ވިޔަފާރި

އެމްއައިބީ އެއާޕޯޓް އޭޓީއެމާއެކު ހިދުމަތަށް އިތުރު ފުރިހަމަކަމެއް

May 29, 2018

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހަކީ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރި އަހަރު ތަކެކެވެ. އަދި މި އަހަރުވީ މިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިން އަހަރަކަށެވެ. އެއީ އެ ކުންފުނިން މޮބައިލް ބޭންކިން ތައާރަފުކޮށް ދިނުމާއެކުގަ އެވެ. އަދި މިއާއެކު މި އަހަރު މި ފުރިހަމަކަމަށް އިތުރު ބޮޅެއް އިތުރުވެއްޖެ އެވެ. އެއީ ވީއައިއޭގައި އެމްއައިބީއިން ހުޅުވި އޭޓީއެމްއާއެކުގަ އެވެ.

ވީއައިއޭގެ އިންޓަނޭޝަނަލް އެރައިވަލް ގޭޓާއި ޑޮމެސްޓިކް ގޭޓްއާ އިންވެގެން ބެހެއްޓި "ފައިސާ އޭޓީއެމް" އިއްޔެ ހުޅުވައި ދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

އެމްއައިބީ އިން ބުނީ ބުނީ އިނގިރޭސި ބަހާއި ދިވެހި ބަހުގެ އިތުރުން އިތުރުން ދިވެހިންގެ ގިނަ ބަޔަކު މަސައްކަތް ކުރާ ބަންގްލަދޭޝް ބަސްވެސް ހިމެނޭ މި އޭޓީއެމް މެދުވެރިކޮށް އެކައުންޓުގެ ބެލެނެސް ބެލުމުން ފެށިގެން މިނީ ސްޓޭޓްމަންޓް ނެގުމާއި ފައިސާ ކާޑުގެ ޕިން ބަދަލު ކުރުން އަދި ފައިސާ ފައިސާ ނެގުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.

އިސްލާމިކް ބޭންކުން ދަނީ މާލޭގެ ދެ ސަރަހައްދެއްގައި އޭޓީއެމް ހިދުމަތް ދެމުންނެވެ. އަދި ހުޅުމާލެ އާއި އައްޑޫ އަދި ގދ. ތިނަދޫ، ހދ. ކުޅުދުއްފުށްޓާއި ފުވައްމުލަކުގައި ވެސް އޭޓީއެމް ބަހައްޓާފައިވެ އެވެ.