އިންފޮގްރެފިކް

ފޭރެއް ކާލިޔަސް އެކުރެވުނީ ބޮޑުވަރެއް!

May 25, 2018
1

ފޭރަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެހާ މީރުވެސް މޭވާ އެކެވެ. ފޭރުގެ ކޮންމެ 100 ގްރާމެއްގައި 5.4 ގްރާމް ފައިބަރު އެކުލެވެ އެވެ. އޭގެ ސަބަބުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކޮށްދީ ހަށިގަނޑުން ހަކުރު ބޭނުންކުރާ މިންވަރު ދަށް ކޮށްދެއެވެ.

ފޭރުގައި ގިނަ އަދަދަކަށް ލައިކޯޕީން އެކުލެވޭތީ ޕްރޮސްޓޭޓް ކެންސަރާއި އުރަމަތީގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށް ދެއެވެ. އަދި އޭގައި ހިމެނޭ ޕޮޓޭސިއަމުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ، ހިތުގެ ވިންދު އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދެ އެވެ. މި ނޫނަސް ގިނަ ފައިދާތަކެއް ފޭރުން ލިބެ އެވެ.