ސިއްހަތު

ދޮން އަނބެއްގެ ފައިދާ ނުއެއް ލިޔެވޭނެ!

May 27, 2018
2

ކޮންމެ މޭވާއަކީ ވެސް އޭގެ ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. އެކި މޭވާއިން އެކި ފައިދާ އެވެ. ފައިދާއެއް ނުލިބޭ މޭވާއެއް ނެތެވެ. މޭވާތަކުގެ ތެރެއިން ދިވެހިންނާ އެންމެ ރައްޓެރި ގިނަ ދިވެހިންނަށް އެންމެ ކަމުދާ މޭވާއަކަށް ވަނީ އަނބެވެ. އަނބު މޫސުން އައިސްފިނަ ދިވެހިން ތިބެނީ އުފަލުން ހެވިފަ އެވެ. ކޮންމެ ގެއެއްގެ ސުފުރާ މަތިންހެން ވެސް އަނބު ފެންނާނެ އެވެ. އަނބު ޖޫސް ގިރާލާފައި ހުންނާނެ އެވެ. މެންދުރުގެ ހޫނު ގަޑީގައި އަނބު ޖޫސް ބޯލުމުން އެ ލިބޭ ހިންހަމަ ޖެހުމަކީ މުޅިން ތަފާތު ހިންހަމަ ޖެހުމެކެވެ.

ކެންސަރުން ދުރުކޮށްދޭ

ކެންސަރަކީ އާންމުވަމުން އަންނަ ބަޔެކެވެ. މި ބަލީގެ ބިރު ރާއްޖޭގައި ވެސް މިހާރު ބޮޑެވެ. ނިސްބަތުން ކެންސަރު ޖެހޭ މީހުން ވަނީ އިތުރުވެފަ އެވެ. ކެންސަރު ޖެހޭ ގިނަ ސަބަބުތަކެއް ހުރިއިރު، ކެންސަރު ދުރުވެވޭނެ ގިނަ ގޮތްތައް ވެސް އެބަހުއްޓެވެ. އެއްގޮތަކީ އަނބެވެ. އަނބުގައި އެކުލެވޭ އެންޓިއޮކްސިޑެންޓްގެ ސަބަބުން، ކޮލޮން، އުރަމަތީގެ ކެންސަރުން ދުރުކޮށްދޭ ކަމަށް ދިރާސާއަކުން ވަނީ ދައްކާފަ އެވެ.

ކޮލެސްޓްރޯލް ދަށްކޮށްދޭ

އަނބުގައި ގިނަ އަދަދަކަށް އެކުލެވޭ ފައިބާ އަދި ވިޓަމިން ސީގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް ދަށް ކޮށްދިނުމަށް އެހީވެދެ އެވެ.

ހަން ރީތި ކޮށްދޭ

އަނބަކީ އާދައިގެ މޭވާއެއް ނޫނެވެ. އެކަން މި ފައިދާއިން ވެސް އެނގިގެންދެ އެވެ. އަނބަކީ ހަންގަނޑު ރީތި ކުރަން ބޭނުން ނަމަވެސް ކެވިދާނެ މޭވާއެކެވެ. ކެއުމުގެ އިތުރުން، އަނބު، މޫނުމަތީގައި އުނގުޅުމުން މޫނުގައި ހުންނަ ޕިންޕަލްސް ފިލުވައިދެ އެވެ.

ލޮލަށް ވެސް ފަރުވާއެއް

އަނބަކީ ވިޓަމިން އޭ ވެސް ގިނަ އަދަދަކަށް އެކުލެވޭ މޭވާއެކެވެ. އަނބެއް ކާލައިގެން ދުވާލަކު ހަށިގަނޑަށް ލިބެންޖެހޭ ވިޓަމިން އޭގެ 25 އިންސައްތަ ލިބޭނެ އެވެ. މީގެ ސަބަބުން، ލޮލުގެ ފެނުން ރަނގަޅުވެ، ލޯ ކުރަކިވުމުން ދުރުކޮށްދެ އެވެ.

ހަޖަމު ކުރުމަށް އެހީވެދޭ

ހަޖަމު ކޮށްދިނުމަށް އެހީވެދޭ މޭވާއަކީ ފަޅޯ ކަމަށް ހީކުރާ މީހުން ގިނަވެދާނެ އެވެ. ނަމަވެސް އެހެނެއް ނޫނެވެ. އަނބަކީ ވެސް ހަޖަމުކުރުމަށް ފަސޭހަކޮށްދޭ މޭވާއެކެވެ. ހަޖަމުކުރަން ފަސޭހަ ކޮށްދެނީ އަނބުގައި އެކުލެވޭ ފައިބާއެވެ.

ހީޓް ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ

އަނބުގައި ފައިދާހުރީ ހަމައެކަނި ދޮން އަނބެއް ނޫނެވެ. ރޯ އަނބު ވެސް ފައިދާ ލިބެ އެވެ. އެގޮތުން މިއީ އެންމެ ފާހަގަކޮށްލެވޭ ފައިދާ އެވެ. ރޯ އަނބުގެ ހުތް ފެނަށް ފެލާލުމަށްފަހު ބުއިމުން ތިމާގެ ހަށިގަނޑު ފިނިކޮށްދެ އެވެ. ހޫނު މޫސުމުގައި ހީޓް ސްޓްރޯކް ޖެހުމުން ދުރުކޮށްދޭނެ އެވެ.

ހަކުރު ބައްޔަށް ވެސް ސިފާއެއް

އަނބު ގަހުގެ ފަތަކީ ވެސް ފައިދާ ލިބޭ އެއްޗެކެވެ. އެގޮތުން ފަތް ފެނު ކެއްކުމަށްފަހު، ފުރާނައިގެން ހެނދުނު ބޯލުމަކީ ފައިދާ ހުރި ކަމެކެވެ. އެއީ ހަށިގަނޑުގެ ހަކުރު ލެވެލް އެއް ހަމައެއްގައި ބެެހެއްޓުމަށް އެހީވާނެ އެއްޗެކެވެ.