ކުޅިވަރު

އައިޕީއެލް ޗެމްޕިއަންކަން ޗެންނާއީ ހޯދައިފި

ދުނިޔެގެ އެންމެ އަގުބޮޑު ކްރިކެޓް ލީގް އަވަށްޓެރި އިންޑިއާގެ އިންޑިއަން ޕްރިމިއާ ލީގްގެ ފައިނަލުގައި ހައިދަރުއާބާދުގެ ސަންރައިސާސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ޗެންނާއީ ސްޕަކިންގް ހޯދައިފި އެވެ.

މުންބާއީގެ ތާރީހީ ވަންކެޑޭ ސްޓޭޑިއަމްގައި، އިންޑިއާގެ ކުރީގެ ކެޕްޓަން މަހިންދުރަ ސިންހް ދޯނީ ކެޕްޓަން ކުރަމުންދާ ޗެންނާއީ ސްޕާކިންގް މެޗު ކާމިޔާބު ކުރީ 111 ބޯޅައިން، ހެދި 188 ލަނޑުންނެވެ.

މެޗުގައި، ޗެންނާއީގެ އެންމެ ބޮޑުތަފާތަކަށްވީ، އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޝޭން ވަޓްސަން އެވެ. އޭނާ ވަނީ ނުބައި ނުވެ 57 ބޯޅައިން 117 ލަނޑު ހަދާފަ އެވެ. އޭނާ ވަނީ 11 ފަހަރު ހަތަރަކަށް ޖަހާފަ އެވެ. އަދި އަށް ފަހަރު ހަޔަކަށް ޖެހި އެވެ.

މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި ސަންރައިސާސްގެ ކޭން ވިލިއަމްސަން ވަނީ 47 ލަނޑު ހަދާފައެވެ.

މެޗު ގޭމްބުލް ކުރުމުގެ ކުށް ޓިމުގެ އޮފިޝަލުންގެ މައްޗަށް ސަބިތު ވުމުން، ވޭތުވެދިޔަ ދެ އަހަރު އެޓިމު އޮތީ ސަސްޕެންޑްކޮށްފަ އެވެ. އަލުން އެނބުރި އައިސް ލީގް ޗެމްޕިއަންކަން ހޯދުމުން، ޗެންނާއީ އާއި ޓެމިލް ނާޑޫގެ އެކި ހިސާބުތަކުގައި އެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ ކުލަގަދަކޮށް އުފާފާޅު ކުރަމުންނެވެ. މިއީ އެޓީމުން މުބާރާތް ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ. މީގެ ކުރިން މުބާރާތް ކާމިޔާބުކޮށްފައި ވަނީ 2010 އަދި 2011 ގަ އެވެ.