އިންފޮގްރެފިކް

ރޯދަ ވީއްލަން ކުރުނބަލެއް ބޯލަމާ ހިނގާ!

May 26, 2018
2

ކުރުނބަލަކީ ރޯދަ ވީއްލާ ގަޑިޔަށް ކަރު ހިއްކުން ފިލުވާލަން އެންމެ ރަނގަޅު ބުއިމެވެ. ހަމައެކަނި ކަރު ހިއްކުން ފިލުވުމުގެ އިތުރުން އެހާމެ ރަހަ މީރުވެފައި ހަށިގަނޑަށް ވެސް ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. 94 ޕަސަންޓު ފެން އެކުލެވޭ ކުރުނބާއަކީ އޭގައި ވިޓަމިން ސީ އާއި ޕްރޮޓީން އަދި ފައިބަރުގެމާއްދާ މުއްސަނދި މޭވާ އެކެވެ.

ކުރުނބަލުގެ ސަބަބުން ހަށިގަނޑު ހަކުރު ބޭނުން ކުރާ މިންވަރު ދަށްކޮށްދެ އެވެ. އަދި ކިޑްނީގައި ހިލަ އުފެދުން މަދުކޮށް އިންފެކްޝަންތައް އުފެދޭ މައްސަލައަށް ވެސް ކުރުނބާ ފެނަކީ ވަރަށް ބޮޑު ހައްލެކެވެ. އޭގެ އިތުރުން ބްލަޑް ޕްރެޝާ ކުޑަ ކޮށްދިނުމަކީ ވެސް އޭގެން ލިބޭ މުހިންމު އެއް ފައިދާ އެވެ. އެހެންވީމާ ރޯދަ މަހު ޑީހައިޑްރޭޝަން އިން ސަލާމަތްވުމަށް ރޯދަ ވީއްލާ ވަގުތު ކުރުބަނލެއް ބޯލަށް ހަމަ ވަރަށް ރަނގަޅުވާނެ އެވެ.