ދުނިޔެ

އެމްއެޗް 370 ހޯދުމުގައި މިފަހަރުވެސް ނިންމާލީ ހުސްއަތާ

މެލޭޝިއާ އެއާލައިންްގެ ގެއްލުުނު މަތިންދާބޯޓު އެމްއެޗް 370 ހޯދަން ފެށި ދެވަނަ އޮޕަރޭޝަން ވެސް އެބޯޓުގެ ހިލަމެއް ނުވެ ނިންމާލައިފިއެވެ.

އެމެރިކާގެ އަމިއްލަ ކުންފުންޏެއް ކަަމަށްވާ އޯޝަން އިންފިނިޓީ އިން ބޯޓު ހޯދަން މަސައްކަތް ކުރީ ފުން ކަނޑުތަކުގެ އަޑިއަށް ދަތުރުކުރާ އުޅަނދެއް ބޭނުންކޮށްގެންނެވެ. އޯޝަން އިންފިނިޓީ އިންް ވަނީ އުޅަނދު ބޭނުންކޮށްގެން އިންޑިއާ ކަނޑުގެ ދެކުނުގެ ބޮޑު ސަރަހައްދެއް ސާވޭ ކޮށްފައެވެ. ނަމަވެސް މަތިންދާބޯޓާ ގުޅުން ހުރި9ި އެެއްވެއް އެއްޗެއް ފެނިފައެއް ނުވެއެވެ.

މެލޭޝިއާ ސަރުކާރުން ބުނީ މަތިންދާބޯޓު ހޯދަން ދެން އިތުރު އޮޕަރޭޝަނެއް ނުހިންގާނެ ކަމަށެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް 239 މީހުންނާއިގެން ދަތުރުކުރަނިކޮށް މަތިންދާބޯޓު އެމްއެޗް 370 ގެއްލުނީ 2014 ވަނަ އަހަރުގެ މާޗްމަހުގެ އަށް ވަނަ ދުވަހުއެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 153 މީހުންނަކީ ޗައިނާ މީހުންނެވެ. އަދި 38 މީހުންނަކީ މެލޭޝިއާ މީހުންނެވެ. ދެން ތިބީ އީރާން، އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، އިންޑިއާ ، ފްރާންސް ، ނިއުޒީލޭންޑް ، ޔުކްރެއިން، ރަޝިޔާ، ޓައިވާން އަދި ނެދަލޭންޑްސް މީހުންނެވެ.

އެބޯޓަށް ވީގޮތަކާއި މެދު ބޮޑެތި ބަހުސްތައް އަދިވެސް ކުރަމުން ދާއިރު ބޯޓުން ދަތުކުރި މީހުންގެ އާއިލާތަކުން އެދެމުންދަނީ ބޯޓު ހޯދަން ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންގޮސްދިނުމަށެވެ.

އެމްއެޗް 370 ހޯދުމަށް މިހައިތަނަށް ބެލި ސަރަހައްދަކީ ދުނިޔޭގެ ތާރީހުގައި ވެސް މަތިންދާބޯޓެއް ހޯދަން ބެލި އެންމެ ބޮޑު ސަރަހައްދެވެ. އެގޮތުން އިންްޑިއާ ކަނޑުގެ 46300 އަކަމޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. ބޯޓުގެ މައިގަނޑު ނުފެނުނަސް ބައެއް ބައިތައް މާދުރުގައިވާ މަޑަގަސްކަރައިން ވެސް ވަނީ ފެނިފައެވެ.