ފަޅޮލަކީ ރާއްޖޭގައި ރަނގަޅަށް ހެދޭ އާންމު މޭވާ އެކެވެ. އަދި މިއީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭވެސް މޭވާއެކެވެ.
ފަޅޮލުގައި ހަށިގަނޑަށް ބޭނުންތެރި އެތައް މާއްދާއެއް ހިމެނެ އެވެ. ފަޅޮލުގައި ހިތުގެ ބަލިން ރައްކާތެރިވުމަށް އެހީތެރިވެދޭ ހަތަރު މާއްދާއެއް ހިމެނެ އެވެ. އެއީ ވިޓަމިން އޭ އާއި ވިޓަމިން ސީ އާއި ވިޓަމިން އީ އަދި ބީޓާ ކެރޮޓީން އެވެ.
ފަޅޯ ބޭނުން ކުރުމުން ކޮލެސްޓެރޯލް މިންވަރު ދަށްކޮށް ދިނުމާއެކު ހަށިގަނޑުގެ ދިފާއީ ނިޒާމު ވެސް ވަރުގަދަކޮށްދެ އެވެ. އަރިދަފުސް ރޯގާފަދަ ބަލިތަކުން ސަލާމަތް ކޮށްދިނުމާއެކު ކާތަކެތި ހަޖަމު ކުރުމުގައި ވެސް އެހީތެރިވެދެ އެވެ.
ފަޅޮލުގައި ހަމުގެ ފަރުވާ ވެސް ހިމެނެ އެވެ. ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހިމެނެ އެވެ. ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ވެސް އެހީ ވެދެ އެވެ. ހިމަ ލޭހޮޅިތަކުގެ ބާރުގަދަކޮށްދީ ލޯ ފުސްވުން ކުރިމަތިވުން ދުރުކޮށް ދެއެވެ.