އެސްޓީއޯ

އެސްޓީއޯ-ޖީއީ ޓްރޭނިން އިންސްޓިޓިއުޓް އެކުލަވައިލަނީ

May 30, 2018

ސިއްހީ ދާއިރާއިން މީހުން އުފައްދާ ތަރައްގީ ކުރަން އިންސްޓިޓިއުޓެއް އެކުލަވައިލަން އެސްޓީއޯއިން ޖީއީ ހެލްތްކެއާ އާއި ސޮއިކޮށްފި އެވެ.

މި އެމްއޯޔޫގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.
އެމެރިކާގެ ޖީއީ ހެލްތްކެއާއިން އެޑިއުކޭޝަން ސޮލިއުޝަންސް އެންޑް ކަސްޓަމ އެންގޭޖްމަންޓްގެ މި ސަރަހައްދުގެ ހެޑް، މރ. މަރޫތު ސެތިއާ އެވެ.

މި އެމްއޯޔޫގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަމާޒުކުރާނީ އެކްސްރޭ ޓެކްނީޝަނުން އުފެއްދުމާއެކު މިދާއިރާއިން ހުނަރު ތަރައްގީ ކުރާށެ. އިތުރުން އެސްޓީއޯގެ ސްޓާފުން ބިނާކޮށް ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ވެސް ހިންގާނެ އެވެ.

ޝަހީރު ވިދާޅުވީ އެސްޓީއޯއަކީ ސިއްހީ ދާއިރާއިން ރާއްޖޭގެ ހުރިހާ ކަންކޮޅެއް ހިމެނޭގޮތަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށާއި އެ ދާއިރާއިން މީހުން ބިނާ ކުރުމަކީ މި ޕާޓްނާޝިޕްގެ ބޭނުން ކަމަށެވެ.