ކުޅިވަރު

ބްރެޒިލްގެ ޒުވާން ކުޅުންތެރިޔަކު ރެއާލްއަށް

ރެއާލް މެޑްރިޑުން ބްރެޒިލްގެ މަޝްހޫރު ޒުވާން ކުޅުންތެރިޔެއްކަމަށްވާ ރޮޑްރިގޯ ރޮޑްރިގޭޒް ލައްވައި ސޮއި ކޮށްފި އެވެ.

ރޮޑްރިގޯ، 18 އަކީ ބްރެޒިލްގައި މިހާރު އެންމެ މަޝްހޫރު ޒުވާން އެއް ކުޅުންތެރިޔާ އެވެ. ބްރެޒިލްގެ ނަވޯރިޒޮންޓިނޯއަށް ކުޅެމުން އައި އެޓޭކިން މިޑްފިލްޑާ ފުރަތަމަ ކުޅެނީ ރެއާލްގެ ބީ ޓީމަށެވެ.

ރޮޑްރިގޯ ތައާރަފުކޮށްދިނީ، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ލުއިސް އެޑްއާޑޯ (އެޑޫ) އެވެ. ރެއާލްއާ ރޮޑްރިގޭޒް ގުޅުނުކަން ކަށަވަރުކޮށް ދިނީ އެޑޫ އެވެ.

"ދުނިޔެގެ އެންމެ މޮޅު ކުލަބުގެ ޖޯޒީ ލުމަކީ އަހަރެންގެ ވަރަށް ބޮޑު ހުވަފެނެއް، އަހަންނަށް ޔަގީން އަހަރެން ކުޅުންތެރިޔެއްގެ ގޮތުގައި ތަރައްގީވާން އެންމެ ރަނގަޅު ތަނަކީ މީކަން." ރޮޑްރިގޯ ބުންޏެވެ.

ރެއާލްގެ ސްކައުޓަށް ރޮޑްރިގޯ އަޅައިގަތީ މިދިޔަ އަހަރު އޯގަސްޓް މަހު އިންޑިއާގައި ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑްކަޕުގައި އޭނާ ދެއްކި ކުޅުމުންނެވެ. އެ މުބާރާތުގައި އޭނާ ފަސް ލަނޑު ޖެހި އެވެ.

"އެ އުމުރުގައި ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި ކުޅުންތެރިޔާކީ ރޮޑްރިގޯ، ރެއާލްގައި އޭނަ ހޭދަ ކުރަނީ ފުޓްބޯޅަ ކުޅުންތެރިޔެއްގެ އިތުރުން ރަނގަޅު މީހެއްގެ ގޮތުގައިވެސް ކުރިއަރަން ލިބޭ މާހައުލެއްގައި."