ވިޔަފާރި

ވޯލްޑް ސްޕާ އެވޯޑުގައި ރާއްޖެއަށް ވޯޓުލާން ހުޅުވާލައިފި

May 29, 2018
2

ޓޫރިޒަމް ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ "ވޯލްޓް ޓްރެވަލް ސްޕާ އެވޯޑު" ގައި ރާއްޖޭގެ ނޮމިނޭޓްވެފައިވާ ބައިތަކަށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ ސްޕާ އިންޑަސްޓްރީގައި ދޭ އެންމެ ޝަރަފުވެރި އެވޯޑަށް ވޯޓު ދޭން ހުޅުވާލާފައިވާ ކަމަށެވެ.

މި އެވޯޑަށް އޮންލައިންކޮށް ވޯޓު ދެވޭއިރު، ވޯޓުލުން މެއި މަހުގެ އެކަކުން އޮގަސްޓް 17 އަށް އޮންނާނެ އެވެ.

ވޯޓްދޭ ލިންކް

ދުނިޔޭގެ ސްޕާތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ދިނުމަށް އޮކްޓޫބަރު 26 ގައި ރާއްޖޭގެ ސެންޓް ރެޖިސް ވޮއްމުލި ރިސޯޓުގައި ބާއްވާއިރު، އިންޑިޔާ ކަނޑުގެ އެންމެ ރަނގަޅު ސްޕާގެ އެވޯޑަށް ރާއްޖެ ނޮމިނޭޓް ވެފައިވެއެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑުން ދޭން ފެށި "ވޯލްޑް ސްޕާ" އެވޯޑަކީ މި ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މިއީ މި އެވޯޑު ދޭ ހަަތަރު ވަނަ އަހަރެވެ. ވޯލްޑް ޓްރެވަލް އެވޯޑް ދުނިޔޭގައި މަޝްހޫރުވެފައި އޮންނަނީ ޓޫރިޒަމް ދާއިރާގެ އޮސްކާ އެވޯޑުގެ ގޮތުގަ އެވެ.

ރާއްޖެއަކީ ދުނިޔޭގެ ސްޕާ އިންޑަސްޓްރީގެ ބްރޭންޑް ނަމަކެވެ. މިގޮތުން މޫދު އަޑީގައި ހުޅުވި ފުރަތަމަ ސްޕާ ހުޅުވީ ވެސް ރާއްޖޭގަ އެވެ. ދެހާސް ހަތަރު ވަނަ އަހަރު މިތަން ހުޅުވީ ހުވަފެންފުށި ރިސޯޓުގަ އެވެ. ވޯލްޑް ޓްރެވަލް އެވޯޑުގެ ސްޕާ އެވޯޑު، ރާއްޖެއަށް 2015 ވަނަ އަހަރާއި 2016 އަދި 2017 ވަނަ އަހަރުވެސް ވަނީ ލިބިފަ އެވެ. ވޯލްޑް ޓްރެވަލް އެވޯޑު ކޮންމެ އަހަރަކު ވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކަށް ލިބެ އެވެ. މިގޮތުން ދުނިޔޭގެ އެންމެ ރޮމޭންޓިކް އެވޯޑާއި އެންމެ ހިތްގައިމު މަންޒިލް ފަދަ ވަނަތައް އަބަދުވެސް ލިބެނީ ރާއްޖެ އަށެވެ.