ވާހަކަ

ބުނެދޭށޭރުހެމޭ

(24 މެއި 2018 އާ ގުޅޭ) -- "ނޯ... އައި ޑޯންޓް ލަވް ހިމް. ހަލަފްއާ މެދު އެގޮތަކަށް ނުދެކެން. އެއްވެސް ވަރަކަށް ލޯތްބެއްނުވޭ. އެއީ ހަޤީޤަތަކީ" އަރްސަލްއަށް ބަލަން އިނދެ ނިމްރާ ބުނެލިއެވެ. އަރްސަލް އިތުރަށް އެއްޗެއް ނުބުނި ނަމަވެސް އޭނާގެ ނަޒަރު ނިމްރާގެ ލޮލާ ވަތްކެއްނުވިއެވެ. ހަމައެއާއެކު އަރްސަލްގެ މޫނުމަތިން އެއްވެސް އަސަރެއް ވެސް ފާޅެއްނުވިއެވެ. ދިރުމެއްނެތް ޕްލާސްޓިކު މޫނުމައްޗެއް އަޅައިގެން އިން ފަދައެވެ.

"ތިހެން ނީނދެ ނިދަން ދާންވީނު. އޮފީހަށް ވެސް ނުކުންނަން ޖެހޭނެއެއްނު" އަރްސަލް އެއްޗެއް ބުނޭތޯ އިރުކޮޅަކު އިނުމަށްފަހު ނިމްރާ ބުނެލިއެވެ. އެއްބަސްވުމުގެ ގޮތުން މަޑުމަޑުން އަރްސަލް ބޯޖަހާލާފައި ތެދުވިއެވެ. އެއާއެކު ނިމްރާ ވެސް ތެދުވެ މޭޒު ދަށަށް ގޮނޑި ވައްދާލައިފައި ބޮކި ނިއްވާލިއެވެ. ކޮޓަރިއާ ދިމާއަށް އަންނަންވީރު އަރްސަލް ކޮޓަރިއަށް ނުވަދެ ދޮރުމަތީ މަޑުކޮށްލައިގެން ހުއްޓާ ފެނުނެވެ.

"ގުޑްނައިޓް" ނިމްރާ އައިސް ހަމަވުމާއެކު އޭނާގެ އަތުގައި ހިފާލައި ގެނެސް މޭގައި ބޮނޑިކޮށްލާ ނިތްކުރީގައި ބޮސްދީފައި އަރްސަލް ބުނެލިއެވެ. އަދު މަޑުމަޑުން ނިމްރާ ދުރުކޮށްލީ ބޭނުންނުވެފައި ހުރި ފަދަ ގޮތަކަށެވެ.

"ގުޑްނައިޓް... ނިދާލީމަ ލުއިވާނެ" ނިމްރާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި ކޮޓަރިއަށް ދިއުމަށް އަވަސްވީ އަރްސަލް ދެވަނަ ފަހަރަށް ހުއްޓުވައިފިއްޔާ އޭނާއަށް އަރްސަލްއާ ދުރަށް ނުދެވިދާނޭ ހީވާތީއެވެ.

* * * *

ދެ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އަރްސަލް ފެންނަނީ ކޮންމެވެސް ފިކުރެއްގައި ހުންނަތަނެވެ. އޭނާ ނިމްރާއާ ވާހަކައެއް ނުދައްކައެވެ. އެހެންވިޔަސް އޭނާގެ ހަރަކާތްތަކުގައި ރުޅިވެރިކަމެއް ނެތެވެ. ކަމެއް ބޭނުންވެގެން ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނެއެވެ. އަރްސަލްއަށް ބަދަލުތައް އައުމަކީ އާންމުކަމެއްގެ ގޮތުގައި ނިމްރާއަށްވަނީ ވެފައެވެ. އެހެންވެ އޭނާ ވެސް އަރްސަލްއަށް އައި ބަދަލު ގުޅިފައިވަނީ ކޮންކަމަކާތޯ އެނގެން މިފަހަރު މަސައްކަތެއް ނުކުރިއެވެ.

ހަވީރު ނިމްރާ ކޮޓަރީގައި އުޅެނިކޮށް ފޯނަށް މެސެޖެއް އައެވެ. އޭނާގެ ފޯނަށް އާންމުކޮށް ގުޅާ ވާހަކަ ދައްކާ މީހަކަށް ހަމައެކަނި ހުރީ ހަލަފްއެވެ. އެނދުގެ ބެޑްޝީޓު ބަދަލުކުރަން ހުރި ނިމްރާ ފޯނު ބަލާލީ އެ މަސައްކަތް ނިންމާލާފައެވެ. ހައިރާންކަމެއް ލިބުނީ އަރްސަލްގެ މެސެޖަކަށްވީމައެވެ. ރޭގަނޑު ދިހައެއް ޖަހަންވާއިރަށް ތައްޔާރުވެގެން ހުރުމަށް އަރްސަލް ބުނެފައި އޮތެވެ. އަދި ކޮޓަރީގެ ބޭރުގައި ކޮތަޅެއް ހުންނާނޭކަމާއި އޭގައި ހުރި އެއްޗެހި ބޭނުން ކުރުމަށް ވެސް އެދިފައި އޮތެވެ. ފޯނު އަތަށް ލައިގެން ހުރެ ހަލުވިކޮށް އައިސް ނިމްރާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އަރްސަލް އެ ބުނާ ކޮތަޅެއް ދޮރުމަތީގައި ބަހައްޓާފައި ހުއްޓާ ފެނުނެވެ. ކޮތަޅު ހިފައިގެން ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. އަދި އޭގައި ހުރި އެއްޗެއް ބެލުމަށް އަވަހަށް އެނދުމަތީ ކޮތަޅު ބެހެއްޓިއެވެ.

"ވާއު!" ކޮތަޅުގެ ތެރޭގައި އޮތީ ހެދުމަކާއި ބޫޓެކެވެ. "ފްލޯރަލް އެމްބްލިޝްޑް ކޮޓަން ޕޮޕްލިންގް" ހެދުމެކެވެ. ކަޅުކައިލެ އެ ހެދުމުގައި ރަންކުލައިގެ ފަށުވިން މާގަނޑެއް ޖަހާފައިވިއެވެ. ގައިގާ ހެދުން ޖައްސާލާ ލޯގަނޑު ކުރިމަތީ ނިމްރާ މަޑުކޮށްލިއެވެ. ކަކުލާ ހަމައަށް ހެދުން ހުރިއިރު ހެދުމުގެ ދެފަރާތު އަރިމަތީގައި ބޭރަށް ނުފެންނަ ގޮތަށް ޖީބެއްވިއެވެ.

"ވަރަށް ރީތި... އެކަމަކު މީ އަރްސަލް ކޮންބޭނުމަކު ކުރިކަމެއް؟ އެންމެން އެކުގައި ތަނަކަށް ދަނީތަ؟ ހަލަފް ނުބުނޭ އެކަހަލަ ވާހަކައެއް. ހަލަފްއާ މެދު އަރްސަލް ހިތްހަމަނުޖެހޭއިރު ހިޔެއްނުވޭ ހަލަފް ބައިވެރިވެދާނޭހެން... ރާދުއަށް އެނގޭނެ. އޭނާ ގާތު އަހަންވީ... ސްޓިލް... އައި ލަވް ދިސް ޑްރެސް. ލަވް ޔޯ ޗޮއިސް އަރްސަލް" އަދިވެސް އެއްފަހަރު ލޯގަނޑުން ފެންނަން ހުރި ހެދުމަށް ނިމްރާ ބަލާލިއެވެ. އޭނާ ހެދުން ގެނެސް އެނދުމަތީ ރީތިކޮށް ފަތުރާލާފައި ބޭއްވިއެވެ. އަދި ލެޕަޑް ޕްރިންޓްސްގެ ކޮޅަށް އޫކޮށް ހުރި ދެ ބޫޓު ކިބައަށް ބަލާލާ ފަޔަށް ހެޔޮވަރިކޮށްލިއެވެ. ފްލެޓް ބޫޓަކަށްވާތީ ނިމްރާ އިތުރަށް ހިތްހަމަޖެހުނެވެ.

"ޕާފެކްޓް... ކިހިނެއް އަރްސަލްއަށް އެނގުނީ އަހަރެންގެ ސައިޒު ހޯދަން. އައި ޝުޑް އާސްކް ހިމް" ނިމްރާ ބޫޓަށް އަރައިގެން ކޮޓަރިތެރޭ ދެކޮޅަށް ހިނގާލިއެވެ.

ސިޓިންރޫމަށް ނިމްރާ ނުކުތްއިރު ރާދިން އިނީ މަސައްކަތެއްގައެވެ. ނިމްރާ ފެނުމާއެކު ރާދިން ނިކަން އަވަހަށް ގޮވާލިއެވެ. ނިމްރާ އެ ނިކުތީ ރާދިން ގޮވާލަން އުޅެނިކޮށް ކަމުގައި އޭނާ ބުނެލިއެވެ. އަދި އޭނާ ކުރަން އިން މަސައްކަތުގައި އެހީތެރިވެދިނުމަށް ރާދިން އެދުނެވެ. އެއްޗެއް އަހާލަން އުޅެފައި ވެސް ރާދިންގެ މަސައްކަތުގައި ނިމްރާ ބައިވެރިވީ އަރްސަލް ފެންނަން ނެތުމުންނެވެ.

"މިރޭ ބޮޑު މީޓިންއެއް އެބައޮތް. އަހަންނާއި އަރްސަލް ކާނީ ބޭރުން. އިޓްސް އަ ޑިނާ މީޓީންގް. މީޓިން ނިމުނުހާ އަވަހަކަށް އަންނާނަން... ޑާލިންގް ކައިގެން ހުންނައްޗޭ. އަހަރެމެން ނެތިސް އެޕާޓްމެންޓަށް މީހަކު އަޔަސް ދޮރު ހުޅުވާނެކަމެއްނެތް އިނގޭ" ކުރަން އިން މަސައްކަތް ހުއްޓާނުލާ ރާދިން ބުނެލިއެވެ.

"އަރްސަލް އެބައުޅޭތަ؟" ނިމްރާ އަހާލިއެވެ.

"އޮފީހުން އައިގޮތަށް ނިދަންށޭ ކިޔާފައި ވަނީ. މީޓިންއަށް ދާން ކައިރިކޮށްލާފައި ގޮވާލާނީ" ރާދިން ބުނެލިއެވެ.

ރާދިން މަޣްރިބު ނަމާދަށް މިސްކިތަށް ދިއުމުގެ ބަދަލުގައި ނަމާދު ކުރީ ވެސް ގޭގައެވެ. ހަތެއް ޖަހަންވާއިރަށް އޭނާ ކުރަން އިން މަސައްކަތް ނިންމާލިއެވެ. ނިމްރާއާ އިތުރު ކަރުދާސްތަކެއް ހަވާލުކޮށް ގޭގައި އިނދެ އެކަން ކޮށްލަ ދިނުމަށް ރާދިން އެދުނެވެ. އޭނާ ދެން ދިޔައީ އަރްސަލްއަށް ގޮވާށެވެ. ނިމްރާ ފޯނު ނަގައި އަރްސަލް ފޮނުވާފައި އޮތް މެސެޖު އަދިވެސް އެއްފަހަރު ކިޔާލިއެވެ.

"ޑިނާ މީޓިންއަށް އަހަރެން ވެސް ގެންދަނީތަ؟ އެކަމަކު ރާދު އެކަހަލަ ވާހަކައެއް ނުބުނޭ. އަހަރެން ގޮވައިގެން ދާން ހަމަޖެހިފައި އޮތްނަމަ އެކަން ރާދުއަށް ވެސް އެނގޭނެ... އަނެއްކާ އަރްސަލް ސަމާސާއެއް ކުރަނީތަ؟" ނިމްރާއަށް އަރްސަލްގެ ނިޔަތް ނޭނގޭތީ އެކަމާ ވިސްނުނެވެ.

އަތްކުރި ދެފަށްޖަހާފައި މައްޗަށް ވާގޮތަށް އަރްސަލް އަރުވާލިއެވެ. ބެގީ ޖެހުމުގެ ބަދަލިގައި ލައިގެން ހުރި ހުދު ގަމީސް ހުރީ ދޫކޮށްލާފައެވެ. އިސްތަށިގަނޑު ރީތިކޮށްލަމުން ފަހު ފަހަރަށް ލޯގަނޑު ބަލާލާފައި އޭނާ ކޮޓަރިން ނުކުތެވެ. ސިޓިންރޫމުގައި އެކަނިމާއެކަނި ނިމްރާ އިންތަން ފެނުމުން އަރްސަލްއަށް ހުއްޓެވުނެވެ. ހަމައެވަގުތު ނިމްރާ ވެސް ކުރަން އިން މަސައްކަތާއި ނަޒަރު ވަކިކޮށްލާ އަރްސަލްއަށް ބަލާލައިފިއެވެ.

"ކީއްކުރަނީ" އަރްސަލް އަހާލިއެވެ.

"މީ ރާދު ބުނެގެން... ފައިނޭންސިއަލް ސްޓޭޓްމެންޓްތައް ބަލާލަނީ" ނިމްރާ ބުނެލިއެވެ.

"އަހަރެން ގެނައި އެއްޗެހި ލިބުނުތަ؟" ނިމްރާ ނަޒަރުވަކިކޮށްނުލާ އިންނަން ފެށުމުން އަރްސަލް އަހާލިއެވެ. އެއާއެކު ނިމްރާ ބޯޖަހާލިއެވެ.

"ބީ ރެޑީ... އަހަރެން ގުޅާނަން" އަރްސަލް ބުނެލިއެވެ. ޤަބޫލުނުކުރެވިފައި އިން ފަދަ ގޮތަކަށް ނިމްރާ މިފަހަރު ވެސް ބޯޖަހާލީއެވެ. އެވަގުތު ރާދިން ވެސް ނުކުމެގެން އަތުވެއްޖެއެވެ. ނިމްރާ ހިނިތުންވެލުމުން އޭނާއަށް އެއްލޯ މަރާލާފައި ކޮފީ މޭޒުމަތިން ތުނި ފައިލެއް ނަގައި އެ ހިފައިގެން އެޕާޓްމެންޓުން ނުކުންނަން ދިޔައެވެ.

"ބީ ސޭފް" ދޮރު ލައްޕާލަމުން ރާދިން ބުނެލިއެވެ. އެވަގުތު އަރްސަލް ވެސް ހިނިތުންވެލިހެން ނިމްރާއަށް ހީވިއެވެ. ޔަގީންނުކުރެވެނީސް އަރްސަލް ފުރަގަސްދިނީއެވެ.

ދިހައެއް ޖަހަންވާއިރަށް ނިމްރާ ތައްޔާރުވަމުންދިޔައެވެ. ރީތިވާ މޭޒުމަތީ އޮތް ފޯނަށް މެސެޖެއް އައި އަޑުއިވުމާއެކު ނިކަން އަވަހަށް ނިމްރާ ފޯނު ބަލާލިއެވެ. ހިތްއަވަސްވެފައި ހުރިއިރު އަރްސަލްގެ މެސެޖެއްކަން ކުރީން ވެސް ޔަގީން ކުރެވުނެވެ. ބަރާބަރު ދިހައެއް ޖަހަންވާއިރަށް ނުދެވޭނެތީވެ ދިހަގަޑީ ފަނަރަކަން ހާއިރަށް ދާނަން ކަމުގައި ބުނެފައި އޮތެވެ. ނިމްރާ "އޯކޭ" އަކުން ޖަވާބު ދިނެވެ.

"ވަޓްސް ޔޯ ރިއަލް ޕްލޭން ޑެވިލް" ފޯނު އިހު އޮތްތަނުގައި ބާއްވާލަމުން ނިމްރާއަށް ސުވާލުކޮށްލެވުނެވެ. އަދި ލައިގެން ހުރި ހެދުމުގެ ފަހަތު ޒިބު އަޅުވަން ފެށިއެވެ. ހެދުން ހެޔޮވަރުވުމުން އިތުރަށް ހައިރާންވިއެވެ. ހެޔޮވަރު ކުރުމަކާނުލާ އަރްސަލްގެ ހޮވުން ވަރަށް ފުރިހަމައެވެ. އިސްތަށިގަނޑު އެއްފަރާތަށް ވާގޮތަށް އޮމާންކޮށްލުމަށްފަހު ހަލަފްއާއެކު ޕާޓީއަށް ދިއުމަށް ތައްޔާރުވާން ގަތް މޭކަޕް ސާމާނުން މަޑު ގްލޮސްއެއް ތުންފަތުގައި ޖައްސާލިއެވެ. މަޑުމަޑުން ފިޔާތޮށިކުލައެއް ތުންފަތަށް ވެރިވެ ތެތްކަން އެކުލެވުނެވެ. އެސްފިޔަތަކާއި ރަވަ ފަވާލިއެވެ. އަމިއްލަ ސޫރައަށް ބަލާލަމުން ނިމްރާ ހިނިތުންވެލިއެވެ.

ސިޓިންރޫމުގައި އިންނަތާ އިރުކޮޅެއް ފަހުން އެޕާޓްމެންޓުގެ ދޮރު ހުޅުވުނު އަޑަށް ނިމްރާ ބަލާލިއެވެ. ރާދިންއާއި އަރްސަލް އެތެރެއަށް ވަނުމުން ނިމްރާ ސޯފާއިން ތެދުވިއެވެ. ހައިރާންކަން ރާދިންގެ މޫނަށް ވެރިވެގެންދިޔައިރު ހަލުވިކޮށް އަރްސަލް ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

"އޯ މައި!... ޑާލިންގް ޔޫ ލުކް ގޯޖަސް" ހިނިއައިސްފައި ރާދިން ބުނެލިއެވެ.

"ތޭންކްސް ރާދު" ނިމްރާ ވެސް ނިކަން ބޮޑަށް ހިނިތުންވެލިއެވެ. އަދި އަމިއްލަ ހެދުމަށް ބަލާލަމުން ދެފަރާތުން ހެދުން ރީތިކޮށްލިއެވެ.

"މިރޭ ބޭރަށް ދާނެ ވާހަކައެއް ނުބުނަމެއްނު... ކޮންތާކަށް ދާން ތި އުޅެނީ" ރާދިން އަހާލިއެވެ.

"ޝީ އިޒް ވިތް މީ" އަރްސަލްގެ އަޑު އިވިގެން ދިއުމުން ރާދިން ބަލާލިއެވެ.

"އޯ!... ޔޫ ގައީޒް ގޮއިން އައުޓް" ރާދިންއަށް އަހާލެވުނީ ޔަގީންނުވެގެންނެވެ.

"ވީ ވިލް ބީ ބެކް... ސްކާލެޓް" ރާދިންއަށް ބަލާލާފައި އަރްސަލް ދެން ބަލާލީ ނިމްރާއަށެވެ. ބޮލުން ކޮއްލި އިޝާރާތާއެކު އަރްސަލްއާއެކު އައުމަށްކަން އެ ބުނީ ނިމްރާ ދެނެގަތެވެ.

"ބީ އަ ޖެންޓްލްމޭން އަރްސަލް އެންޑް ހޭވް ފަން... ދި ނައިޓް އިޒް ސްޓިލް ޔަންގް... އިންޖޯއި" ރާދިން ފުޅާ ހިނިތުންވުމެއް ދިންއިރު އޭނާގެ ދެ ލޮލުން އާދަޔާ ޚިލާފު އުފާވެރިކަމެއް ފާޅުވިއެވެ. އަރްސަލް ކަޅި އަޅާލި ނަމަވެސް އޭނާގެ ތުންފަތުގައި ވެސް ހިނިތުންވުމެއް ދުވެލިއެވެ. ނިމްރާ ހުރީ ލަދުގެންފައެވެ. ރާދިންގެ ޢަމަލުތަކުން ހީވީ ދެ ލޯބިވެރިން ބައްދަލުވުމަށް ދާތީ ދިމާކޮއްލި ހެންނެވެ.

"ހައު ޑޫ އައި ލުކް" ލިފްޓަށް އެރުމާއެކު ނިމްރާ އަހާލީ އަރްސަލް އެއްވެސް އެއްޗެއް ނުބުނުމުންނެވެ.

"ޔޫ ލުކް އެކްސެޕްޓަބަލް" ނިމްރާއަށް ބަލާލަމުން އަރްސަލް ބުނެލިއެވެ. އެ ޖަވާބުވީ ނިމްރާ ހީކުރި ފަދަ ޖަވާބަކަށް ނޫނެވެ. އިތުރު ސުވާލެއްކޮށް ހިތަށް ބުރަކަމެއް ލިބެން ނޭދޭތީވެ ނިމްރާ ހިމޭންކަން ޚިޔާރުކުރިއެވެ.

މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ކާރާ ދިމާއަށް އަރްސަލް ދާން ފެށުމުން ނިމްރާ ހާސްވިކަން އަރްސަލް ދެނެހުއްޓެވެ. އެހެންވެ ކުއްލިއަކަށް އަރްސަލް ޚިޔާލު ބަދަލުކޮށްލިއެވެ. ދުއްވާ އެއްޗަކަށް އަރްސަލްއާއެކު އަރަން ނިމްރާ ބޭނުންނުވާނޭ ސަބަބު ޚުދު އޭނާއަށް ވެސް އެނގެއެވެ.

"ހިނގާލާފައި ދާނީ... ކަމް" އަރްސަލް ބުނެލިއެވެ.

ދެ ޒުވާނުން ހިނގަމުން އައިސް ވަނީ ޑޯމް ކެފޭއަށެވެ. އަތިރިމަތި ފެންނަ ގޮތަށް ހުރި ހިތްގައިމު މާޙައުލެކެވެ. މީހުން މަދުކަމުން މުޅި ކެފޭތެރެ ފެންނަނީ ވަރަށް ހުސްކޮށެވެ. އެސްޕްރެސޯއަކާއި ހޮޓްޗޮކުލެޓްއެއް ގެނެސްގެން މޭޒު ދޮށުގައި ދެ ޒުވާނުން ތިއްބެވެ. އަރްސަލް ވާހަކަދައްކާނޭ ކަމަށް އިނދެއިނދެ އެކަން ނުވުމުން ނިމްރާ ވާހަކަދައްކަން ފެށިއެވެ.

"ކޮބާ މީގެ މާނައަކީ؟" ނިމްރާ އެހިއެވެ.

"ކޯޗެއްގެ؟" އަރްސަލް ބުނެލިއެވެ. ނިމްރާ ތުންފަތަށް ގޮތެއް ހަދާލަމުން އެއްބުމަ ހިއްލާލީ އަރްސަލްއަށް އޭނާ އެ ބުނި އެއްޗެއް އެނގޭނެއޭ ހިތަށް އެރީމައެވެ. އެކަމަކު އަރްސަލް ޖަވާބުދޭން ބޭނުންނުވީކަން އެނގިގެންނެވެ.

"މި ހެދުމާއި ބޫޓާ... މިރޭ ބޭރަށް ނުކުތުމުގެ މާނައަކީ ކޮބާހޭ" ނިމްރާ އިހުނަށްވުރެ ތަފްސީލުކޮށްލިއެވެ.

"ޔޫ ޑޯންޓް ލައިކް އިޓް" އަރްސަލް ހައިރާންކަން ވެރިކޮށްލަމުން ސުވާލުކޮށްލިއެވެ.

"ނޯ! ނޯ! އައި ލަވް އިޓް... ވަރަށް ރީތި... ކިހިނެއް އެނގުނީ އަހަންނަށް ހެޔޮވަރުވާނެކަން" ނިމްރާ ހިނިތުންވެލީ ހިތުގެ އެންމެ ފުންމިނުންނެވެ.

"އެނގެން ބޭނުންތަ؟" އަރްސަލްގެ އަޑުގައި ސަމާސަކަން އެކުލެވިގެންދިޔައެވެ. ނިމްރާ ބޯޖަހާލީ އަރްސަލް އެ އުޅެނީ ރަނގަޅު ވާހަކައެއް ބުނާކަށްނޫންކަން އެނގި އިނދެއެވެ.

"އައި ނޯ ޔޯ ސައިޒް ވެން އައި ޓަޗް ޔޫ ސްކާލެޓް" އެއްމިޔަކަނުން ހިނިތުންވެލަމުން އަރްސަލް ބުނެލިއެވެ.

"ޔޫ ޑެވިލް" ނިމްރާ ތުންކޮޅު އޫކޮށްލުމާއެކު މޫނު އަނބުރާލިއެވެ. ވަކިން ބޮޑަށް އަރްސަލް ހީނލިއަޑު އިވުނެވެ.

"ޓެލް މީ އަބައުޓް ޔޫ" އަރްސަލް އިރުކޮޅަކު އިނދެފައި ބުންޏެވެ.

"ޔޫ ޑޯންޓް ވޯންޓް ޓު ނޯ އެވްރިތިންގް" ނިމްރާގެ ނަޒަރު މޭޒުމަތީ ހުރި ކަޕުޗީނޯ ޖޯޑަށް ހުއްޓާލަމުން ދެއަތްތިލަ ޖޯޑުގައި ވަށާލިއެވެ. އެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިކަން އަރްސަލްއަށް ފާހަގަކުރެވުނެވެ.

"ޓެލް ވަޓް ޔޫ ލައިކް... ޔޯ ފޭވަރިޓް ކަލާ... ޔޯ ފޭވަރިޓް ފުޑް... އެނީތިންގް" އަރްސަލް ބުންޏެވެ. އޭނާއަށް މަޢުނަވީ ބެލުމަކުން ނިމްރާ ބަލާލިއެވެ. އިންސާނެއްގެ ފަރާތުން އެހާ ގިނަ ބަދަލުތަކާއި އަސަރުތަކެއް ފެނިދާނޭ ނިމްރާ ހިޔެއްނުކުރެއެވެ. އެހެންނަމަވެސް އަރްސަލްއަކީ އެންމެނާ ތަފާތު ޒުވާނެއްކަން ނިމްރާއަށް ބުނެދިނީ އޭނާގެ ހިތެވެ. އަރްސަލްގެ އަދާތަކަށް އެ ހިތް ލެނބެމުންދަނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ނިމްރާ ލުއި ހިނިތުންވުމެއް އަރްސަލްއަށް ރައްދުކުރިއެވެ.

"އަހަންނަށް ކިޔަނީ ނިމްރާ ނައުފަލް. ވިޝާކާއާއި ނައުފަލްއަށް ލިބުނު ހަމައެކަނި ދަރިފުޅު. އަހަރެން ބޮޑުވީ ކާފަ ނަފީޒާއި މާމަ ރަޒިއްޔާއާއެކު... ވެލް... އައި އޭމް ޓުވެންޓީ ޓޫ... ސެޕްޓެމްބަރ ބާވީސް އެއީ އަހަރެންގެ އުފަންދުވަސް. އައި ޑޯންޓް ހޭވް އަ ހޮބީ. އައި ލަވް ޗޮކްލެޓް. ސްޕެޝަލީ ފެރާރޯ ޗޮކުލެޓް އެންޑް... ފޭވަރިޓް ކަލާ ބްލޫ އެންޑް ރެޑް. އައި އޭމް މޭޖާޑް އިން ފިނޭންސް އެންޑް އެކައުންޓިންގް. އައި އޭމް ސިންގަލް އެންޑް ވޯކިން އޭސް އަ މެއިޑް ފޯ ޑެވިލް... ހީ އިޒް އަ ޕާވާޓެޑް ބްރޫޓް... ބައެއްފަހަރު އެއީ ފުރޭތައެއް. ހީ އިޒް އޯލްޑް އެންޑް ގްރަމްޕީ... އެރޮގެންޓް ބަޓް ވެރީ ހެންޑްސަމް ޑެވިލް" ނިމްރާ ހިނިތުންވެލިއެވެ. އޭނާ އެންމެފަހުން ބުނެލި ވާހަކަތަކުން އަރްސަލް ހޭންފެށިއެވެ. އޭނާގެ ހުދުހުދު ދަތްތައް ފެންނަވަރަށް ހީނލިއިރު ނިމްރާއަށް ހީވީ ކުރިމަތީ އިނީ ދުވަހަކު ވެސް މީގެ ކުރީން ފެނިފައިނުވާ އަރްސަލްއެއް ހެންނެވެ.

"ސްކާލެޓް! ލެޓްސް ލީވް ދިޒް ޕްލޭސް" އަރްސަލް އަވަސް އަރުވާލާފައި ނިމްރާ ގޮވައިގެން ކެފޭ އިން ނުކުތެވެ. (ނުނިމޭ)