ދުނިޔެ

ދެ ލައްކަ ޑޮލަރުގެ އަގުހުރި ކޮތަރެއް ގެއްލިގެން ހޯދަނީ

ދެ ލައްކައެއްހާ ޑޮލަރުގެ އަގުހުރި ކޮތަރެއް ގެއްލިގެން ޖަރުމަނު ފުލުހުން އެ ކޮތަރު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޖަރުމަނުގައި ގެއްލިފައިވާ މި ކޮތަރު ހޯދި މީހަކަށް ކޮތަރުގެ ސާހިބު މީހާ ވަނީ 10000 ޔޫރޯ (12250 ޑޮލަރު) ވެސް ހުށަހަޅައިފަ އެވެ. ވެރިމީހާއާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އަޅިކުލައިގެ ކޮތަރު އިނީ އެހެން ކޮތަރުތަކަކާ އެކު ކޮށީގައި ކަމަށާއި އެ ކޮތަރު ވަގަށް ނެގީ އޭގެ އަގު އެނގޭ ބަޔަކު ކަމަށް ބެލެވޭ ކަމަށެވެ.

ކޮތަރުުގެ ވެރިމީހާ ކޮތަރަށް ދީފައިވާ ނަމަކީ އޭއެސް 969 އެވެ. ސާހިބު މީހާ އަށް އެކި ކަންކަމުގައި އެހީތެރިވެދޭން އެނގޭ މި ކޮތަރުގެ އަގަކީ 150000 ޔޫރޯ (184000 ޑޮލަރު) އެވެ.