ދުނިޔެ

ކިމް ހުންނެވީ ނިއުކްލިއަހަތިޔާރު ނައްްތާލަން ތައްޔާރަށް: ދެކުނުކޮރެއާ

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން ހުންނެވީ ކޮރެއަން ޕެނިންސިއުލާއިން ނިއުކްލިއަ ހަތިޔާރު ނައްތައިލައްވަން ތައްޔާރަށް ކަމަށް ވިދާވެ، ދެކުނުކޮރެއާގެ ރައީސް މޫންޖައި އިން އެމެރިކާއަށް ޔަގީންކަން ދެއްވައިފިއެވެ.

ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގަައިވާ ޕަންމުންޖޮމް އަވަށުގައި ބޭއްވެވި ބައްދަލުވުމަށް ފަހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މޫން ވިދާޅުވީ ނިއުކްލިއަ ހަތިޔާރު ނައްތައިލުމުގެ ގަސްދު ކިމްގެ އެބަ އޮތް ކަމަށެވެ. އެހެން ނަމަވެސް އެމެރިކާއިން އުތުރުކޮރެއާއާ ދެކޮޅަށް ގެންގުޅޭ ދެކޮޅުވެރި ސިޔާސަތު ދޫކޮށްލާނެ ކަން ކިމްއަށް ޔަގީންވެވަޑައިގުންނަވާ ކަމަށް ވެސް މޫން ވިދާޅުވިއެވެ.

ކިމްއާއި މޫން އިއްޔެގައި ކުއްލި ގޮތަކަށް ބޭއްވި ބައްދަލުވުމަކީ އެ ދެބޭފުޅުން މިހައިތަނަށް ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ. ދެބޭފުޅުންގެ ތާރީހީ ފުރަތަމަ ބައްދަލުވުން ބޭއްވީ މިދިޔަ އޭޕްރީލްމަހުއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއި ކިމް ބައްދަލުކުރައްވަން ކުރިން ހަމަޖައްސާފައި އޮތް ތާރީހަކީ އަންނަ ޖޫންމަހުގެ 12 ވަނަ ދުވަހެވެ. އެބައްދަލުވުން ބާއްވަން ނިންމާފައި ވަނީ ސިންގަޕޫރުގައެވެ.