ދުނިޔެ

ރަޝިޔާގެ ފޮރިން މިނިސްޓަރު އުތުރުކޮރެއާއަށް

ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯފް މާދަމާ އުތުރުކޮރެއާގެ ވެރިރަށް ޕިޔޮންޔޭންގްއަށް ވަޑައިގަންނަވާނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ރޮއިޓާސް ބުނީ ލަވްރޯގް އުތުރުކޮރެއާއަށް ވަޑައިގަންނަަވަނީ ކޮރެއަން ޕެނިންސިއުލާގެ ހާލަތާ ބެހޭ ގޮތުން އުތުރުކޮރެއާގެ ފޮރިން މިނިސްޓަރު ރީހޮންހޯއާ މަޝްވަރާކުރެއްވުމަށް ކަމަށެވެ. ލަވްރޯފް ވިދާޅުވީ އުތުރުކޮރެއާއިން ނިއުކްލިއަ ހަތިޔާރާ މެދު ގެންގުޅޭ ވިސްނުން ރީ އާ އެކު ކުރައްވާ މަޝްވަރާތަކުން އެނގިވަޑައިގަންނަވާނެ ކަަމަށެވެ.

ލަވްރޯފް އުތުރުކޮރެއާއަށް މި ވަޑައިގަންނަވަނީ އެގައުމުގެ ލީޑަރު ކިމްޖޮންުއުންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ބައްދަލުކުރައްވަން ތައްޔާރުވެފައިވާ ވަގުތެއްގައެވެ. ޓްރަމްޕާއި ކިމްގެ ބައްދަލުވުން އޮންނާނީ ޖޫންމަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައެވެ.

" ހުރިހާ ކަމެއްގައި ވެސް އުތުރުކޮރެއާއިން ގެންގުޅޭ ވިސްނުން އެނގުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޭނުންތެރިކަމެއް،" ރަޝިޔާގެ ޓީއޭއޭއެސް އަށް ދެއްވި އިންޓަވިއުއެއްގައި ލަވްރޯފް ވިދާޅުވެފައި ވެއެވެ.

ކިމްއާއި ޓްރަމްޕްގެ ބައްދަލުވުމާ ބެހޭ ގޮތުންް އޭނާ ވިދާޅުވީ އެބައްދަލުވުމަަކީ އެއްބަޔަކު އަނެއްބަޔަކަަށް ތުހުމަތުކުރާ ބައްދަލުވުމަކަށް ބަދަލުނުވާނެ ކަމަަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އުތުރުކޮރެއާގެ ސިޔާސަތަށް މިހާރު ގެންނަމުންދާ ބަދަލުތަކަށް ރަޝިޔާއިން ތާއީދުކުރާ ކަމަށެވެ.