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ.

"ނޯ... އައި ޑޯންޓް ލަވް ހިމް. ހަލަފްއާ މެދު އެގޮތަކަށް ނުދެކެން. އެއްވެސް ވަރަކަށް ލޯތްބެއްނުވޭ. އެއީ ހަޤީޤަތަކީ" އަރްސަލްއަށް ބަލަން އިނދެ ނިމްރާ ބުނެލިއެވެ. އަރްސަލް އިތުރަށް އެއްޗެއް ނުބުނި ނަމަވެސް އޭނާގެ ނަޒަރު ނިމްރާގެ ލޮލާ ވަތްކެއްނުވިއެވެ. ހަމައެއާއެކު އަރްސަލްގެ މޫނުމަތިން އެއްވެސް އަސަރެއް ވެސް ފާޅެއްނުވިއެވެ. ދދިރުމެއްނެތް ޕްލާސްޓިކު މޫނުމައްޗެއް އަޅައިގެން އިން ފަދައެވެ. (ނުނިމޭ)